އިންޑިއާގެ މުމްބާއީގައި އެކްސިޑެންޓެއްގައި މަރުވި ސަލާމް ޖަހާ މީހެއްގެ ގެއިން 1.5 ލައްކަ ރުޕީސް އަށް ވާ ވަރަށް ވަކި ލާރި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ ގެ ބަލައި ފާސްކުރި އިރު އެކި ބޭންކް ތަކުގެ 8.77 ލައްކަ ރުޕީސްގެ ޗެކް އެގޭގައި ހުރި ކަމަށެވެ.

އެކްސިޑެންޓްގައި މަރުވެގެންދިޔަ ބިޖު ޗަންދްރާ އަޒަދްގެ ކޮޓަރި ބަލައި ފާސްކުރަން ދިޔަ ފުލުހުންގެ ބައެއް ފަރާތްތަކުން އެތަނުގައި ފައިސާ ގުނުމަށް ގިނަ އިރުތަކެއް ކޮށްފައިވެއެވެ. އެގޮތުން އެފަރާތުން ބުނީ ވަކި ލާރިން 1.5 ލައްކަ ރުޕީސް މުޅިއަކު ކޮޓަރީގައި ހުރި ކަމަށެވެ.

އޭނާގެ ކޮޓަރި ބަލައި ފާސްކުރަން ވަން ފުލުހުންގެ ބޭފުޅާ ވިދާޅުވީ، ކޮޓަރީގައި އޭނާގެ އައިޑީ ކާޑާއި އިތުރު 2 ކާޑެއް އޮތް ކަމަށާއި ދެން ކޮޓަރީގައި ހުރީ ހުސް ކުނި ކަމަށެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅާއި ކަރުދާސް ހިމެނެއެވެ.

ބިޖު މަރުވެފައިވަނީ އޭނާ ރޭލު ދުއްވާ ސަރަހައްދެއް ހުރަސް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވަނީ މިހާރު މައުލޫމާތު ދީފައެވެ. ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައިވަނީ އޭނާ މަރުވެގެން އޭނާ ކައިރިއަށް އާއިލީ އެއްވެސް ބަޔަކު ޒިޔާރަތް ކޮށްފައި ނުވާތީއެވެ.

ފުލުހުން އަންނަނީ އެކި ބޭންކް ތަކާއި ގުޅިގެން އެ ޗެކްތަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވަކި ލާރިތައް ބިޖުގެ އާއިލީ މީހަކު އައުމުން ހަވާލު ކޮށްދޭން ތައްޔާރަށް ތިބި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.