ބޮލަށް ކަތުރެއް ވަދެ ޒަޚަމްވި ޗައިނާއަށް ނިސްބަތްވާ އަންހެނަކު ސަލާމަތްކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުގައި އެ އަންހެން މީހާ ވަނީ އޭނާގެ ބޮލަށް ކަތުރެއް ވަނުމުންވެސް، ފަރުވާ ކުޑަކޮށް ހޮސްޕިޓަލަށްވެސް ނުގޮސް ގިނައިރުތަކެއް ކޮށްފައެވެ.

މި ޙާދިސާގައި، ދަނޑުވެރިކަން ކުރާ ޝޭން ނަމަކަށްކިޔާ އެ އަންހެންމީހާގެ ބޮލަށް ކަތުރު ވަދެ ނާށިގަނޑަށްވެސް ގެއްލުން ލިބިފައިވާއިރު، އޭނާގެ ބޮލަށް ކަތުރު ވަނީ ގަހެއްގެ އޮފިތައް ކޮށުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށްވެއެވެ. އެގޮތުން މަތީގައިވާ އޮފިކޮޅެއް ކޮށުމުގެ ބޭނުމުގައި، އޭނާ ބޭނުންކުރި ތޫނު ކަތުރު މައްޗަށް އެއްލާލުމުން، އެ ކަތުރު އައިސް އޭނާގެ ބޮލަށް ވަދެ ހަރުލާފައި އިން ކަމަށް މަންޒަރުދުށް ފަރާތްތަކުން ނޫސްތަކުގައި ބުނެފައިވެއެވެ.

އުމުރުން 57 އަހަރުގެ ޝޭން އަށް އެކަން ވީ މާބޮޑުކަމަކަށް ނޫނެވެ. އޭނާ ހުއާވެއި ޕްރޮވިންސް އިން ޒިއަންގޔިއަންގ ސިޓިއަށް ދިޔައީ އާދައިގެ މަތިން ބަހެއްގައެވެ. މި ދަތުރަށް ގާތްގަނޑަކަށް ގަޑިއެއްހައި އިރު ހޭދަވިއިރު، އޭނާ ބުނެފައިވަނީ އަވަހަށް ހޮސްޕިޓަލަށް ދިއުމަށް ފަރުވާކުޑަކުރީ އެވަގުތު އެއްވެސް ތަދެއް އިހުސާސް ނުުކުރެވުމުން އެއީ މާބޮޑު ކަމެއް ކަމަށް ނުބެލެވުމުން ކަމަށެވެ.

ޝޭން ހޮސްޕިޓަލަށް ދިއުމާއި އެކު އޭނާއަށް ސީރިއަސް ހާލުގައި ފަރުވާދޭން ފެށިއިރު، އޭނާގެ ބޮލަށް ވަދެފައި އިން ކަތުރު ނެގުމަށް ދިގު އޮޕަރޭޝަނެއްވެސް ކުރަން ޖެހުނެވެ. ނަމަވެސް ފަރުވާއަށްފަހު މިހާރު އޭނާގެ ހާލު ދަނީ ރަނގަޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ކަންކަމުގައި ފަރުވާކުޑަ ކުރުމުގެސަބަބުން ކުދިކުދިކަންކަން ބޮޑެތިކަންކަމަށް ބަދަލުވެ ބައެއްފަހަރަށް ފުރާނައަށްވެސް ނުރައްކާވެފައި އެބަހުއްޓެވެ.

  2. ބޯބުޅި

    ޗައިނާ މީހުންނަކީ ނުލާހިކު ގަމާރު ބައެއް.