މަންމަޔަކު އޭނާގެ ދެ އަހަރުވީ ކުޑަ ދަރިފުޅު ދުވަސްވީ ކާރެއްގެ ދަހިވެތިކަމުގައި ބަދަލުކޮށްފިއެވެ.

އެމެރިކާގެ ޖޯޖިއާ ސްޓޭޓްގައި މިދަޔަ އަހަރު ހިނގި މި ހާދިސާގައި އެލިސް ޓޮޑް ނަމަކަށް ކިޔާ 47 އަހަރުގެ އަންހެން މީހެއްގެ މައްޗަށް ތުހުމަތު ކުރަނީ "1992 ޕްލައިމައުތް ލޭޒާ" ކާރެއް ހޯދުމަށް އޭނާގެ ދަރިފުޅާއި އެ ކާރު ބަދަލްކުރި މައްސަލައެވެ.

އެންމެ ފުރަތަމަ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ގައިގެ އެކިތަންތަނުން އަނިޔާގެ ނިޝާން ފެންނަން ހުރި ކުއްޖަކު އެ ސަރަހައްދުގެ މެޑިކަލް ސެންޓަރަކަށް މީހަކު ގެންދިޔުމުންނެވެ. ކުއްޖާ ގޮވައިގެން ސިއްހީ ފަރުވާ ހޯދަން ދިޔައީ އެލިސް ޓޮޑްގެ އަތުން އެ ކުއްޖާ ގަތް ފަރާތް ކަމަށްވާ ޓިނާ ޗާވިސް އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމުން ޓިނާ ވަނީ އޭނާ އަކީ އެ ކުއްޖާގެ މަންމަ ކަމަށް ފުލުހުން ގާތުގައި ބުނެފައެވެ. ޓިނާ އަނެއްކާވެސް އޭނާގެ ވާހަކަ ބަދަލްކޮށްލައި، އޭނާ އަކީ ޔަތީމްޙާނާ އަކުން އެކުއްޖާ ނެގުމަށްފަހު މިހާރު އޭނާގެ ބެލެނިވެރި ފަރާތް ކަމަށް ބުންޏެވެ. ނަމަވެސް ޓިނާގެ ވާހަކަތައް ސާބިތުކޮށްދޭން އޭނާގެ އަތުގައި އެއްވެސް ލިޔެކިޔުމެއްވެސް ނެތެވެ.

ފުލުހުން ވަނީ ޓިނާ އަތުން އެކުއްޖާ ނަގައި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު އޭނާގެ ތިމާގެ މީހެއްގެ ބެލުމުގެ ދަށަށް ކުއްޖާ ގެނެސްފައެވެ. އެ މައްސަލައިގައި އެލިސް ޓޮޑް އާއި ޓިނާ އަދި ޓިނާގެ ބައިވެރިޔާގެ މައްޗަށް ފުލުހުން ވަނީ ދަޢުވާ ކޮށްފައެވެ. އެމީހުންގެ މައްޗަށް ދަޢުވާކުރަނީ ޤާނޫނީ ގޮތުން މަނާކޮށްފައިވާ އެއްޗެއް ވިއްކުން، ކުޑަ ކުއްޖަކު އެއްވެސް ސަބަބަކާނުލާ އަޅާނުލައި ދޫކޮށްލުން، އަދި ކުޑަ ކުއްޖަކު ގަތުމުގެ ކުށުގެ ދަޢުވާތަކެވެ.

އެ 3 މީހުންވެސް މިހާރު ވަނީ ޖަލަށް ލާފައެވެ. ކަފާލާތުގެ ދަށުންވެސް އޭގެން މީހަކު މިނިވަން ވާނީ ކޯޓަށް 50،000 ޑޮލަރު (750،000 ރުފިޔާ) ދެއްކުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު