އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. ޙަސަންދީދީ (އަސްލުނަމެއްނޫން) ނިދާ ކޮޓަރިއަށް ވަނީ ރޭގަނޑު 09 ޖެހިއިރުއެވެ. އާންމުކޮށް އަވަހަށް ނިދާ ފަތިހަށް ހޭލުމުގެ އާދަ ގެންގުޅޭ މީހެކެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އިރުއަރައިގެން ދިޔައިރުވެސް ހަސަންދީދީގެ ހިލަމެއްނުވުމުން އާއިލާ މީހުން އޭނާއަށް ގޮވަން އަވަސްވެގަތެވެ. އާއިލާ މީހުން ކަންބޮޑުވެފައި ތިބެ އެތައް އިރަކު ޙަސަންދީދީގެ ކޮޓަރި ދޮރުގައި ތެޅިއެވެ. އެއްވެސް ޚަބަރެއް ނުވުމުން ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަނެވެ. އޭނާ އޮތީ ހަރަކާތް ހުއްޓިފައެވެ. އެތައްއިރަކު ގޮވުމުންވެސް އެއްވެސް ހަރަކާތެއް ނުކުރިއެވެ. އެ ހިސާބުން އޭނާ އޮތީ ނިދީގައި މަރުވެފައިކަމަށް ނިންމިއެވެ. އާއިލާމީހުން އެ ހިތި ހަޤީޤަތް ޤަބޫލުކޮށް، ޖަނާޒާ ކަންކަން ކުރިއަށް ގެންދިޔައެެވެ. ގދ. އަތޮޅުގެ ރަށެއްގައި، އޭނާ ހިނަވާ ކަފުން ވެސް ކުރިއެވެ.

އޭނާގެ މޫނު ދެއްކުން ވެސް ކުރިއަށް ދިޔައެވެ. ކަށުނަމާދުވެސް ކުރެވުނެވެ. ދެން ގެންދެވުނީ ވަޅުލާށެވެ. ވަޅުލުމަށް ސަހަރާއަށް ގެންގޮސް ވަޅުލުމުގެ ކަންކަން ކުރިއަށްދިޔައިރު، އާއިލާ މީހުންނާއި، ގާތް ތިމާގެ މީހުންވެސް ތިއްބެވެ. އެމީހުންގެ ލޮލުން ކަރުނަ ނުހިކެވެ. އެމީހުން ތިބީ ޙަސަންދީދީގެ ކުއްލި ވަކިވެދިޔުން ޤަބޫލުކުރަން އުނދަގޫވެފައެވެ. ވާނީވެސް އެހެންތާއެވެ. މެދުއުމުރުގެ ޙަސަންދީދީއަކީ ބަލިވެ އުޅުނު މީހެއްނޫނެވެ. ޞިއްޙަތު ސަލާމަތުން ހުރި ފިރިހެނެކެވެ. އެހެނަސް މަރު އައިސް ޖެހުމުން ސިއްހަތު ސަލާމަތުން ހުންނަ މީހާވެސް ޖެހޭނީ ދާށެވެ. ޤަބޫލުކުރަން ދަތިވި ނަމަވެސް އެއީ ދުނިޔެވީ އުސޫލެވެ.

އެތަނުގައި ތިބި މީހުން ހިތާމައިގެ ފުންކަނޑަކަށް ގެނބެމުންދަނިކޮށް، ޙަސަންދީދީ ކުއްލިއަކަށް ސަންދޯކުގެ ތެރެއިން ކޮޅަށް ތެދުވިއެވެ. އެންމެންނަށް ވެސް ލިބުނީ ވަރުގަދަ ސިހުމެކެވެ. ހިތާމަވެރި މޫނުތަކުން ބިރުވެރިކަން ފާޅުވިއެވެ. އެ ސަރަހައްދުގައި ތިބި އެންމެން ބިރުން ފިއްކަޑައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެ މަންޒަރު ދުށް ބައެއް މީހުން ހޭވެސް ނެތުނެވެ.

އެ ސަންދޯކުގެ ތެރެއިން ނުކުތް ޙަސަންދީދީއަށް ލިބުނުު ޚައިރާންކަން ކުޑައެއް ނޫނެވެ. ފުރަތަމަވެސް އޭނާގެ ސުވާލަކަށްވީ ތި ކުރަނީ ކޮން ކަމެއްތޯއެވެ؟ ޖަވާބުގެ ކަލޭ ވަޅުލަން ވަޅުކޮންނަނީއޭވެސް ބަޔަކު ބުންޏެވެ.

އޭނާ ވަރަށް ހައިރާން ވިއެވެ. އާއިލާމީހުންނަށް ލިބުނު ޚައިރާންކަންވެސް ފިލައި، އެމޫނުތަކުން އުފާވެރިކަން ފާޅުވިއެވެ. ވަޅުލުމުގެ ކުރިން ތެދުވިކަމަށްޓަކައި ޝުކުރުކުރާ ހާލުގައެވެ.

މި ވާހަކަ ހިއްސާކުރި ބައެއް މީހުން ބުނިގޮތުގައި، މަރުވި ކަމަށް ނިންމި ޙަސަން ދީދީ ވަރަށް ފަހަކާއި ޖެހެން ދެން ދުނިޔޭގައި ހުއްޓެވެ.

މިފަދަ ހާދިސަތައް ބައެއް ގައުމުތުގައި އާއްމުކޮށް ހިނގައެވެ. އިންޑިއާގައި މިފަދަ ހާދިސާތަކުގެ ވާހަކަ ނޫސްތަކަށް ވަރަށް ގިނައިން އަރައެވެ. ސިއްހީ ހިދުމަތްތެރިންގެ ފަރުވާ ކުޑަކަމުން މިފަދަ ހާދިސާތައް ދިމާވާއިރު، މިގޮތަށް މަރުނުވާ ބައެއް މީހުންގެ ޖަނާޒާގެ ކަންތައް ކުރިއަށްގެންދަނިކޮށް ބައެއް މީހުން ހޭއަރާ ހޮސްޕިޓަލަށް ގެންދާތަނުން މަރުވާ ފަހަރުވެސް އާދެއެވެ. ބައެއް ފަހަރު މިގޮތަށް ގެންދާ މީހުން ސަލާމަތްވާ ފަހަރުވެސް އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޣާލް

    ތީ މަތިނުޖަހާ ހުރި ސަންދޯކެއްބާ

    51
    1
  2. ޝަމްޢާ

    ދެފައިތިލަ ދެ ތަނބިކަށިން އެއްކޮށްވާގޮތަށް އައްސައި ދެއަތް ގުޑާނުލެވޭގޮތަށް ކުރިމައްޗަށް އައްސާފަ އޮންނަ މީހަކު ކިތަންމެ ގަދަފަދަޔަށް ކޮޅަށް ނުތެދުވެވޭނެއެވެ. ކަފުންކޮށް ފަސްތަނުން ބަނދެފައިވާ މީހަކު އެމީހާގެ ސައިޒާ އެއްވަރަށް ހަނިކޮށް ދިގުކޮށް ހަދާފަހުރި ސަންދޯއްތެރެއިން އަރިޔަކަށް އޮއްވާ ، ކޮޅަށް ތެދުވުން ތިޔައީ ވާނޭކަމެއް ނޫނެވެ. ވާހަކަ ޙަޤީޤަތަކަށްވިޔަސް ވާހަކަ ފޮނިކުރުމަށްނަމަވެސް ދޮގު ނުލިޔާށެވެ.

    127
    6
    • އަހަރެން

      ސަންދޯކަށް ލާފައި މައްޔިތާގެ ބަނދެފައިވާ ތަންތަންވމޮހާލާނެ. 5 ތަނުން ބަންނަނީ ކަފުން ހައްޔަރު ކުރުމަށް

      69
      2
    • އަޙްމަދު

      ކކކކކ
      ޖަނާޒާތަ ކުގަ ބަައިވެރިވެ އުޅޭނަމަ ދޯ!

      25
  3. ސުވާ

    ފަސްތަނުން ބަނދެފަ އޮންނައިރު ތެދުވަނީ ކިހިނެތްތަ؟

    14
    29
    • އަހަރެން

      5 ތަނުން ބަނަސް ސަންދޯކަށް ލާފައި މޮހާލާނެ

      53
      1
  4. ނަސިއްޔާ

    މިކަހަލަ ހާދިސާ އެއް މީގެ 40 އަހަރު ކުރިން ނެއްލައިދޫ ގައި ދިމާވި

    27
    1
  5. ހަސަންބެ.

    އެތައް އަހަރެއްކުރީން ވީމާ ތި މައްސަލަޖެހުނީ. ގަބޫލު ނުކުރެވޭނެ. ތިވާނީ ފޫޅުދިގު ހަންޑިކހަލަ ފުލޯކު ވާހަަކިައެއްކަމަށް.

    8
    26
  6. ހުދާ

    ފަސްތަނުން ބަނދެފައިވާ ތަން މޮހާލިޔަސް ތިންކަފުން އޮޅާފައި ހުންނަނީ ވަރަށް ވާންކޮށެވެ. ކުއްލިޔަކަށް ނުތެދުވެވޭނެއެވެ. ޝަމްޢާ އެބުނީ ރަގަޅު ވާހަކައެއް!

    13
    6
  7. މުދިންބެ

    ސަންދޯކައް ލުމަށްފަހު މައްޔިތާ ބަނދެފައިވާ ތަންތަން މޮހާލާނެ.

    21
    3
  8. ކަށްސަނދުވާނި

    މުޅިންފުލޯކު. އެއްވެސް ޒަމާނެއްގާ ވަޅުކޮންނައިރު ސންދޯއް ގަބުރުސްތާނަކު ނުބަހައްޓާ. ސަންދޯއްހުންނާނީ މިސްކިތުގައި. ވަޅުކޮނެ ނިންމާ ހުރިހާކަމެއް ހަމަޖެހުނީމާ ސަންދޯއް ގެންގޮސް ވަޅުލާނީ. ދެން ފަސްތަނުން ބަނދެފައިވާ މީހަކު ، ހޭނެތިފައި އޮވެ ހޭއަރާމިހަކުވެސް ފުންމާގެން ތެދުވެވޭހާބާރެއް ހޭއަރާ ވަގުތަކު ނުހުންނާނެ.

    20
    2
  9. ޢިކުރާމު

    މީގެ ފަހުން ނުބަންނާނީ އަދި އެހާ ބާރައްފޮތި ނޯޅާނީ މި ކަހަލަ ކަމެއް ދިމާވިޔަސް ފަސޭހައިން ސަލާމަތް ވެވޭނެ ގޮތެއް އޮތުން ވަރައްމުހިންމު

    5
    18
  10. ނޯނޯ

    ތިނަދޫ ދޯ

    8
    1
    • ނަން

      ހޯނޑެއްދޫ

  11. ޢދފ

    ތީ ހަމަ އަސްލު މީހާ ނަން އޭނަޔަ ކިޔާ ދެ މަރު ހަސަން އޭ ވެސް

    9
    2
  12. އަހާ

    ޖަނާޒާ ތަކުގަ ބައިވެރި ވާންވީ!

    2
    1
  13. heyaraa

    Bala kalo mennah neyngeytha kulhadhunvantha faraathey vaakan kithn me thaakun ehchey alhaa thay kuriyas ekalaange kulhadhunvantha kamun vaan huri kameh vaane kaley men visnaa allah ah biruvethive thaubaavey kurevunukushah