އަހަރެމެންގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ގިނަ ފަހަރަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ އާއި ރުޅިވާން ޖެހޭތަން އާދެއެވެ. މިގޮތަށް ކަންތައް ވުމުން، ލޯބިވެރިޔާ ތިމާ ދޫކޮށްލާފައި ދިޔަ ކަމަށްޓަކައި އެކަމާއި ދެރަވެގެން އެތައް ދުވަހެއް ވަންދެން ހިތާމަ ކުރާ މީހުން ވަރަށްވެސް ގިނައެވެ. ނަމަވެސް، ހަގީގަތުގައި އެކްސް ލޯބިވެރިޔާ މަތިން ހަނދާން ނައްތާލަން ނަގާނީ އެންމެ 21 ދުވަސްކަން އެނގޭ ހެއްޔެވެ؟

ތިމާ ދޫކޮށްލާފައި އެކްސް ދާ ހިސާބުން ރޮވުމަކީ ވުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ކުރުމަށް އެންމެ ބުއްދިވެރި ގޮތަކީ ތިމާ ކިތަންމެ ލޯބިވީ މީހަކު ނަމަވެސް، އެކަންތައް މަތިން ހަނދާން ނުކޮށް، ރުޅިވެއްޖެކަން ގަބޫލު ކުރުމެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެކްސް ފަހަތުން އަލުން އައުމަށް އެދި ނުވަތަ އޭނާ އަދި އެނބުރި އައިސްދާނޭ ކަމަށް ހުރުމަކީ ބޭކާރު ކަމެކެވެ. މިގޮތަށް މިކަން ގަބޫލު ކުރާތާ ހަފްތާ އެއް ތެރޭ މީހާ ހަމަޖެހެން ފަށާނެއެވެ.

ލޯބިވެރިޔާ ތިމާ ދޫކޮށްލާފައި ދިއުމުން ދެމީހުން އެކު ހުރި ހަނދާންތައް ފޮހެލުމަކީ އަމިއްލަ އަތްމަތީ އޮންނަ ކަމެއް

ދެވަނަ ހަފްތާގައި ތިމާ ކުރަން ލޯބިކުރާ ކޮންމެވެސް ކަމެއް ކުރަން ފަށާށެވެ. މިސާލަކަށް ތިއީ ކުރިން ކުރަހައި ހަދައި، ނުވަތަ ދުވަންގޮސް އުޅޭ މީހެއް ކަމުގައި ވަނީނަމަ، ދެވަނަ ހަފްތާ ތެރޭ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިއްބައިދޭ މިފަދަ ކަންކަން ކުރާށެވެ. އަދި ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ވެއްޖެނަމަ، އެކަން ހުއްޓުވަން މަސައްކަތް ނުކުރާށެވެ. އޭގެ ބަދަލުގައި، އެ ހަނދާންވި ކަމަކާއި ދޭތެރޭ ކުޑަކޮށް ވިސްނާލާފައި ކޮންމެވެސް އެހެން ކަމަކަށް ތިމާގެ ވިސްނުން ބަދަލު ކޮށްލާށެވެ. ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ތިމާގެ ސިކުނޑީގެ ރިމޯޓު އޮންނާނީ ހަމަ ތިމާ އަތުގައި ކަމެވެ. އެހެންކަމުން ވިސްނޭނީވެސް ބޭނުންވާ ކަންކަމެވެ.

ތިންވަނަ ހަފްތާ ތެރޭގައި ކުރަންޖެހޭނީ އެންމެ މުހިއްމު ކަންތަކެވެ. އެއީ ކުރީގެ ލޯބިވެރިންނާއި ދެމެދު ޖެހުނު މައްސަލަތަކާއި ބެހޭ ގޮތުން ވިސްނައިލައި ކަމެއް ގޯސްކޮށް ކުރެވިފައި އޮތްތޯ ބެލުމެވެ. މިކަން ކުރާއިރު ބޮޑަށް ރަނގަޅު ވާނީ ފޮތެއްގައި ތިމާގެ އިހްސާސުތައް ލިޔެލީމައެވެ. އެހެނީ، މީހެއް ގާތު މިވާހަކަ ހިއްސާ ކުރާނަމަ ތިމާ އަށް ގަބޫލު ކުރެވޭނީ އެވާހަކަ އެބުނާ މީހާގެ ނަޒަރުން ދެކޭ ގޮތަކުންނެވެ. އެ މީހަކު ރަނގަޅު ގޮތަކަށް ނުވަތަ ނުބައި ގޮތަކަށް ދެކުނަސް އެދުވަސްކޮޅު ތިމާ އަށް ގަބޫލު ކުރޭވޭނީ އެއެވެ. އޭގެ ބަދަލުގައި މީހަކަށް ބަރޯސާނުވެ އަމިއްލަ އަށް މިކަންތައް 3ހަފްތާ ވަންދެން ކުރިއަށް ގެންދާށެވެ.

ލޯބިވެރިޔާ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރާއިރު ތިމާ އުފާވާ ކަންކަން ކުރުން މުހިއްމު

ރަނގަޅަށް ގެންދެވިއްޖެނަމަ 3 ހަފްތާ ނިމޭއިރު ތިމާ އަށް ހުންނާނީ "މޫވް އޯން" ކުރެވިފައެވެ. އަދި މިއަށް ފަހުގައިވެސް ޕޮސިޓިވްކޮށް ވިސްނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިމާ މޫވްއޯން ކުރުމަށް ފަހު އުފަލުގައި އުޅޭތަން ފެނުމުން ކުރީގެ ލޯބިވެރިން އަނބުރައި އަންނަން ފަށާނެއެވެ. ނަމަވެސް ދެވަނަ ފަހަރަށް ތިމާ ބޭނުން ނުވެގެން ދޫކޮށްލި މީހެއް ކައިރިއަށް ދިއުމީ އެއްވެސް ހާލެއްގައި ބުއްދިވެރި ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މަސާޖުޕާލާ ލޭޑީ

  އެކާވިސް ދުވަސްތީހާދަ ވަގުތެކޭ އަގަނޑުނަގަނީ ގިނަވެގެން ބައިގަޑިއިރު އެގޮތައް މަހަކު ކިތައް އެކުސްމަތިން ހަދާންނައްތަނީ! އެކާވިސް ދުވަސްތީ އެކުން އަންކަމަކާރިޔައް އަނހާދުވަސް

  6
  4
 2. ހުސޭނުބޭ

  މިޔޯ! މީ ކޮން ވާހަކައެއް! އަހަރެމެން މިދެކެނީ އެކްސް އެއްއަތުން ދޫކޮށްލާއިރު އަނެއް އަތުން ހުންނަނީ ވައި އަތުގައި ހިފައިގެން! އެހައިވެސް ފަސޭހަ!

  5
  4
 3. އޮޅަލުން

  އެންމެ އަވަހަށް އެކްސް މަތިން ހަނދާން ނައްތާލެވޭނީ އޭނަ ކުރި ގޯސް ކަމެއް މަތިން ހަނދާންކޮށް އޭނާއަށް ނަފްރަތު ކުރަން ފެށުމުން

  13
  1
  • Anonymous

   އެކަކު އަނެކަކަށް ނަފްރަތު ކުރުމަކީ ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއްނޫން

   2
   2
 4. އެކްސް

  ކިހިނެއް އެކްސް މަތިބް ހަންދާން ނައްތާލާނީ؟ ގެންގުޅޭ ފޯނައްވެސް މިކިޔަނި އެކްސް. ބޮއެހަލާކް

  6
  1
 5. އަ ނގަބެ

  ތިމަަާ ދެކެ ނުވި ލޯތބަކާ\ހެދި ތިމަަާ ނޫޅެެޭށެވެ

  7
  1
 6. ހުދު ކާޅު

  ޚަގީގީ ލޯބި ކަމުގިއި ވަނީ ނަމަ ދުލުން ބުނެލަން ފަސޭހަ.އަމަލު ކުރަން އުދަގޫ...ދުނިޔެ މަތީ އުޅެޔޭ މަދު ބަޔަކު ނަމަސް ހަޤީޤީލޯބި ދަންނަ...?

 7. ބުރުތުގާލް

  އަހަރެން ވެސް ލޯބިވީން ވަކިވަާންޖެހުނިިީ އިސްލާމީ މަންހަޖުގެ ތެރޭގައި ހުރެ އިސްލަަާމީ ޝިޢާރު ފަަަާޅުކުރާތީ

  5
  1
 8. މުސްކުޅި ކުއްޖާ

  ބީވެގެން ދިޔަ އެއްޗަކަށްޓަކައި އެންމެ ކަރުނަ ތިއްކެއްެސް ވަށްޓާނުލަާށެވެ ތިބަާ ދެކެ ހަގީގީ ލޯބި ވަާނަމަ އެހެން ނުހެދިސް ކަން ޔަގީންކޮށް އެހެންކަމެއް ފަށާށެވެ