ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އެކި މީހުންނަކީވެސް އެބައެއްގެ އަމިއްލަ ސަގާފަތަކާއި އާދަކާދަތަކެއް އޮންނަ ބައެކެވެ. އެގޮތުން ކޮންމެ ގައުމަކާއި އަނެއް ގައުމަކާއި ސަގާފީކަންކަމުގައި ތަފާތުވުންތަކެއް އުޅޭއިރު ބައެއް އާދަކާދަތަކަކީ ވަރަށް އާދަޔާޙިލާފް ކަންކަމެވެ.

ބަވަނަވެފައިވާ މި ދުނިޔޭގައި އެފަދަ އަމަލުތަކަކީ އާންމު މުޖުތަމައުއެއްގައި އުޅޭ މީހަކަށް ލިބިގެންދާނެ ވަރަށް ބޮޑު ސިހުމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް އާދަކާދައަކީ އިންޑޮނޭޝިޔާގެ ޑާނި ގަބީލާގެ މީހުންގެ އާދަކާދަތަކެވެ.

އެ ގަބީލާގެ އަންހެނުންނަކީ އެގަބީލާގެ ސަގާފީކަންކަމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކަކާއި ކުރިމަތިލާންޖެހިފައިވާ ބައެކެވެ. އޭގެ ތެރޭގައި އެމީހުންގެ އަންހެނުންގެ އިނގިލިތަކުގެ ކުރިތަކުން ތަންކޮޅެއް ގަދަކަމުން ބުރިކުރާ ކުރުމަކީ މުޅި ދުނިޔެއިންވެސް ސަގާފީ ކަމެއްގެ ގޮތުގައި ބަޔެއްގެ ތެރޭގައި ފެނިގެންދާ އެންމެ އަނިޔާވެރި އެއް ކަމެވެ. އެމީހުންނަކީ އެމީހުންގެ އަންހެނުންގެ އިނގިލިތަކުގެ ކުރިތައް ބުރިކުރުމުން ރޫހާނީ ބާރުތަކެއް ހިތްހަމަޖެހިގެންދާކަމަށް ގަބޫލުކުރާ ބައެކެވެ.

އެ ސަގާފަތް އަދިވެސް އެ ގަބީލާ ތެރޭގައި ކުރިއަށްދާއިރު އެގޮތަށް އިނގިލިތަކުގެ ކުރިތައް ބުރިކުރުމުގެ ކުރިން 30 ވަރަކަށް މިނެޓް ވަންދެން ބަރަނިން ބަނދެ އައްސިކުރާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭގެ ފަހުން ގަދަކަމުން އިނގިލިތައް ބުރިކުރުމަށްފަހު އިނގިލިތަކުގެ ކުރިތައް އަންދާލާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އިންޑޮނޭޝިޔާގެ ޑާނި ގަބީލާއަކީ އެގޮތަށް ސަގާފީ އާދަކާދަތަކެއްގެ ގޮތުގައި އެފަދަ އާދަޔާޙިލާފް ކަމެއް ކުރާ ހަމައެކަނި ގަބީލާއެއް ނޫނެވެ. ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކުގައި އާދަކާދައިގެ ގޮތުގައި މަރުވެފައިވާ ގަބުރުތަކާއިއެކު ދިރިއުޅެންވެސް ޖެހެއެވެ. އަދި އަނެއްބައި ގަބީލާތަކުގައި އިންސާނުން މަރައިގެން މިނިމަސް ކެއުމަކީ އެ ގަބީލާތަކުގައި އަންނަ އީދެއްކަހަލަ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަޤާފީ

    ރާއްޖަވެސް މިކަހަލަ ކަންތައް އޮވޭ...
    މިސާލަކަށް، ގަދަކަމުން ޚިތާނު ކުރުން - ސުންނަތުން ސާބިތުވާކަމެއް ނަމަވެސް ހަމައެކަނި ފިރިހެނުން ކުރަނީ ސަޤާފީ ކަމެއްގެ ގޮތުގައި.

    • ޔޫސުފް

      ޚިތާނުބކުރުން އެއީ ސަގާފީ ކަމެއްނޫން. އެއީ ދީނީ ކަމެއް. ޢިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ ކަމެއް. ހުރިހާ ނަބީބޭކަލުންގެ ސުންނަތެއް.

      ޢެކަމަކީ ސިއްޙީ ގޮތުންވެސް ފައިދާ ހުރި ކަމެއް.

      • ސަޤާފީ

        ދީނުގައި އަންހެނުންގެ ވާހަކަ ނޯވޭތަ؟

    • މުޙައްމަދު

      ކިޔޭ އެއްޗެއް އެނގޭތަ

  2. ފދސ

    ސަޤާފީ- ސުންނަތުން ސާބިތުވާކަމެއްވީމަ ދެން ކޮން ގަދަކަމެއްގެ ވާހަކަ. ލާދީނީ ފިކުރުން މިގައުމު މިންޖުކުރައްވާށި.

  3. މަ

    ދެން އެގަބީލާ މީހުން ތިބެނީ އަންނައުނު ނުލާކަމަށްބުނެ މާދަން ރިޕޯޓެއް ލިޔޭ