ގދ. ތިނަދޫގެ ހާޖުބެއްޔާގެ މަހާނަ ހުންނަ ހިސާބަކީ އެރަށުގެ ގިނަ ބަޔަކު ދަންނަ ހިސާބެކެވެ. ތިނަދޫ ދަޑެކޮޑޭ އަވަށުގެ ވަލު ތެރޭގައި މި މީހާގެ މަހާނަ ހުންނަ ކަމަށް އެ މަހާނަ ފެނުނު ގިނަބަޔަކު ބުނެފައި ވެއެވެ.
އެރަށު މީހުން ބުނާގޮތުގައި، ހާޖުބެއްޔާ މަހާނައަކީ މީގެ އެތައް އަހަރެއް ކުރިން އެރަށަށް ލެއްގި އިންސާނެއްގެ ހަށިގަނޑުގެ "އެއްބައި" ވަޅުލާފައި އޮތް ތަނެވެ. އެ ރަށަށް ލެއްގި އެ ހަށިގަނޑު ވަޅުލާ، އެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓަމުންވެސް ދިޔައެވެ.
އެ މީހާއަށް ހާޖުބެއްޔާގެ ނަމުން ނަން ދިނީ ކީއްވެގެންކަމެއް ނޭގެއެވެ. އަދި އެއީ ކޮންތަނަކުން އައި މީހެއް ކަމެއް ބުނަން ނޭގޭ ކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނެފައި ވެއެވެ.
"އެއީ ސީދާ ކާކު ކަމެއް ކޮންތަނަކުން އައި މީހެއްކަމެއް ބުނާކަށް ނޭނގެ. އެ މީހާގެ ހަށިގަނޑު ފެނުނީވެސް ރަށުގެ ކަލޯބެ ނަމަކަށް ކިޔާ މީހަކަށް ކަމަށް ވަނީ".
އެ މައުލޫމާތު ހިއްސާ ކުރި މީހާ ބުނީ، ލައްގާފައި އޮއްވާ ފެނުނު އެ މިހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެ މީހާ ވަޅުލާފައި ވަނީ، އެއީ އޭރު ކަންތައް ކުރަންވީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިގެންނެވެ.
އެހެންވެ އެ މީހާގެ ހަށިގަނޑު މޫދުން ނެގުމަށްފަހު، ވަލު ތެރޭގައި އެ މީހާގެ ހަށިގަނޑު ވަޅުލިއެވެ. އަދި އެތަނުގައި މަހާނައެއް ހަދާ، ބޮލި އެއްޗެހިވެސް އެ މަހާނާގައި ޖެހިއެވެ.
އަދި އޭގެ ފަހުން، އެރަށުގެ ބައެއް މީހުން، ދަރިން ބަލިވުމުންނާއި، އެކި ކަންކަން ދިމާވުމުން، އެ މާހަނަ ކައިރިއަށް ގޮސް ނަދުރެ ބުނެ ކަންކަން ކުރެއެވެ.
"އެ މީހުން ގަބޫލުކުރާގޮތުން އެ ދިމާވާ ކަންކަން ރަނގަޅުވެސް ވޭ. އެހެން ދިމާވާތީ އެ މިހުން ގަބޫލުކުރާގޮތުގައި، އެއީ އާދައިގެ މީހެއް ނޫން"
އެ މީހުން ބުނާގޮތުގައި، އެ މީހުންގެ ނަދުރުތައް ފުއްދޭ އެ މަހާނައަށް ގޮސް މަހާނާގައި ބޮލި ޖަހާ ކަންކަން ކުރުމުން. އެހެން ކިޔާތީ އަޑުއަހަން. އެއީ އެ މަހާނާގެ ބަރަކާތްތެރިކަމުން ވާ ގޮތެއް ކަމަށްވެސް ރަށުގެ ބައެއް މީހުން ބުނޭ".
ނަމަވެސް ފަހުން އައިސް އެކަން ވަނީ ހުއްޓިފައެވެ. އަދި ފަހުން އެ ސަރަހައްދު ނުބަލަހައްޓާ ކަަމަށް ވެއެވެ.
ޝިރުކު އެ ކުރަނީ
ދޮންހިޔަލަ އާއި އެކު އުޅުނު އަލިފުޅު ތޯއްޗެއް އެއީ..
ތިއީ ސީދާ ޝިރުކުގެ އަމަލެެއް..
ބިދުޢަ ތަކާ ހުރާފާތްތައް ފެތުރުން އޭރުގަ އޮންނަނީ
ބޮޑު ޝިރުކު
ޔާ الله މިފަދަ ބޮޑެތި ޝިރުކު ގެ އަމަލު ތަކުން އަޅަމެން
ރައްކާތެރި ކޮއްދެއް ވާންދޭވެ. ބަލިޖައްސަވާ ބައްޔަށް
ޝިފާ ދެއްވުމު ގެ ބާރު ލިބިވޮޑި ގެންވަނީ މަތިވެރި ރައްބު الله އެވެ." މަރުވެފަވާ ގަބުރަކައް ތިބާޔައް ކޮއްދެވޭނީ ކޮން
ކަމެއް ހެއްޔެވެ"
# ބޭން އެމްޑީއެން
މިއީ 1960 ގެ ކުރީގެ ވާހަކައެއް. ދެ ވަނަ ފަހަރަށް އާބާދުވި ފަހުން ހިނގިކަމެއް ނޫން.
ކޮބާ ފޮޓޯ؟
އެމީހާޔަކަށް އެއްކަމެއްވެސް ނުކޮއްދެވޭނެ.
ޝިރުކުގެ އަމަލެއް.
ހާދު ބެއްޔާއެއް ނޫން. ހާޖު ބެއްޔާ.. މިހެން ކިޔަނީ ކުރީޒަމާނުގައި ހައްޖަށް ގޮސްފައި އަންނަ ކޮންމެ މީހެއްގެ ނަމުގެ ކުރިޔަށް ލާނެ އަލް ހާއްޖު... ކުރީޒަމާނު މީހުން ގަބޫލުކުރާގޮތުން ލެއްގި މީހާޔަކީ ހައްޖަށް ގޮސްފައި އަންނަނިކޮށް މަރުވި މީހެއް.. އެހެންވެ ހާޖުބެއްޔާއޭ ކިޔަނީ . ނަދުރު ބުނަނީވެސް މާތް މީހެއް ކަމަށް ބަލާފަ
ތިހަމަށިރުކު