ވިޝާލް ކައުޝަލް ފިލްމީ ދާއިރާއަށް ވަނީ އެނުރާގް ކަޝްޔަޕްގެ ކްރައިމް ޑްރމާ ގޭންގްސް ވައްސޭޕޫރް" ގެ މަސައްކަތުންނެވެ. އޭނާގެ ފުރަތަމަ އެކްޓިންގ ކެރިއާ ފެށުނީ މަސާން އިންނެވެ. އޭގެ ފަހުން އޭނާ ވަރަށް ބޮޑަށް މަޝްހޫރުވެއްޖެއެވެ.

މިހާރު އޭނާ މަޝްހޫރުވަމުން އަންނަވަރަކަށް އޭނާއާ ގުޅޭގޮތުން މީހުން ދައްކަމުން އަންނަ ވާހަކަތައް މަދެއް ނޫނެވެ. އޭނާގެ ހަޔާތުގެ އެންމެ އަޑީގައި ހިނގަމުން އަންނަ ކަންތައްތަކުގެ ވާހަކަތައް އެބަ ދައްކައެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ ކެޓްރީނާ ކައިފް އާއި އޭނާއާ ދެމީހުން ޑޭޓް ކުރަމުން ދާ ވާހަކަ އެވެ.

އެ ވާހަކަތަކަށް ބާރުދޭ ވާހަކައަކަށް ވެފައި ވަނީ، ވިޝާލް އާއި ހަރްލީން ސެތީ އާއި ދެމީހުން ބްރޭކް އަޕްވީ ކެޓްރީނާގެ ސަބަބުން ކަމަށް ދެކެވެމުން އަންނަ ވާހަކަތަކެވެ.

އެހެން ނަމަވެސް މި ދެތަރިން ރައްޓެހިވެގެން ނޫޅޭކަމަށް އެ މީހުންގެ ރަހުމަތްތެރިން ވަނީ ބުނެފައެވެ.

"ކެޓްރީނާ އާއި ވިކީ އާއި ދެ މީހުންވެސް ސިންގަލް، އެ މީހުން ޑޭޓެއް ނުކުރޭ އެކަމަކު ދެ މީހުން ދިމާވާ ކޮންމެ ފަހަރަހެއްގައި ފްލާޓް ކުރޭ. އެކަމަކު ސީރިއަސް ކަމެއް އެކަމުގައެއް ނުވޭ". ނޫސްތަކަށް މައުލޫމާތު ދެމުން ދެ މީހުންގެ ރަހުމަތްތެރިން ބުނެފައި ވެއެވެ.

މި ދެ މީހުން އެކު އެކީގައި ތަންތަނަށް ގޮސް ހަދައެވެ. އަދި މި ދެމީހުން އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމަށް ވާހަކަދެކެވެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮން ކަމެއް

    އަހަރުމެނައް ކީއް.. ރައްޓެހި ވިޔަސް ނުވިޔަސް

    5
    1
    • ކަމެއް

      ކަމެއްނުވާ ނުވާނަމަ މިހަބަރު ތިހާވަރަކުން ތިކީ ކީއްވެބާ؟

      2
      5
  2. ކަޑަ ވާނެ

    ހަބަރެއް ނުއެއް ކިޔަން ކޮއިފުޅާ... ކޮމެންޓް ލިޔަން ވެގެން ހަމަ ވަނީ... ނޭންގޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ... ތީ ވަގުތުގެ މިހަބަރު ލިޔުނުމީހާ ކަޑަ ވެގެން ކޮއްލި މަލާމާތެއް ދޯ.. އިނގޭ މި ކޮމެންޓް ނުޖަހާ ދޭނެކަން... ލޮލް... އެކަމް ދައްކަން ބޭނުންވާ މީހާއަށް ފެއްނާނެ އެއްނު... ????