ޗައިނައިން ބާރުގަދަ ކެމެރާއެއް އުފައްދައިފިއެވެ.

މި ކެމެރާ އަކީ އެތައްހާސް މީހުން ތިބިތަނެއްކަމުގައި ވިޔަސް އެ ހޯދަން ބޭނުންވާ މީހާ ހޯދޭ ފެންވަރުގެ ކެމެރާއެކެވެ.

އެ ގޮތުން މި ކެމެރާއަކީ 500 މެގަޕިކްސަލް ގެ ކެމެރާއެކެވެ. އަދި މި ކެމެރާ އުފައްދާފައިވަނީ ޗައިނާގެ "ފުޑަން ޔުނިވާސިޓީ" ގެ ސައިންޓިސްޓުންތަކެކެވެ. ނަމަވެސް މިއީ މިހާތަނައް އުފެއްދި އެންމެ ރިސޮލިއުޝަން ހައި ކެމެރާއެއް ނޫނެވެ. މި ކެމެރާއައްވުރެ ހައި ކެމެރާ އުފައްދާފައި ހުރިކަން ފާހަގަ ކޮއްލެވެ އެވެ. ނަމަވެސް މި ކެމެރާ އަކީ އެހެން ކެމެރާ ތަކާ އާދަޔާ ހިލާފައް ތަފާތު ކެމެރާއެކެވެ.

މި ކެމެރާ އަކީ މީހުން ދެނެގަތުމައް ނުވަތަ ހޯދުމައް ތައްޔާރު ކުރެވިފައިވާ ކެމެރާ އެކެވެ. އަދި މިހާރު ވަނީ މި ކެމެރާ އޭގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމައް އިތުރައް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

އެގަމުގުގައި މިހާރުދަނީ 170 މިލިއަން ސީ.ސީ.ޓީ.ވީ ކެމެރަ އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ޗައިނާގެ ކޮންމެ 12 މީހަކައް އެއް ކެމެރާއެވެ. މިހާރުވަނީ މި މަސައްކަތް ފަށާފައެވެ.

މިދިޔަ އަހަރުވެސް ޗައިނާއިން ވަނި މިފަދަ އެހެން ކެމެރާއެއް އުފައްދާހައެވެ. އެކެމެރާ އަކީ 50 މީޓަރު ދުރުން ހިނގާފައިދާ މީހާގެ މައުލުމަތު ހޯދޭ ފެންވަރުގެ ކެމެރާއެކެވެ. ނަމަވެސް ެމީހަކު ދެނެގަނެވެނި ހިނގާފައިދާ ގޮތަކުންކަން ޗައިނާގެ ސައިންޓިސްޓުން މައުލޫމާތު ދެއެވެ.

އަދި މީގެ އިތުރުން ޗައިނާއިން ވަނީ "ސްޕައި ބާރޑް" ކިޔާ ޑްރޯން އެއްވެސް އުފައްދާފަ އެވެ. މި ޑްރޯން އަކީ އަގައުމުގައި ބާއްވާ ބޮޑެތި މީޓިން ތަކާ އަދި އެހެނިހެން ހަފްލާތަކުގައި ސެކިއުރިޓީ އެއްގެ ގޮތުގައި ޖައްވުގެ ތެރެއައް ދޫކޮއްލެވިފައިވާ އެއްޗެއްސެވެ. މި ޑްޜޯން އުފެއްދި ސައިންޓީސްޓުން ބުނާގޮތުގައި އޭގައި ހަރަުކުރެވިފައި ވާ ކެމެރާ އަކީ ގިނަ ފީޗާތަކެއް އެކުލެވިގެންވާ ކެމެރާއެއް ކަމުގައެވެ. މި ކެމެރާއަކީ އެ ސަރަހައްދެއްގެ ސެކިއުރިޓީ ބެލެހެއްޓުމައް ތައްޔާރުކުރެވިފައިވާ ކެމެރާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޒާ

  ޗައިނާ ގަދަ.

  18
 2. މޯދީ

  އިންޑިޔާއިން ތިކަހަލަ ޚަބަރު ނޫސްތަކަށް ނުދިނަސްވެސް، ވަރަށް ގަދަ ކަންތައްތައްކުރޭ، !

 3. މޯދީީގެ އައްމަ

  އިންޑިޔާއިން މާގަދަކަންތައްކުރޭ، މިސާލަކަށް، ރާއްޖެކަހަލަ ގައުމުތަކުގަ އުޅޭ ގައުމިއްޔަތެއްނެތް ބުއްޅަބޭމެންކަހަލަ މީހުންގެ ލޯ އުފުރާފަ ކެމެރާ ހަރުކޮށްފަ ހުންނަނީ. މިތާ މަޖިލީހުގަ އުޅޭ މީހެއްގެވެސް ލޯއުފުރާފަ ވަނީ!

 4. އިންޑިއާ

  އަހަރެމެންވެސް މޮޅުކެމެރާއެއް ހަދަމުން މިދަނީ، ރޭޕްކުރާމީހުން ރޭޕްކުރާގޮތުން ދެނެގަނެވޭނެފަދަ ކެމެރާއެއް އެއީ. މިހާރު އިންޓަރނޭޝަނަލް ކަޝަމީރުގަވެސް އެހަރުކުރަން މިއުޅެނީ. އަހަރެމެން އަދި މިރާއްޖެވެސް ހިފާފަ އޭގެކެމެރާ ހަރުކުރަން ޕްލޭންހަދާފަ އޮންނާނީ. ކޮނަ ޗައިނާއެއް. އަހަރުން މާގަދަވާނެ.. މޯދީ މާކީ ޒިންދާބާދު.

 5. ޚައިދަރު

  ބޯހަލާކު... ތީކީ މޮޅު ކަމެއް ނޫނޭ... ތީ ރައްޔިތުންގެ ޒާތީ މިނިވަންކަން ނަގަައިލަން އުފައްދާ އެއްޗިހި. ޚުދުމުހުތާރުކަމުގެ ލާމަސީލު

 6. ޒަމާން

  ތިޔަ ކެ މެރާތައް ޗައިނާއިން އުފައްދަނީ ،ޗައިނާގެ އަޅުވެތި ކަ މުގައި ގެންގުޅޭ އުޔުޣޫރު މުސްލި މުންނަށް ޖާސޫސްކުރަން..