ނެޓްފިލްކްސް ބަލާ މީހުންގެ ތެރޭގައި މިހާރު އެންމެ މަގުބޫލު އެއް ސީރީސް އަކީ "ޕީކީ ބްލައިންޑާސް" ކަމުގައި ވާއިރު، މި ސީރީޒްގެ 5ވަނަ ސީޒަނަށް އިންތިޒާރުކޮށްގެން ތިބި މީހުންގެ އިންތިޒާރަށް ނިމުމެއް އައިސްފިއެވެ.

4ވަނަ ސީޒަން ނިންމާލީ ބެލުންތެރިން ދެން ވާނޭ ގޮތެއް ބަލަން ކެތްމަދުވެފައި ތިއްބައެވެ. ސީޒަން 5ގެ ޓްރެއިލާ ތި އެންމެންވެސް ބަލާފައި ހުރިކަން ޔަގީނެވެ. އެހެންކަމުން ސީޒަން 5ގައި ވާގޮތް ކިޔައި ދީ، ސީރީޒް ބެލުމުގެ ޝައުގުވެރިކަން ކުޑަކޮށްލާކަށް ނެތީމެވެ. އަވަހަށް ނެޓްފްލިކްސް އަށް ވަދެ ބަލަން ފަށަންވީއެވެ. މިހާރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ނެޓްފްލިކްސް ބޭނުންކުރާ މީހުންނަށް މި ސީރީޒްގެ ފަހު ސީޒަން ބެލެން ހުންނާނެއެވެ.

ތޯމަސް ޝެލްބީ

އިނގިރޭސި ވިލާތުގެ ބާރމިންގްހަމަށް ނިސްބަތްވާ ގޭންގު މެމްބަރުންތަކެއްގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ސީރީޒުން ދައްކުވައިދެނީ 1920 އާއި 1930ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގެ ބާރމިންގްހެމްގައި އެމީހުންނަށް ދިމާވާ ތަފާތު ކަންތައްތަކެވެ.

ޕީކީ ބްލައިންޑާރޒް އަކީ ޓޯމަސް ޝެލްބީ އިސްވެ އޭނާގެ އާއިލާ އާއިއެކު ހިންގާ ގޭންގުގެ ވާހަކަ ދައްކުވައިދޭ ސީރީޒަކަށް ވާއިރު، މި ސީރީޒް އަށް ވަނީ އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިކަން ފާހަގަކޮށްލެވެއެވެ. މީޑިއޯ ރިޕޯޓުތައް ބުނާގޮތުން މީގެ އަދި ދެ ސީޒަން ބެލުންތެރިންނާއި ހަމައަށް އަންނާނެއެވެ. އަދި 6ވަނަ ސީޒަން ރިލީޒް ކުރާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.