އެމެރިކާގައި ވަގަކު އަނިޔާވެރި ގޮތަކަށް 2 ކުދިންގެ ބައްޕަ އެ ކުދިން ކުރިމަތީ އޮޅިގެން ލާރި ހުރިކަމަށް ހީކޮށް މަރާލައިފިއެވެ.

ކްރިސްޓޮފާ ނިކޮލް މަރާލާފައިވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ތެރޭގައެވެ. އަދި އޭނާ މަރާލާފައިވަނީ އޭނާގެ އުމުރުން 5 އަހަރުގެ ދަރިފުޅާއި 6 އަހަރުގެ ދަރިފުޅު ކުރިމަތީގައެވެ.

ފުލުހުން ވަނީ ނިކޮލްގެ މަރުގެ މައްސަލާގައި ތަހުގީގެއް ފަށާފައެވެ. ފުލުހުންވެސް ވިދާޅުވެފައިވަނީ ނިކޮލް މަރާލާފައިވަނީ ވައްކަން ކުރަން ވަން މީހަކު ގިނަ އަދަދެއްގެ ފައިސާތަކެއް ނިކޮލް ދިރިއުޅެމުންދާ އެޕާޓްމަންޓް ގައި ހުރިކަމަށް ހީކޮށް ކަމަށެވެ.

ނިކޮލްގެ ދެ ދަރިންނަށްވެސް ކަމާބެހޭ އިދާރާތްތަކުގެ ފުރިހަމަ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނިކޮލްގެ މަރުގެ މައްސަލާގައި ފުލުހުން ވަނީ މީހަކު ހޯދަން އިއުލާނު ކޮށްފައެވެ. އެގޮތުން އޭނާގެ އިސްކޮޅާއި، ހަންގަނޑުގެ ކުލައާއި އުމުރާއި އެކީ ވަނީ ހޯދަން އިއުލާނު ކޮށްފައެވެ. ނިކޮލްގެ މަރުގެ ހާދިސާއައި ގުޅިގެން އެއްވެސް މީހަކަށް ތުހުމަތު ކުރެވޭ ނަމަ ފުލުހުން ވަނީ އެފަރާތަށް މައުލޫމާތު ހިއްސާކުރަން އެދިފައެވެ.

ފުލުހުން ބުނީ، ނިކޮލްގެ މަރުގެ މައްސަލާގައި ބަލަން ޖެހޭ ހުރިހާ ހެކިތަކެއް ބަލާނެ ކަމަށާއި އެކަން ކުރި މީހަކު އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށެވެ.

"ނިކޮލްގެ މަރުގެ މައްސަލަ ވަރަށް ހަރުކަށި ކޮށް ބަލާނަން. އަދި މިކަން ކޮށްފައިވާ ފަރާތެއް އިންސާފުގެ ކުރިމައްޗަށް ގެންނާނަން". ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޒާ

    ތިތަަނަށް ސޫދު ފޮނުވަން ފެނޭ

    3
    1