ބީބީސީގެ ޒުވާން ނޫސްވެރިއެއް ކަމުގައިވާ ހަނާ ޔޫސުފް ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

ހަނާ އަކީ ބީބީސީގެ ވެބްސައިޓުގެ އިތުރުން ޓީވީ ޗެނަލްގައި ނިއުސް ޕްރޮޑިއުސަރެއްގެ މަގާަމުގައި މަސައްކަތް ކުރަމުން އައި މުސްލިމް ނޫސްވެރިއެކެވެ.

ހަނާގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކަށް ބަލާއިރު އޭނަ ވަނީ "ކޯސްޓާ ކޮފީ ވޯކިން ކޮންޑިޝަން"ގެ ނަމުގައި އިންވެސްޓިގޭޝަން އާޓިކަލް އެއް ލިޔެފައެވެ. އެ އާޓިކަލްގެ ސަބަބުން އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް ވަނީ ޗުއްޓީ ދުވަސްވަރުގެ އިނާޔަތްތަކާއި، ސަލާމް ބުނާ ދުވަސްތަކުގެ އިނާޔަތުގެ އިތުރުން އިތުރުގަޑީގެ އިނާޔަތްތައްވެސް ލިބެންފަށާފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2003 ވަނަ އަހަރު ސޯމާލިޔާގައި ހިނގައިދިޔަ ހަމަނުޖެހުންތަކުން ސަލާމަތްވެގެން ދިޔަ ޒައިނަބް ހުސައިން ނަމަކަށް ކިޔާ 9 ކުދިންގެ މަންމައެއްގެ އިންޓަވިއު ނަގާފައެވެ. އެ އިންޓަވިއުއަކީވެސް އެތައް ބައެއްގެ ތަރުހީބު އޭނާއަށް ލިބިގެން ދިޔަ އިންޓަވިއުއެކެވެ. އެ އިންޓަވިއުގައި ޒައިނަބް ހުސައިން ވަނީ އޭނާ އުފުލަން ޖެހުނު ތަކުލީފާއި ބުރަ ހަނާ އާއި ހިއްސާކޮށްފައެވެ.

މީގެ އިތުރުން ވެސް ހަނާ ވަނީ މުސްލިމުންނާއި ހާލުގައި ޖެހިފައިވާ ނިކަމެތިންނާ ގުޅޭގޮތުން ތަފާތު އާޓިކަލްތައް ލިޔެފައެވެ. އަދި ހަނާގެ އެފަދަ ކޮންމެ އާޓިކަލްއެއްވެސް ކިއުންތެރިން ބަލައިގެންފައިވާކަމަށް ބީބީސީ އިން ބުނެއެވެ.

ބީބީސީގެ "ފްރާން އަންސްވޯތް" ގެ ނިއުސް ޑިރެކްޓަރ ބުނެފައިވާ ގޮތުގައި ހަނާ އަކީ އުމުރުން ހަގެއް ކަމަކު ހުނަރުވެރި ނޫސްވެރިއެއް ކަމަށެވެ. އަދި ހަނާ މަރުވި ހަބަރު އަޑުއިވުމުން ނުހަނު ހިތާމަކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ހަނާގެ އާއިލާއިން ބުނެފައި ވަނީ އޭނާ މި ދުނިޔެ ދޫކޮށް ދިއުމުން ނުހަނު ހިތާމަރާކަމަށާއި އޭނާ އަކީ ނަމޫނާ ޝަހުޝިއްޔަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ޔާﷲ، މަރްޙޫމާ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި!

    57
    1
  2. މިނިވަން ނޫސްވެރިޔާ

    ކީއްވެގެން މަރުވީ؟ މަރާލީތަ؟

    29
    2