ބުޅަލަކީ އާންމުކޮށް ގިނަ ބަޔަކު ގޭތެރޭގައި އޮޅުކޮށްގެން ގެންގުޅެން ވަރަށް ލޯބިކުރާ ޖަނަވާރެކެވެ. ބުޅަލަކީ ގެންގުޅެން ފަސޭހަ އަދި މަޖާވެސް ޖަނަވާރެއްކަމުގައިވާއިރު އެއީ އެހެން ޖަނަވާރުތަކަށްވުރެ ސާފުތާހިރު ޖަނަވާރެއްވެސް މެއެވެ. ބުޅަލަކީ އޭގެ ސަބަބުން އޭގެ ވެރިމީހާއަށް އެތައް ގޮތަކުން ފައިދާކުރުވާ އެއްޗެއްވެސްމެއެވެ.

ބުޅަލަކީ އޭގެ ވެރިމީހާއަށް ކުރާ ލޯބި ވަރަށް ރަނގަޅަށް ސާފުކޮށް ދައްކުވައިދޭނޭ ޖަނަވާރެކެވެ. ބުޅާ ގެންގުޅޭ ފަރާތްތަކުން ބުނާގޮތުގައި ބުޅަލުގެ ލޮލަކީ އޭގެ ހުރިހާ އިހުސާސްތަކެއްވެސް ސާފުކޮށް ހާމަކޮށްދޭ ގުނަވަނެވެ. ގިނަ ފަހަރަށް ބުޅަލަކީ އޭގެ ވެރިމީހާއަށް ކުރާ ލޯތްބެއްގެ ސަބަބުން އާދަޔާޙިލާފަށް ވަރުގަދަ ގުޅުމެއް ބާއްވާނޭ ޖަނަވާރެކެވެ. އެ ބުޅަލަށް އޭގެ ވެރިމީހާ ވެގެންދާނީ ހުރިހާ ގޮތަކުންވެސް އެންމެ މުހިންމު މީހާއަށެވެ.

ބުޅަލަކީ އިންސޮމްނިއާ ފަދަ ނިދީގެ މައްސަލަތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. އެގޮތުން ރޭގަނޑު ގަޑީގައި ނިދަން އުނދަގޫވާނަމަ ބުޅަލުގެ ކިބައިން ލިބޭ ހޫނުކަމާއި އެކުވެރިކަމުގެ އިތުރުން އޭގެ ކުކުރުމުގެ އަޑަކީ މީހާ ނިދަން ފަސޭހަ ކުރުވާ ކަމެއްކަމުގައި ބުޅާ ގެންގުޅޭ އެތައް ބަޔަކު ވަނީ ބުނެފައެވެ.

ބުޅަލަކީ އޭގެ ވެރިމީހާ ބަލިވެއްޖެނަމަ އެކަން ކޮންމެވެސް ގޮތަކުން ދެނެގަންނަ ޖަނަވާރެކެވެ. މީހާ ބަލިވެއްޖެނަމަ ބުޅަލަކީ އޭގެ ވެރިމީހާގެ ކިބައިން ދުރަށްނުގޮސް ކައިރީގައި އޮންނަކަމަށްވެސް ފާހަގަކުރެވިފައިވާ ޖަނަވާރެކެވެ.

ސައިންސްވެރިން ބުނާގޮތުގައި މިގޮތަށް ބުޅާ ޢަމަލު ކުރަނީ، ވެރިމީހާ ހުން އައުމުން އޭނާގެ ހަށިގަނޑުގެ ހޫނުމިން އިތުރުވެ އެކަމުގެ އަރާމު ލިބިގަތުމަށެވެ. ބުޅަލަކީ އޭގެ އިތުރުންވެސް ގޭތެރޭގައި އުޅޭ ކުދި ސޫފިތަކާއި މީދާ އަދި ކުރަފި ފަދަ ތަކެތިވެސް ގެއިން ނައްތާލައިދޭ އެއްޗެކެވެ.

އޮޅުކޮށްގެން ބުޅަލެއް ގެންގުޅުމަކީ މިފަދަ އެތައް ފައިދާއަކާއި ފަސޭހަތަކެއް އޮތް ކަމަކަށް ވީނަމަވެސް، ބައެއް ޙާލަތުތަކުގައި ބުޅަލުގެ ސަބަބުން ސިއްޙީ ނުރައްކާތައްވެސް ކުރިމަތިވާ ފަހަރު އާދެއެވެ. އެހެންކަމުން ބުޅާ ގެންގުޅުމުގައި ސިއްޙީގޮތުން ސަމާލުކަންދޭންވީ ކަންކަމަށް ފަރުވާތެރިވެ ހުރުމަކީ ބުއްދިވެރި ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރީޒަން

    ބުޅަލަށް ރާއްޖޭގައި ވަކިން ޚާއްސަ ކޮށް ދަ ރާއްޖެެތެރޭގައި ވަރަށް އިހާނެތި ކޮށް އަނިޔާ ކުރާ ތަން މަމެންނަށް ވަނީ މަމެންގެ ނޭކަޑް އައިޒް އިން ފެނިފައޭ. އެޗެޕްޓަރ ގެ ޕެއިން ބޮޑު ކަމުން މަމެން އެޗެޕްޓަރ އޯޕަން ނިުކުރާނަމޭ. މަމެން އެއް ފަހަރު ރާއްޖެތެރޭ ރަށަކަށް ގޮސް ރައްޓެއްސެގެ ގެއަށް ކާންގޮސް ބޭރުގެ އޯޕަން އެއާރގައި މޭޒު ޖަހައިގެން ކާން ތިއްބާ އެގޭގައި ގެންގުޅޭ ކުކުޅު އެސޮރުގެ ކުދި ކުދި ފިޔޮއް ގޮވައިގެން އައިސް އެގޭމީހުން ގާނާފައި އުކާފައި ހުރި ނާށިން ހުނި ކޮޅު ނާށިން ނޮޅައިގެން ކާން ފެށުމުން އެސޮރާއި ދިމާލަށް އެގޭގެ ބޮޑޭ ކާއްޓެއް އުކީއޭ އެސޮރު މެން ބިރުން ރޮމުން ދުވެ ފިލީއޭ މިހާ އަނިޔާވެރިއޭ ދަ ރާއްޖެތެރޭގައި އެމެން ގޭގައި ގެންގުޅޭ ދިރޭ ތަކެއްޗަށް. ރަށެއްގެ ފަޅަށް މުށި މަސް އައިނަށް ސައިޓް ސީންގް އަށް ވަދެލި ނަމަވެސް ކުދި ބޮޑު އެންމެން ނިކުމެ އެސޮރު މެން ވަށައިގެން ދާ ޖަހާ ބައްދާލައިގެން އެސޮރުމެން ނަގައިގެން ކަރު ބިންދާލައިގެން މަރާ ނަގާ ރިހަގަނޑު ކައްކައިގެން ކާލައޭ އެއީ ނުގަނެ ހިލޭ ލިބޭ އެއްޗަކަށް ވާތީއޭ ދެން ހަމަ އެގޮތަށޭ ކާޅު ތަކަށް ވެސް ވަަރަށް އަނިޔާ ކުރެއޭ. މަމެން ދަ ރާއްޖެތެރެއަށް ދާންވެއްޖެނަމަ ބިރުގަނެ ނުދާން އުޅެނީ އެހެންވެގެންނޭ އެވަރަށް ފްރެންޑުން އެއް ދުވަހަށް ނަމަވެސް ޖައްސާލަން އެދުމުން ވެސް ނުދާނަމޭ ދިމާލަށް ބުނެވެނީ. އައި ނެވަރ މެންޓް ޓު ސީ ދޯޒް ތިންގްސް އިން މައި ލައިފް އެން ސޯ އައި ހޭވް ޓު ސޭ އިޓް ޔޫ ބިފޯރ އައި ލައި އިން ދަ ކޮފިން އައި ފައުންޑް އައުޓް ސޯ މެނީ ރީޒަންސް ދެޓް ޔޫއާރ ސެންސްލެސް އިޓްސް ސަމްތިންގް ދެޓް އައި މަސްޓް ލިވް ވިދް ދިސް ޕެއިން އެވްރީޑޭ. އައި ހޭވް ފައުންޑް އައުޓް އަ ރީޒަން ފޯރ ދިސް އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ ޑާންސް ޑާންްސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންްސް...

    • common sense

      އަހަރެމެން ދަ ރާއްޖެތެރޭގައި މުށިމަސް ކަތިލާގޮތަށް، ތަމެން ދަ ގްރޭޓާ މާލޭމެން އިންސާނުން ކަތިލާތީވެ މަމެން މާބިރުގަނެޔޭ. އެހެންވެގެނޭ މަމެން ދަ ރާއްޖެތެރޭން ބަލިވިޔަސް، ހުމެއް އަޔަސް މިބަލަނީ ތި ގްރޭޓާ މާލޭއަށް ނުގޮސް އިންޑިޔާ ނޫނީ ލަންކާއަށް ދެވޭތޯ.

  2. ހާސަރު

    ބުޅަލަށްވުރެން ކުއްތާގެ ފާއިދާ މާބޮޑެވެ. މާވަފާތެރިއެވެ. އިންސާނުންނަށް އެންމެ ބޮޑަށް ވަފާތެރި ޖަނަވާރަކީ ކުއްތާއެވެ. އެކަމަކު ޖަނަވާރު ދޫނި ފަދަ އެއްވެސް އެއްޗެއް ގޭގައި ގެންގުޅުމަކީ އަހަރެން އެދޭކަމެއްނޫނެވެ.