މަސްތުހާލުގައި ހުރި މީހަކު ކިނބޫތަކެއް އޮތް ޕޫލަކަށް ފުންމާލައި ހަނިގޮތަަކަށް ސަލާމަތްވެއްޖެއެެވެ.

ރިސޯޓް ޓައުނެއްކަމަށްވާ ވިކްޓޯރިއަން ރިވާގައި އޮތް ކައިވެނީގެ ހަފްލާއަކަށްފަހު މަސްތުހާލުގައި ހުރި މިލާ ނަމަކަށް ކިޔާ މީހާ ކިނބޫތައް އޮތް ޕޫލަށް ފުންމާލާފައި ވަނީ ނޭގިއެވެ. އެ ޕޫލް ހުރި ސަރަހައްދަކީ ވަނުން މަނާ ސަރަހައްދެކެވެ. އަދި އެގޮތަށް އެތަނުގައި ލިޔެފައިވާއިރު، އެތަނުގައި ފެންސުވެސް ވަނީ ޖަހާފައެވެ.

މިލާ ސަލާމަތް ކުރުމަށް އެ ޕޫލަށް ދެ މީހަކު ވަނީ ފުންމާލާފައެވެ. އޭނާ ސަލާމަތް ކުރެވުނީ އެއީ ނަސީބެކެވެ. އޭނާ އެ ޕޫލު ތެރެއަށް ފުންމާލިތަން ފެނިފައި ވަނީ ގެސްޓުންތަކަކަށެވެ. އެ ގެސްޓުން އައިސް އޭނާ ސަލާމާތްކުރިއިރު، އޭނާގެ އެއް އަތް ނެތެވެ،

ރިޕޯޓްތައް ބުނާގޮތުގައި، އެ ކިނބޫތައް މިލާގެ އަތް ވަނީ ކާލާފައެވެ. އޭނާ އަށް މިހާރުވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެ މީހާގެ މިހާރު ހާލާއި ގުޅޭ މާބޮޑު ތަފްސީލެއް ނެތް ނަމަވެސް، އެ ރިސޯޓުން ވަނީ އެމީހާއަށް އަވަސް ފަރުވާއަަކަށް އެދި ބަޔާނެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު