އަހަރުމެންގެ ތެރޭގައި ފަހަކަށް އައިސް ފޯނު ހިފައިގެން ފާހަނާ އަށް ވަންނަ މީހުން ވަރަށް ގިނައެވެ. އަހަރުމެންގެ ތެރެއިން މިހާރު ކިތަށް މީހުން މިކަން ކުރަންތޯ އެއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.

ގިނަ ފަރާތްތަކުން ކިތަންމި ކުޑަ ކަމަކު ފާހަނާއަށް ވަދެލިއަސް ވަންނަނީ ހަމަ ފޯނު ހިފައިގެންނެވެ. އެއީ ކޭއްވެގެންތޯ ގިނަ މީހުން އަންނަނީ ސުވާލު ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ މިކަމަށް ދިރާސާއެއް ހަދަންވެސް ބުނަމުންނެވެ.

ބައެއް ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ފާހަނާއަށް ފޮނު ހިފައިގެން ވަދެއްޖެ ނަމަ އެއްގަޑި އިރު ނޫނީ ދެ ގަޑި އިރު އެބަޔަކު ފާހަނާގައި ހޭދަ ކުރާ ކަމަށެވެ. ގިނަ ފަރާތްތަކުން ފޯނު ހިފައިގެން ފާހަނާ ތަށި މަތީ އިށީނދެލައިގެން އެހާ ގިނަ އިރު ގޭމް ކުޅެން ނުވަތަ ފިލްމް ބަލަންވެސް ތިބެއެވެ.

ފޯނު ނުލާ ފާހަނާއަށް ވަދެވިއްޖެނަމަ ބައެއް ފަރާތްތަކުން ތިބެނީ ކުރާނެ ކަމެއް ނެތިފައެވެ. މިފަދަ ހާލާތް ތަކުގައި ބައެއް ފަރާތްތަކުން ފަހަނާގައި ޖަހާފައިވާ މުށި ގަނޑުތައް ވެސް ގުނައި ހަދައެޗެ. އަދި ބައެއް ފަރާތްތަކުން ޝޭމްޕޫ ފުޅީގެ ލޭބަލްގައި ހުރި އެއްޗެހި ވެސް ކިޔާލަ ކިޔާލަ ތަށި މަތީ ތިބެއެވެ.

މިކަމަކީ އަހަރުމެން ދިވެހިންގެ ތެރޭގައިވެސް ވަރަށް އާއްމު ކަމެއްކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުން އަންނައިރު ތިއީ އެހެން ކަންތައ ކުރާ މީހެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިއްބެ..

    އާން މަވެސް، ހިހިހިހީ

    7
    1
  2. Anonymous

    3 މީހުން

  3. ޕޮލާބެއާ ގެ ބިސް ގެ އުރަ ރޮދި ބޮޑި

    މަ ތައިލް ގުނަނީ