އެމެރިކާގެ ލޮސް އެންޖަލްސްއަށް އުފަން، މަޝްހޫރް އެކްޓްރެސް ކޭޓް ހުޑްސަން ބަނޑުބޮޑު ކަމަށް ބުނެ އޭނާ އިންސްޓަގްރާމްގައި ޕޯސްޓެއް އާންމު ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ކޭޓް ބަލިވެ އެއިނީ އޭނާގެ ތިންވަނަ ދަރިއަށެވެ. މީގެ ކުރިން އޭނާއަށް ދެ ފިރިހެން ކުދިން ލިބިފައިވާއިރު، މިފަހަރު ލިބެން އުޅެނީ އަންހެން ކުއްޖެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

'ޖެންޑާރ ރިވީލިން ޕާރޓީ' އެއް ބާއްވާ ކޭޓް ވަނީ އޭނާގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް މި އުފާވެރި ޚަބަރު ދީފައެވެ. މި ޕާޓީގެ ބައެއް މަންޒަރުތައް ފެންނަ ބައެއް ވީޑިއޯ ކޮޅުކޮޅު މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އުމުރުން 38 އަހަރުގެ ކޭޓް ބުނެފައިވަނީ މިހާރު މީސް މީޑިއާއިން އޭނަގެ ޚަބަރެއް ނުވަނީ ބަލިވެ އުޅޭތީ ކަމަށާއި މިއީ ބަލިވެ އިނދެގެން ފުރަތަމަ ފަހަރަށް މިހާ ބަލިވި ފަހަރުކަމަށެވެ. އަދި ފޭނުން އޭނަގެ ޚަބަރެއް ނުވެގެން މާޔޫސްވާކަން ވެސް އެނގޭ ކަމަށާއި މިފަހަރު މިއޮތީ ފޭނުންނަށްވެސް އުފާވެރި ޚަބަރެއް ކަމަށް ކޭޓް ބުންޏެވެ.

"މިކަން ސިއްރުކޮށްގެން އުޅުމަށް ނިންމާފައި އޮންނާނީ. އެކަމަކު މި އުފާވެރި ޚަބަރު ހިއްސާ ނުކޮށް ހުންނަން ވަރަށް އުނދަގޫ" ތިން ވަނަ ކުއްޖާގެ މަންމައަކަށްވާން އުޅޭ ކޭޓް ބުންޏެވެ.

ކޭޓަކީ 2000 ގެ އަހަރުތަކުން ފެށިގެން އާންމުންގެ މަޤްބޫލްކަން ހޯދަމުން އަންނަ ކުޅަދާނަ އެމެރިކަން އެކްޓްރެސް އެކެވެ. އޭނާވަނީ 'ގޯލްޑް ގްލޯބް' އެވާޑްވެސް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިޔަކަން "ވަގުތު"އަށް އެނގުމުގެ މާކުރިންވެސް އެނގޭ!!! އެހެންވީމަ ވަރަށް ސަލާން!! ދެން އެއީ "ހުޑްސަން"އެއްނޫން!! ހަޑްސަން!!! އިނގިރޭސި ކިޔަންވެސް ނޭނގެނީތަ "ވަގުތު"އަށް؟؟؟؟؟