ރީތި ރާނީގެ ލަގަބު ލިބުނު އަދި މަޝްހޫރު ސިޔާސީ ފަރާތެއްގެ އަންހެން ދަރިފުޅު ކަމަށްވާ ޓައިޓު ގުޑްވިން މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ ލޯބިވެރިޔާގެ ފަރާތުން ލިބެމުން ދިޔަ ޖިސްމާނީ އަނިޔާތަކުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓައިޓޫއަކީ މިސް އެންގުއިއްލާގެ ރީތީ ރާނީގެ މުބާރާތް ކާމިޔާބު ކުރި މީހާއެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާގެ ފަރާތުން އެތައް އަނިޔާތަކެއް ލިބެމުން ގޮސް، އެންމެ ފަހުން، ޓައުޓޫ ދިރިއުޅޭ އެޕާޓްމެންޓަށް ވަދެ އޭނާ މަރާލީ ކަމަށް ރިޕޯޓްތައް ބުނެއެެވެ.

ޓައިޓޫގެ ބައްޕަ ބޭނުންވަނީ، އޭނާގެ ދަރިފުޅު މަރާލި މީހާ ދަން ޖައްސާ މަރާލުމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި މޮޑެލް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ވަކިވެފައި ވަނީ މީގެ އަހަރެއްވާ ދުވަސް ކުރިންނެވެ. އަދި އޭނާ މަރާލާފައި ވަނީ، ކުރީގެ ލޯބިވެރިޔާ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ވެއެވެ.

ޓައިޓޫއަށް މިސް އެންގުއިއްލާގެ ލަގަބް ލިބުނީ 2012 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރު އޭނާއަށް ވަނީ މިސް ޖޭސީސްގެ ރަނަ ރަޕް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު