އާމްދަނީގެ ގޮތުގައި މަހަކު ބައި މިލިއަނެއްހާ ރުފިޔާ ލިބޭ ދިވެއްސަކު ކައިވެނި ކުރާނެ އަންހެނަކު ހޯދަން އިއުލާންކޮށްފިއެވެ.

ކައިވެނި ކުރާނެ މީހުން ހޯދުމުގެ އިއުލާންތައް އާއްމުކުރާ "ކައިވެނި ޕޭޖް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކައިވެނި ކުރާނެ އަންހެނަކު ހޯދަމުން ދަނީ 63 އަހަރުގެ މާލޭ މީހެއް ކަމަށެވެ.

"މާލޭގައި ދިހަ ބުރީގެ ގެއެއް ހުރެއެވެ. އަޅުގަނޑަކީ ޓްއަރިޒަމް ވިޔަފާރީގައި އުޅޭ މީހެކެވެ. އާމްދަނީގެ ގޮތުގައި ސާފުފައިދާ މަހަކު 450000 ރުފިޔާ ލިބެއެވެ. ކައިވެންޏެއްކޮށް ވަރިވެ ދެކުދިން ތިބެއެވެ." އެޕޯސްޓްގައި އޭނާގެ ތަޢާރަފެއް ދެމުން ބުނެފައި ވެއެވެ.

ކައިވެނި ކުރަން ބޭނުން ވަނީ 38 އަހަރުން ދަށުގެ އަންހެނަކާއި ކަމަށާއި ޝަރުތަކީ ރަނގަޅު ހެޔޮލަފާ ކުއްޖަކަށް ވުން ކަމަށް ޕޯސްޓްގައި ބުނެފައި ވެއެވެ. އިތުރަށް ބުނެފައި ވަނީ ކައިވެންޏެއްކޮށް ދަރިއަކު ލިބިފައި ހުއްޓަސް މައްސަލައެއް ނެތް ކަމަށެވެ.

"ގޭތެރޭގައި އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. ލޫޅާފަތި، ހަށިހެޔޮ ކުއްޖަކަށް އިސްކަން ދެވޭނެއެވެ." ޕޯސްޓްގައި ބުނެފައި ވެއެވެ.

މިޕޯސްޓަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ވަނީ ވައިރަލް ވެފައެވެ.

"ކައިވެނި ޕޭޖް" ގައި ހިންގަމުން ގެންދާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި އެޕޭޖްގައި ކޮށްފައިވާ ޕޯސްޓްތަކުގައި ހުންނަ މައުލޫމާތުތަކަކީ ސައްހަކަން ކަށަވަރު ކޮށްފައިވާ މައުލޫމާތެވެ.

މިޕޭޖް މެދުވެރިކޮށް މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ ހަޔާތުގެ ބައިވެރިން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޓިނު ވަގު

  މިޒަމާނަކީ ދުނިޔެ ދަހިވެތި ކަމުގެ ޒަމާން! ތިޔަ ކާއިވެންޏަށް ސެކަންޑް ލޭޑީ ކުރިމަތިލާނެ ކަމަށް ފެނޭ...

  27
  1
 2. ޓިނު ވަގު

  ދުވަސްކޮޅެއް ފަހުން -/5000 ރުފިޔާ ވެސް ލިބޭނެ...

  64
  1
  • ޔާރާ

   ????

   14
 3. އަބީ ތޮމޭ ޖަވާނުހޫން...

  އަދި ބޭނުން ވަނީ 38 އަހަރުން ދައްދޯ.. އަމައްޔާއް... ??????

  19
  1
 4. ާދެރަކަމެއް

  63 އަހަރުގެ މީހެއް. ބޭނުންވަނީ 38 އަހަރުގެ އަންހެން ކުއްޖެއް. ?

  20
 5. އިންކަމްޓެކްސް

  ވީހާއަވަހައް އިންކަމްޓެކްސް ނަގަންވީ އޭރުން އޭރުން މިލިއަންނަރުންތަށް ފިލާފާނެ!!!

  18
 6. ސޮނިފުހޭ

  ތި އުމުރުގައި އަޅުކަމުގައި ދެމި\ހުރޭ

  • ބަލާބަލަ

   އަޅުކަންކުރާނެ ބައިވެރިއަކު ހޯދަނީއެ

   1
   2
 7. ާަބުޅާ

  ލާރިތައް ޞަދަޤާތް ކޮއްބަލަ???