ރާއްޖޭގައި އަރަމުން އަންނަ ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ) ކައިވެނިކޮށްފިއެވެ.
ނެށުމުގެ ދާއިރާއިން ފިލްމީ ދާއިރާއަށް ނުކުތް ދޮން އައްޔަ ކައިވެނިކޮށްފައި ވަނީ މިއަދުއެވެ.
މާލޭގެ ފެމަލީ ކޯޓުގައި މިއަދު ކައިވެނި ކުރުމަށްފަހު، އޭނާ ވަނީ އަނބިމީހާއާއެކު ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާށް ލާފައެެވެ. އެ ފޮޓޯގައި ކައިވެނީގެ ސެޓްފިކެޓްވެސް ހިއްސާކޮށްފައި ވެއެވެ.
އޭނާ ކައިވެނިކޮށްފައި ވަނީ ތ ވިލުފުށީ ހައްވާ ޖިނާ ނަމަކަށް ކިޔާ އަންހެނަކާއެވެ. އެ ދެ މީހުން ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގިނަ ދުވަސްވެގެން އުޅުމަށް ފަހުއެވެ.
ދޮން އައްޔަ ކައިވެނި ކުރުމާއި ގުޅިގެން ގިނަބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔަމުން ދެއެވެ.
އޭނާ ފިލްމީ ދާއިރާއަށް ނުކުމެ ފުރަތަަމަ ފެނިގެން ދިޔައީ ސަޕޯޓިންގ ރޯލްތަކުންނެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އޭނާ ލީޑް ރޯލްތަކުން ފެނި އޭނާގެ ވިދުން ފިިލްމީ ދާއިރާގައި ގަދަވެއްޖެއެވެ. އޭނާ ވަނީ 14 އަށްވުރެ ގިނަ ފިލްމް މިހާތަަނަށް ކުޅެފައެވެ.
އޭނަ އަލަށްތަ؟؟
ތީ ދޮން އައްޔަގެ ދެވަނަ ކައިވެނި
އެއީ ހަމަ ދޮންވީމަ ވާގޮތޭ
ތި މީހުން ކުޅފިލް މެއް ނުދެކެން
އުފާވެރި ދިރިއުޅުމަކަށް އެދެން.
? ކޮބާ ދެން އިރުފާނާ.... ? އައިއޭމް ކޮންފިއުޒްޑް...?
ތިޔަ ވެސް ފިލުމު ކުޅޭ ސޮރެއްތަ؟ އަހުން ނުދެކެން އަދި ތިޔަަ ސޮރުގެ ފިލްމެއް...
ނޯޓީ 40 ނުބަލަން ދޯ
ދޮން އައްޔަ މަރުހަބާ ބާއްޖަވެރި ދަރިފަސް ކޮޅަކަށް އެދެން
ދެން އަޑުައިވޭނީ ދޮންއަލީ ވަރިކުރި ހަބަރު
who cares dude.. in the world hes the only one who is married now.. ?♀️?♀️
ދެން އަހަރުމެންނަކާ ކީކީއް.
އަލަށްތަ?