ކާރެއް ގަތުމަށް 2 އަހަރުގެ ކުޑަކުއްޖަކު ވިއްކާލުމުން 3 މީހަކު ހައްޔަރުކޮށްފިއެވެ.

ނޯތު ކޮރޮލިނާގައި ހިނގާ ދިޔަ މި ހާދިސާގައާއި ގުޅޭގޮތުން ހައްޔަރު ކުރެވިފައިވާ 3 މީހުންގެެ މައްޗަށް ހުކުމް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.

މި މައްސަލާގައި 3 މީހުންވެސް ހައްޔަރުކޮށްފައި ވަނީ ނޯތު ކޮރޮލިނާގެ ތޯމަސްވައިލްއިންނެވެ.

2018 ވަނަ އަހަރު ހިނގާ ދިޔަ މި ހާދިސާ ފުލުންނަށް ރިޕޯޓްކޮށްފައި ވަނީ ކުއްޖާ ބަލިވެގެން ވޭކް ފޯރެސްޓް ބަޕްޓިސްޓް ހެލްތު ހައި ޕޮއިންޓް މެޑިކަލް ސެންޓަރ ގައި އެޑްމިޓް ކުރުމާއި ގުޅިގެން އެތަނުގައި ކުއްޖާއަށް ފަރުވާ ދެމުން ދިޔަ ނަރުހެކެވެ. އޭނާ ރިޕޯޓް ކޮށްފައި ވަނީ އެކުއްޖާގެ އެއްވެސް މައުލޫމާތެއް ކުއްޖާގެ ބެލެނިވެރިން ހާމަނުކުރުމުންނެވެ.

މި މައްސަލާގައި ކުއްޖާ ބަލަމުންދާ މީހާ ކަމުގައިވާ ޓިނާ ޗާވިސް ވަނީ ފަންސާސް ހާސް ޑޮލަރުން ޖޫރިމަނާކޮށްފައެވެ. ޕޮލިހުންނަށް މައުލޫމާތު ދެމުން ދިޔައިރު ތަކުރާރުކޮށް ޗާވިސް ބުނަމުން ދިޔައީ އެއީ އޭނާގެ ދަރިޔެއް ކަމުގައެވެ. އެހެންނަމަވެސް ކުރެވުނު ތަހުލީލު ތަކުގެ އަލީގައި އެ ކުއްޖާއަކީ އެ ޗާވިސްގެ އުފަން ދަރިއެއް ނޫންކަން ވަނީ ސާބިތު ވެފައެވެ. އަދި ކުއްޖާ އެޑަޕްޓް ކުރުމުން ދާކަން ސާބިތު ކޮށްދޭ އެއްވެސް ލިޔެކިޔުމެއްވެސް އޭނާ އަތަކު ނުވެއެވެ.

މި ކުއްޖާ މިހާރު ކުޑަކުދިން ބަލާ ސެންޓަރާއި ހަވާލު ކުރެވިފައި ވާއިރު މި ކުއްޖާގެ އަސްލު މަންމައަކީ 45 އަހަރުގެ އަލައިސް ޓޮޑްއެވެ. މީގެ އަހަރެއް ކުރިން އަލައިސް ޝާވިސްއަށް ދަރި ބަދަލުކޮށްފައި ވަނީ ކާރަކާއެވެ.

މި މައްސަލާގައި އެލައިސް އާއި ޗާލިސްގެ އިތުރުން ޗާލިސްގެ ފިރިމީހ ވިސެންސިއޯ ރޮމޭރޯވެސް ވަނީ ހައްޔަރު ކުރެވިފައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު