ކުއްޖަކު ހޯދުމަށް ވަކި ދުވަސްވަރަކު ޖިންސީ ގުޅުން ހިންގަންޖެހެއެވެ. މިދުވަސް ވަރަށް އިނގެރޭސިން ކިޔަނީ “އޮވިއުލޭޝަން ޕީރިއަޑް” އެވެ. މިދުވަސްވަރަކީ އަންހެނާގެ ރަހިމުގެ ތެރޭގައި މައިވަންތަ ކަމުގެ ބިސް އޮންނަ ދުވަސްވަރެއެވެ. މިދުވަސް ވަރަށް ދިވެހިން ބިސް ބޭރުވާ ދުވަސްވަރޭ ކިޔައެެއެވެ.

ފުރަތަމަ ކަމަކަށް ބިސް ބޭރުވުމަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ބިސްބޭރުވުމަކީ އޯވަރީގައި ނުވަތަ ބިސްރަވައިގައިވާ ބިސްތަކުގެ ތެރެއިން ބިހެއް މަހަކު އެއްފަހަރު ބޮޑުވެ ފުރިހަމަ ވުމަށްފަހު ބިސްރަވައިން ބިސްބޭރުވެ ބިސްހޮޅީގެ ކައިރިއަށް ބިސްދިއުމެވެ. ބައެއްފަހަރު މިގޮތަށް ބޭރުވާއިރު އެއްބިހަށްވުރެ ގިނަބިސް ބޭރުވުމަކީވެސް ވެދާނެ ކަމެކެވެ. އަދި ބިސްރަވައިން ބިސްބޭރުވަނީ ވަކިވަރަކަށް ބިސް ބޮޑުވެ ފުރުހަމަ ވުމަށްފަހުގައެވެ.

ބިސްބޭރުވުމަށްފަހު ދާނީ ބިސްހޮޅީގެ ކޮޅުގައި އިންނަ މާގަޑާއި ދިމާލަށެވެ. އަދި ފަހުން ރަހިމުގެ ތެރެއަށެވެ. ބަލިވެއިންނަނީ ބިސްރަވައިން ބިސް ބޭރުވުމަށްފަހުގައެވެ. ވުމާއެކު މިއީ ކޮންމެ މަހެއްގެވެސް ބަލިވެއިނުމަށް ހަށިގަނޑު ތައްޔާރުވެފައިވާ ދުވަސްވަރެވެ.

ބަލިވެއިންނަން ބޭނުންނަމަ ބިސްބޭރުވުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ނުވަތަ ބިސްބޭރުވާތާ އެއްދުވަހުގެތެރޭގައި ޖިންސީ ގުޅުން ހިންގަން ޖެހޭނެއެވެ. އެއީ ފިރިމީހާގެ ދަރިފަނިތައް މަރުނުވެ އަނބިމީހާގެ ޖިންސީ ގުނަވަންތަކުގެ ތެރޭގައި ދެދުވަސް ނުވަތަ ތިންދުވަސްވަންދެން ހުންނާނެއެވެ. ނަމަވެސް އަނބިމީހާގެ ބިސް ދަރިފަންޏާއި ބައްދަލުނުވެއްޖެނަމަ 24 ގަޑިއިރުގެ ތެރޭގައި މަރުވާނެއެވެ.

ބިސްބޭރުވާ ދުވަހާއި ނުވަތަ ވަގުތާއި ވީހާވެސް ގާތްކޮށް ޖިންސީ ގުޅުން ހިންގިވަރަކަށް ބަލިވެއިނުމުގެ ފުރުޞަތު އިތުރުވާނެއެވެ. އާއްމުގޮތެއްގައި ކޮންމެ މަހަކުވެސް ބަލިވެއިނުމަށް އޮންނަނީ %20 ފުރުޞަތެކެވެ. އަދި ދޭތެރެދުރުކުރުމުގެ ވަސީލަތެއް ބޭނުން ނުކޮށް ގަވައިދުން ޖިންސީ ގުޅުން ހިންގާނަމަ %85 މީހުން އަހަރުދުވަހުގެ ތެރޭގައި ބަލިވެއިދެއެވެ.

ކޮންމެމަހަކުވެސް ޖިސްމާނީގޮތުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި އެކު ބިސްބޭރުވާ ދުވަސް ބަލައި ޖިންސީ ގުޅުން ހިންގުމަކީ ބަލިވެއިނުމުގެ ފުރުޞަތު އިތުރު ކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އަދި ދޭތެރެ ދުރުކުރުމަށްޓަކައިވެސް މިއުކުޅު ބޭނުން ކުރެވިދާނެއެވެ. އެއީ ބިސްބޭރުވާ ދުވަސްބަލައި އެދުވަހާއި ގާތްކޮށް ޖިންސީ ގުޅުން ނުހިންގުމަކީ ދޭތެރެ ދުރުކުރުމަށް އިތުރުވަސީލަތެއް ބޭނުން ނުކޮށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިއީ ދޭތެރެ ދުރުކުރުމަށްތަކައި ކުރަން އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ. އެއީ ވަރަށް ފަސޭހައިން އޮޅުންއަރައި ބަލިވެ އިނުމަކީވެސް މިފަދަ ހާލަތުގައި ވެދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބިސްރަވަ

    ކުރުކޮށް ބުނާނަމަ ޕީރިއަޑްވާން ގާތްވީމައޭ.

    7
    26
  2. ޭއަލީ

    ބިސް ބޭރުވާ ދުވަސްވަރަކީ ކޮބައިކަން ބުނެދިންނަމަ ރަނގަޅުވީސް. އެވާހަކަ ބުނެއެއްނުދޭ. މަށަށް އެނގިފައިވާ ގޮތުގައި ބިސް ބޭރުވަނީ ހައިލުވާ ދުވަހުން ފެށިގެން 12، 13 ނުވަތަ 14 މިތިންދުވަހުގެ ތެރޭގައި. މިއީ މުހިއްމު ދުވަސްކޮޅަކީ.

    48
    1
  3. ާައަސްލަމް

    ބިސްބޭރުވާނީ ބިސް ދޫކުރީމަ

    4
    12
  4. ެެެއަސްލު

    ޑރ.މުހައްމަދު އަލީ ބުނުއްވި ޕީ ވި ދުވަހުން ފެށިގެން 13 14 15 16 އޭ ދަރިއަކަށް ޓުރައި ކުރަން އެންމެ ރަނގަޅީ

    5
    2
  5. ވގތ

    މާބަނޑު ދުވަސްވަރު