ޙިމާޔަތްކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެން ޖަލަށްލި ސަލްމާން ޚާން ޖަލުން ދޫކޮށްލުމުގެ ކުރިން ހަ އަހަރު މި ކުއްޖާ ހުރީ ކާންވެސް ބޭނުން ނުވެފައެވެ. ސަލްމާންގެ އެހެން ފޭނުންވެސް ތިބީ ބޮޑު ހިތާމައެއްގެ ތެރޭގައެވެ.

ނަމަވެސް މި ހަ އަހަރު ކުއްޖާގެ ވާހަަކަދައްކާލަން ޖެހެއެވެ. ސަލްމާން ޚާން ޖަލަށް ލުމާއެކު އޭނާއަށް ވަރަށް ބޮޑަށް ސަޕޯޓް ކުރާ ހަ އަަހަރުގެ އާނިޔާ ނަމަކަށް ކިޔާ ކުއްޖާ އުޅުނީ ހިތާމައިގެ ތެރޭގައެވެ. އެކަމާއި އާނިޔާގެ އާއިލާއިންވެސް ތިބީ ކަންބޮޑުވެފައެވެ. އެއީ ސަލްމާން ދޫކޮށްލުމުން ނޫނީ އެ ކުއްޖާ ނުކާނެކަމަށްވެސް ބުނެފައި ވުމުންނެވެ.

އޭނާ ހަމައެކަނި ކާނީ ބޯޑިގާޑްގެ އެކްޓަރ ސަލްމާން ޚާން ޖަލުން ދޫކޮށްލުމުންކަމަށްވެސް ވަނީ ބުނެފައެެވެ. އެ ކުއްޖާ ވަނީ ސަލްމާން ޖަލަށް ލުމުން މުޒާހަރާވެސް ކުރަން ނުކުމެފައެވެ.

އާނިޔާގެ އާއިލާއިން ބުނީ، އަނިޔާ އަކީ ވަރަށް ބޮޑަށް ސަލްމާންއަށް ސަޕޯޓް ކުރާ ކުއްޖެކަމަށެވެ. އޭނާ ޖަލަށްލުމާއެކު އާނިޔާ ކާން ވެސް ނޫޅޭކަމަށާއި، ސްކޫލަށްވެސް ދާން ބޭނުންނުވެފައި ހުރިކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

މިހާރު ސަލްމާން ޚާން ވަނީ ކަފާލާތުގެ ދަށުން، މިނިވަންކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިހާރު އާނިޔާ ކާން ފަށައިފިއެވެ

  2. މިހާރު އާނިޔާ އަނީޔާ ވ ބަސަްއަހައެވެ. ސްކޫލަށް ވެސް ދެއެވެ.