ބޮލީވުޑުގެ މަޝްހޫރު ބަތަލު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ.

މި ދެ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، އެކުގައި، ސޯނަމްގެ ކޮއްކޮ ރިއާ، އާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލަނީވެސް ވަނީ ރާއްޖެ އައިސްފައެވެ.

ސޯނަމް އާއި ރިއާއަކީ އަށްޑިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި، އަނިލް ކަޕޫރުގެ ތިން ދަރިންގެ ތެރެއިން ދެ ދަރިންނެވެ.

އިއްޔެގެ ވަގުތެއްގައި އެމީހުން ރާއްޖެ އައިސްފައި ވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ. އަތޮޅުގައި އޮންނަ ސޮނެވާފުށީގަ އެވެ. ރާއްޖޭގައި އެމީހުން ހޭދަކުރަން ނިންމާފައި ވަނީ ކިހާ ދުވަހެއްކަން ސާފެއް ނުވެއެވެ.

ކަރަންއަކީ އިންޑިއާގެ ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. ސޯނަމްގެ ފިރިމީހާ އަނަންދަކީ ވެސް ވިޔަފާރިވެރި އެކެވެ.

އިއްޔެ ކަރަންގެ އުފަން ދުވަސް ވެސް ރާއްޖޭގައި ފާހަގަކޮށްފައި ވާއިރު ރިއާ އާއި ކަރަން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު 11 އަހަރަށްވުރެ ދުވަސް ވެއްޖެ އެވެ.

https://www.instagram.com/p/B3Pq0bwFegx/?utm_source=ig_embed&ig_mid=XXz5_gABAAEmO1W1WqXaF0l-3-nq

 

ނީރްޖާ އާއި ސަންޖޫ ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ސޯނަމްގެ ކުރިއަށް އޮތް ފިލްމަކީ "ދަ ޒޯޔާ ފެކްޓާ" އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ދުލްގަރު ސަލްމާންއާއެކު އެވެ.

ކިޔުންތެރިންގެ ހިޔާލު