ދުނިޔޭގެ އެންމެ ފިނި ބައްރު ކަމުގައިވާ އެންޓާކްޓިކާ އަކީ ހުސް ގަނޑުފެނުން ފުރިގެންވާ ބައްރެއް ކަމުގައި ވާއިރު، 315 ބިލިއަން ޓަނުގެ ބިޔަ ގަނޑުފެންގަނޑެއް އެ ބައްރާއި ވަކި ވެއްޖެއެވެ.

އޮސްޓްރޭލިއާގެ އެންޓާކްޓިކާ ޑިވިޝަނުން މައުލޫމާތު ދޭ ގޮތުގައި 1636 ސްކުއާ ކިލޯމީޓަރުގެ މި ގަނޑުފެންގަނޑަކީ އެ ގައުމުގެ ސިޓީ އެއް ކަމުގައިވާ ސިޑްނީ އާއި ސައިޒުގެ ގޮތުން ދާދި އެއްވަރެއްގެ ގަނޑުފެންގަނޑެކެވެ.

2000 އަހަރުތަކުގައި އެ ބައްރުގެ އިރުމަތީ ފަރާތުގައި އޮންނަ އެމެރީ ޝެލްފާއި ދިމާލުން ވަކިވާން ފެށި މި ގަނޑުފެންގަނޑު މިހާރު ވަކިވެފައި ވާއިރު، މިއީ 1690ށް ފަހު އެ ސަރަހައްދުން މިފަދަ ބޮޑު ގަނޑުފެންގަނޑެއް ވަކިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ވަކިވެފައިވާ ގަނޑުފެންގަނޑު

މިކަމާއި ގުޅިގެން ކަމުގެ މާހިރެއް ކަމުގައިވާ ޕްރޮފެސާ ހެލެން އަމަންޑާ ފްލިކާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ގަނޑުފެންގަނޑުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަށް މެދުވެރި ނުވާނޭ ކަމަށާއި، މިއީ ކޮންމެ 60-70 އަހަރާއި ދޭތެރޭ ގުދުރަތީ ގޮތުން ވާ ކަމެއް ކަމަށެވެ.

ނަމަވެސް، މި ގަނޑުފެންގަނޑުން އެފަދަ ކަމެއް ސީދާ ނުވި ނަމަވެސް، މިވަރުގެ ބޮޑު ބައެއް އެ ބައްރާއި ވަކިވުމުން، ދެން މިގޮތަށް ވަކިވާ ގަނޑުފެންތައް އިތުރުވާނެތޯ އާއި ގަނޑުފެންތައް ވިރޭ ސްޕީޑު އަވަސްވޭތޯ ބަލަން ޖެހޭނޭ ކަމަށް ޕްރޮފެސާ ވަނީ ބުނެފައެވެ.

މިހާރު ޖައްވުގައި ދައުރުވަމުންދާ ސެޓްލައިޓުތަކުގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެންޓާކްޓިކާއިން އަހަރެއްގެ މައްޗަށް 200 ބިލިއަން ޓަނުގެ އައިސް ވިރި، ކަނޑަށް ދަނީ އެޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްމަޑޭ

    ޔާﷲ އަޅުނގަޑުމެންގެ މިކުޑަ ދިވެހިރާއްޖެ ސަލާމަތްކަންމަތީ ލަހައްޓާވާށި.

    49
  2. ގުއި ޗޮންހެއި

    ޕުރޮފެސަރު ކެނެރީ ބުޅައްބެ ބުނަނީ ތި ގަނޑު ފެންގަނޑުން ރާއްޖެ އަޑިޔަށް ދާވާހަކަ. އެކަމަކު ކަމުގެ އެކުސްޕާޓު ބުނަނީ ސައިކުރައެއް ކެކޭހޭ ފެންކަމަށް. ސަންޝައިން ބަލަންް ފޮނުވާލަންވީ

    13
    4
  3. ކާފަދ

    ބާއި ސީޔޫ