ގިނަބަޔަކު ހަރުފަދެކެ ވަރަށް ބިރުގަންނާނެ އެވެ. ހާއްސަކޮށް އަންހެނުންނެވެ. އެފަދަ އެއްޗެއް މަގެއްގެ މަތިން ފެނިއްޖެ ނަމަ ހަޅޭ ލަވައިގަންނާނެއެވެ. މި އަންހެން މީހާއަށްވީވެސް އެހެންނެވެ. ސައުތް އެފްރިކާއަށް ނިސްބަތްވާ މި އަންހެން މިހާވެސް ކުޑަ ކުއްޖެއްހެން ހަޅޭ ލަވައިގަތީ ފަހަތުން ހަރުފައެއް އަންނަތަން ފެނުމުންނެވެ.

ފާތިމާ ދާވޫދް ނަމަކަށް ކިޔާ އެ އަންހެން ކީހާ ބުނީ، ޕާކިންގ ލޮޓް ކައިރިން އޭނާއަށް ފެނުނީ ހަރުފައެއް ނޫން ކަން ފަހުން އެނގުނެވެ. މީސް މީޑިއާގައި އެ އަންހެން މީހާ ބުނީ، އެ ހަރުފަ ފެނިގެން އޭނާއަށް ވަރަށް ބާރަށް ހަޅޭލަވައިގެނެވުނު ކަމަށެވެ.

"އަހަރެން މައާފަށް އެދުނިން އެ ސަރަހައްދުގެ ޕާކިންގ ލޮޓް ކައިރީ ހުރި ދުވަސްވީ އަންހެން މީހާ ކައިރިން. އަހަރެން ހަޅޭ ލަވައިގަތީ ކުޑަކުއްޖެހެން. އަހަރެން ހީކުރީ އެއީ ހަރުފައެއް ކަމަށް އަހަރެން ފަހަތުން އަންނަނީ". އެ އަންހެން މީހާ އޭގެ ފޮޓޯ ފޭސްބުކްގައި ހިއްސާ ކުރަމުން ބުންޏެވެ.

އެއީ ހަރުފައެއް ނޫނެވެ. އެއީ އިސްތަށިގަނޑު ގުޅުވަން ބޭނުން ކުރާ އެއްޗެއް ކަމަށް އެ އަންހެން މީހާ ބުންޏެވެ.

އޭނާ އެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރުމުން ގިނަބަޔަކު ވަނީ އެ އެއްޗާއި ހަރުފައަކާއި ވައްތަރު ކަމަށް ބުނެފައެވެ. އަދި ބައެއް މީހުން ވަނީ އެ އަންހެން މިހާއަށް ޖޯކު ޖަހާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެއްސަހަރެއްގައި...

  އެއްދުވަހު އުޅުނޭ ބޮކެއް އެބޮއްމަރުވީ އެވެ.. އެހާހިސާބުން ވާހަކަ ނިމުވީއެވެ.. ވ. ސަލާމް

  7
  3
 2. ޝަހުދު

  މަނަމަވެސް އެހެން ވާނެ. ނަސީބެއްނު މަށަށް ތިޔާ އެއްޗެއް ނުފެނުންކަން. ލުލް

  8
  5
  • ނަބާ

   ގޭގަ އޮތަކަސް ނުފެންނާނެ ދޯ!! ފެނޭތޯ ބަލަން އެގައުމަށް ދިޔަނަމަ ފެނުނީސްކަން ޔަގީން ??

   1
   4
 3. ހެހެ

  ކިހިނެއް ވަނީ އެގައުމަށް ދިއުން ގަޑު