ބެލްކަނީގައި ޒިނޭ ކުރަން ތިބި ދެ މީހަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އެކުއެޑޯ ގައެވެ.

ނަން އެނގިފައިނުވާ 28 އަހަރުގެ އަންހެނަކާއި އޭނާގެ 35 އަހަރުގެ ލޯބިވެރިޔާ ޒިނޭ ކޮށްފައި ވަނީ ކަލްޑެރޯން ޑިސްޓްރިކްޓުގައި އަންހެން މީހާ އޭނާގެ ގޭގައި ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. މި ޕާޓީ އަކީ އޭނާ ކޮލެޖުން ގްރެޖުއޭޓު ވުމުގެ އުފަލުގައި ބޭއްވި ޕާޓީ އެއް ކަމަށް މައުލޫމާތު ލިބެއެވެ. އޮރިޔާމުން ތިބި އެ ދެ މީހުން މަގުމައްޗަށް ވެއްޓުނުއިރު، އެމީހުންގެ ހަށިގަނޑުގެ ބައެއް ބައިތައް ވަނީ ޗިސްޗިސް ވެފައެވެ.

އެ ދެމީހުން ފެނިފައިވަނީ ބިންމައްޗަށް އެއްޗެއް ވެއްޓުނު އަޑާއެކު އަވައްޓެރިން ދުވެ ގޮސް ބެލުމުންނެވެ. އެ މައްސަލަ އެކުއެޑޯގެ ކަލްޑެރޯން ޑިސްޓްރިކްޓުގެ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަރުވި އަންހެން މީހާގެ އަވައްޓެރިއަކު ބުނާ ގޮތުން އެ އަންހެން މީހާގެ 8 އަހަރުގެ ކުއްޖަކުވެސް ހުރެއެވެ.

އެސަރަހައްދުގެ ނޫސްތަކުން ޚަބަރުފަތުރާ ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ޒިނޭ ކުރަން ތިބި ގަޑީގައި އެ ބެލްކަނީގައި ހުންނަ ފާރުގެ އުސްމިނާ ދޭތެރޭގައި އެމީހުން ނުވިސްނައި ތިއްބައި، ފާރުމަތިން ވެއްޓިގެން ކަމަށެވެ. އެ މީހުން ވެއްޓިފައިވަނީ އެ ޢިމާރާތުގެ 3 ވަނަ ފަންގިފިލާގެ ބެލްކަނީއިންނެވެ.

މީގެ ކުރިންވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ޕާޓީ ތަކުގެ ތެރެއިން ބެލްކަނީގައި ޒިނޭ ކުރަން ތިއްބައި އެތައް ބަޔަކު މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުދުހުދު

    ﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައިގަންނަންޔާ އެކަލާނގެ ކޯފާ އަކީ ދުރުގައިވާ އެއްޗެއް ނޫން. ހަރާން ކަންތައް ކުރަމުން އުޅޭ މީހުންނަށް އިބުރަތެއް

    167
    3
  2. މަ

    ގުރެޖްއޭޓްވީދޯ މާބޮޑަށް.

    106
    3
    • ލޮލް

      ގުރެޖުއޭޓެޑް ޓު ހެލް?

      69
      4
  3. އަސްލު

    މިއަދު ދިވެަހިން ގެ ވެސް ހާލު

    110
    3
  4. ޟމމ

    މި ޒާތުގެ ހަބަރު ނުގެނެސް ދިނުން ކިހިނެއްވާނެ.

    95
    30
    • ނަހުލާ

      ޒިނޭނުކުރުން ކިހިނެއް ވާނެ

      26
      4
  5. މޫނިމާ

    ޒިނޭކުރާ ހުރިހާމީހުންނަށްވެސް ތިޔަ ކަހަލަ ނުބައި ގޮތްތައް ވުން ރަނގަޅީ

    48
    3
    • ޚކކކ

      ބައެއް މީހުން ތައުބާ ވެސް ވޭ

      25
  6. ނަހުލާ

    ދިވެހިރާއްޖޭގަވެސް ޒިނޭނުކުރާ މީހަކު ވަރަށް މަދުވާނެ

    37
    4
  7. ކުކުޅު ބިސް

    ތިޔަގޮތަށް މިގައުމުގެ މަޖުލީހުގައާއި އެހެނިހެން ފޯރަމްތަކުގައި ދީނަށް ފުރައްސާރަކުރާ ބައިގަނޑަށް ވާނަމައޭ ހިތަށް އަރާ.