ސިހުރަކީ ކަނޑައެޅިގެން ދީނުގައި ހާރާމް ކޮށްފައިވާ ކަމެއްކަން ދަނެތިބެވެސް ތަހުޒީބު ނޫން ސިކުނޑިތަކުގެ ވެރިން އަންނަނީ އެ ނުބައި އަމަލުކޮށް އެތައް ބައެއްގެ ދިރިއުޅުން ހަލާކު ކުރަމުންނެވެ. ރޫހާނީ ބާރުތަކުގެ ބޭނުންކޮށްގެން އެެހެން މީހުންގެ އުފާވެރި ދިރިއުޅުންތަކާ ކުޅެލާ މުޅި ދިރިއުޅުން ހިމުން ހިމުން ކޮށްލި ކިތަންމެ ހާދިސާއެއް މި ކުޑަކުޑަ ރާއްޖޭގައި ވެސް ހިނގާފައި ވެއެވެ. އަދި މިހާރުވެސް އެފަދަ ކަންކަން ކުރާ މިހުން މަދެއް ނޫނެވެ.

މިއީ މާލޭގައި ދިރިއުޅެމުންދާ ކުޑަކުޑަ އާއިލާއަކަށް ބައްޕަ ފަރާތު ބޮޑުދައިތަ ސިހުރުގެ ވިހަލައި މުޅި ދިރިއުޅުން ހަލާކުކޮށްލައިފައިވާ ކުއްޖަކު "ވަގުތު" އާއި ހިއްސާކޮށްފައިވާ އޭނާގެ ހަޔާތުގެ ވާހަކައެވެ. އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މި ލިއުމުގައި އޭނާގެ ނަމެއް އަދި ނިސްބަތްވާ ގެއެއްގެ ނަމެއް ހިމަނައިފައެއް ނުވާނެއެވެ.

އޭނާ "ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ބުނީ އެއާއިލާގައި ސިހުރު ހަދަމުން އަންނަނީ އޭނާގެ ބައްޕަ ފަރާތު ބޮޑުދައިތަ ކަމަށެވެ. ބޮޑު ދައިތަ ސިހުރުހަދަމުން ދަނީ އޭނާގެ މާމަގެ ފޮތްތައް ބަލައިގެން ކަމަށް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ހަނދާން ހުންނަ ހިސާބުން ފެށިގެން އޭނާގަ ބޮޑުދައިތަ އަންނަނީ އެ ނުބައި އަމަލު ހިންގަމުންނެވެ. އަދި އޭނާއާއި އެ އާއިލާގެ އެހެން ކުދިންގެ ހިތުގައި މަންމައާމެދު ނަފުރަތު އުފެއްދުމަށް ބޮޑުދައިތަ އެކި ވާހަކަތައް ދައްކަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އޭނާގެ މަންމަ ކޮށްފައި ނުވާކަންކަމަށް ދާންދެއް ބޮލުގައި އަޅުވައިފައިވާކަމަށް އޭނާ ބުންޏެވެ.

"އަހަރެން ހަނދާން ހުންނަ ހިސާބުން ފެށިގެން ބޮޑު ދައިތަ އަންނަނީ އަހަރުމެންގެ އާއިލާއަށް ސިހުރު ހަދަމުން. މަންމަ ކުރާ ނަފުރަތެއްގެ ބޮޑުކަމުން ކުރަން ފެށި ކަމެއް. އަހަރެން ހަނދާންވޭ ކުޑަ އިރުވެސް މަންމައޭ ކިޔައިގެން ދައްކާ ވާހަކަ. އަހަރެން ކައިރީ އެމީހުން ބުނޭ މަންމަ އުޅެނީ ހަޑިކޮށްށޭ. އެހެން ފިރިހެނުން ކައިރިއަށް ދެޔޭ. އެކަމުގެ ސަބަބުން އަހަރެން މަންމަ ދެކެ ފޫހިވާން ފެށި" އޭނާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ފުރަތަމަ އާއިލާގެ ހުރިހައި ކަމެއްގައި އެހީތެރިވަމުން ދިޔަ އޭނާގެ ބައްޕަވެސް ފަހުން އެއާއިލާއިން ދައްކާ ވާހަަކަތަކަށް ބީރު ކަންފަތެއް ދޭން ފެށިއެވެ. އެއަށްފަހު އޭނާގެ ބައްޕަވެސް ގަބޫލު ކުރަމުން ދިޔައީ ބައްޕަ ފަރާތު އާއިލާއިން ދައްކަމުން ދިޔަ މަންމަގެ ނުރަނގަޅު އެހެން ނަމަވެސް ހަގީގަތެއް ނެތް ވާހަަކަތައް ކަމަށް އޭނާ ކިޔައިދިނެވެ.

އެންމެ ފުރަތަމަ ވަގަށް ހަދަންފެށި ސިހުރު މިހާރު ހަދަމުންދަނީ މުޅިި އާއިލާ އަށް އެކަން އެނގި ތިބެ ކަމަށާއި އެހެން ނަމަވެސް އެ އާއިލާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް އޭނާ ކިޔައިދިނެވެ.

"އެންމެ ފުރަތަމަ ސިހުރު ހަދަން ފެށީ އަހަރުމެން އެންމެނަށް ވަގަށް. އެކަމަކު މިހާރު އެކަން ކުރަމުން އަންނަނީ އަހަރުމެން އެންމެނަށް އެނގިގެން. ގޭތެރޭގައި ސިހުރަށް ކިޔަވާ އަޑު އިވޭ. ގޭގެ ތަންތަން ކޮނެގެން މިނިކަށި ނަގާތަން ފެނޭ. މަންމަ ގަޔަށް ފާޑުފާޑު ފެނާ، މަހާނަ މަތިން ނަގާފައި ހުންނަ ދޮންވެލި އަޅާތަން ފެނޭ. އެކަމުވެސް އަހަރުމެންނަށް ކުރެވޭނެ އެއް ކަމެއް ވެސް ނެތް" އޭނާ ކިޔައިދިނެވެ.

އެނާ ކިޔައިދިން ގޮތުގައި އެ ސިހުރުތައް ހެދުމުން ގެޔަށް ވަންނަން ފޫހިވެއެވެ. އެ ސިހުރުތަކުގެ ސަބަބުން އޭނާގެ މަންމަގެ ހޭވެރިކަން ދާ އެތައް ފަހަރެއް ކުރިމަތިވެއްޖެއެވެ.

"މަންމަ އަށް ކިޔަވާ އެއްޗެއް ކިޔާފަ ދިއުމުން އަހަރުމެން ގެއަށް ވަނަސް ފާޑެއްގެ ފޫއްސެއް ވަނީ. މަންމަ ބޯއަނބުރައިގެން ވެއްޓޭނެ ކިތަންމެ ފަހަރަކު." އޭނާ ބުންޏެވެ.

އެކަން ހުއްޓުވުމަށް އެތައް މަސައްކަތެއް މިހާތަނަށް ކޮށްފައިވާކަމަށާއި އޭނާގެ ބައްޕަ އަކީ ސިފައިން ގޭގައި އިސް މަގާމެއް އަދާ ކުރަމުންދާ މީހެއް ކަމުން މަންމަ އަކަށް ބައްޕަގެ އަގު ވެއްޓޭފަދަ ވާހަކައެއް ދައްކަން ނުކެރޭ ކަމަށާއި، މަންމަގެ އުމުރުން 18 އަހަރު ނުފުރޭ 3 ކުދިން ތިބިކަމަށް އޭނާ ބުންޏެވެ. އަަދި ބައްޕަ އަށް ކިތަންމެ ރަނގަޅު މުސާރައެއް ލިބުނުކަމުގައި ވީނަމަވެސް އޭނާގެ ބައްޕަގެ ފަރާތުން މަންމައަށް އެއްވެސް މާލީ އެހީތެރިކަމެއްވެސް ނުލިބޭކަން އޭނާ ފާހަގަކުރިއެވެ.

އަދި އެތައް ފަހަރެއްގެ މަތިން ފުލުހުންގެ އެހީތެރިކަމަށްވެސް އެދިފައިވާނޭ ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ ފަރާތުންވެސް އެންމެ އެދެވޭ ފިޔަވަޅެއް އެކަމާ މެދު އަޅައިފައި ނުވާކަމަށް އޭނާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. Anonymous

    ރުގްޔާ ކުރަން ފެނޭ. ޢެހީތެރިކަން ދެވިދާނެ އިންޝާﷲ.

    230
    3
  2. ށިހުރު

    ތީބޮޑުދާތައެއްނޫން ސައިތާނެއް ތިކަމާކުރިމަތިލުމަކީ ތިކުދހިންގެ ވާޖިބެއް ތިކުދިންގެ މަންމަ ސަލާމަތް ކުރޭ ތިކުދިންގެ ޒިންމާ އަދާކުރުން ބުއްދިވެރި

    244
    1
  3. ކކކކ

    ސިހުރުން ރައްކާތެރި ވެވޭނެ ގޮތް ސާފު ކޮަށް ވަނީ އަންގަވާފަ. ހަމަ ކަށަވަރުން މާތް ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ.

    234
    2
  4. ފަނަސް

    ގިނަގިނައިން ބަޤަރާ ސޫރަތް ކިޔަވާ އަޑުއަހާ ހަދާ ﷲ ރަޙްމަތްލައްވާނެ

    227
    1
  5. އަބްދުއްރަޝީދު

    ސިހުރު ހެދުމަކީ އެންމެ ބޮޑެތިފާފަ ތަކުގެ ތެރެއިން ފާފައެއް، ސިހުރު ހެދުމުގެ ނުބައި ކަމުގެ ވާހަކަ ޤުރްއާނުގެ އެތަށް ތަނެއްގައި އައިސްފައިވޭ. ދެން އެކަމުން ސަލާމަތްވާން އޮތީ އެންމެ މަގެއް. އެއީ ހިތުގެ އެންމެ ޙާލިސް ކަމާއެކު ﷲ އަށް ވަކީލު ކުރުމަށް ފަހު ދަންނަވަންވީ ކޮންމެ ނަމާދަކަށްފަހު އެކަމުން ސަލާމަތް ވުމަށް. އަދި ހެނދުނާއި ހަވީރުގެ ޒިކުރު ގަވާއިދުން ކިޔަންވީ. ސިހުރުވެރިޔާ މެދު ދެކޭ ގޮތްބަދަލް ކޮށް އޭނާއަށް އެއްޗެހި ކިއުމުގެ ގޮތުން އަޑުލައި ނަހަދަންވީ.. ފާފަތަކުން އެއްކިބާވެ އަބަދުވެސް ސާފް ތާހިރު ކަންމަތީ ހުރުން މުހިންމު. ސިހުރު ހަދައިފިނަމަ އެމީހަކީ ކާފަރެއް. ނަޖިސް މީހެއް. އޭނާ އެކުރި ކަންކަމުން އަނިޔާ ލިބުނު މީހުންނަށް ވުރެން ގަދަ ވޭނުގައި އުޅެފައި ނޫނީ އޭނާ ދުނިޔެ ދޫނުކުރާނެ. ޖިންނީންވެސް ހެއްދެވީ ﷲ އެއީވެސް އަޖަލު ކަނޑައެޅިގެން އިންސާނުން މަރުވާ ފަދައިން މަރުވާ އެއްޗެއް. ދިވެހި ސިހުރުވެރިން ބަލި އެނދުގައި އެކަނި އަޅާލާނެ ފަރާތެއްނެތި ފުރާނަ ހުރެ ކަށިގަނޑު އެކި ތަންތަން ކުނިވެ ފުޅައަޅައި، މިނޫންވެސަ ތަފާފު ބޮޑެތި ބަލިތަކުގައި ގިނަދުވަސްތަކެއް ވޭތުކޮށް ދުނިޔެ ދޫކޮށްފައި ވާކަން އެނގޭ ބަޔަކު ޔަގީނުންވެސް ތިބޭނެ. އަނެއް ކޮޅުން ކަށްވަޅު އެއީ އޭނާ ކުރި އަމަލު އައިސް އިތުރު ވޭންދޭނެ ތަނެއް ނުވަތަ އުފާ ދޭނެ ތަނެއް. ސިހުރު ވެރިޔާގެ އަދަބަކީ އެކަން ޝަރީއަތަށް ސާބިތު ވެއްޖެ ނަމަ ބޯކަނޑާލަން ޖެހޭމީހެއް.(އިސްލާމީ ޝަރީއަތް) ދެ ދުނިޔޭގައި ވެސް އަދަބު ބޮޑު ކަމެއް.

    164
    1
  6. މުހަންމަދު

    ތިޔައާއިލާއައް އެ ނުބައި ނީހުންގެ ޝިރުކުގެ އަމަލުން ސަލާމަތްކަން ދެއްވައި އެމީހުންގެ ސަބަބުން ގެއްލިގެންގޮސްފައިވާ އެންމެހާ އުފާވެރިކަމަކާއި ބަރަކާތާއި ތަނަވަސްކަން އަނބުރައި މިންވަރުކުރައްވާށި. އަދި އެމީހުން ހެދި ސިހުރުތައް އެމީހުންނާއި ދިމާލައް އަނބުރުއްވައި އެމީހުންނައް ހައްގު އަދަބު ދުނިޔެމަތީގައްޔާއި އާޚިރަތުގައި ދެއްވާށި. އަދި ތިބާގެ މަންމައައް އުފުލަންޖެހުނު އެންމެހައިވޭނަކާއި ހިތިކަމަކުގެ ބަދަލުގައި މަތިވެރިވެގެންވާ ހެޔޮް ޖަޒާ ދެއްވަވާށި. އަދި އެންމެހައި ސިހުރަކުން ތިބާމެންނާއި ތިބާގެ މަންމައާއި ތިބާގެ ގެދޮރާއި އަދި އެންމެހާ ހައްގުތައް މިންޖުކުރައްވައި ދެދުނިޔޭގެ ބާއްޖަވެރިކަމާއި ބަރަކާތާއި އުފާވެރިކަމާއި ތަނަވަސްކަމާއި ދުޅަހެޔޮކަން އަނބުރައި ރައްދުކުރައްވާށި. އާމީން.

    166
    4
  7. މިތުރު

    ކޮއިފުޅާ، މާޔޫސްނުވޭ.. މަތިވެރި ﷲ ވޮޑިގެންވޭ.. ކޮންމެ ނަމާދެއްގެފަހުގައި ގިނަގިނައިން ﷲ އަށް ދުޢާކުރޭ.. ތިޔަކަމުން ސަލާމަތްކޮށްދެއްވުމަށް ދަންނަވާ.. އަދި ގޭގައި ގިނައިން ޤުރުއާން ކިޔެވުމާއި، ޤުރުއާން ޖެހުން ރަނގަޅު.. އަދި ހެނދުނާއި ހަވީރުގެ ޛިކްރުތައް ކިޔަވާ.. އިންޝާﷲ، ތިޔަފަދަ ކަންކަމުން ސަލާމަތްވެގެންދާނެ..

    141
    1
  8. މާމިގިލީ މީހާ

    ސިހުރު ނުޖެހޭނެ ގޮތެއް ބުނެފާނެން، ތިއާއިލާ އެންމެންނައް ކިޔާ ނަން ބަދަލު ކުރޭ. އޭރުން ނުޖެހޭނެ އެއްވެސް ސިހުރެއް.ހަދާފަހުރި ސިހުރެއް ވިޔަސް ބާތިލުވާނެ. ސަރުކާރުން ސިހުރު ހަދާ މީހުންގެ ފޮތްތައް އަތުލާ ނައްތާލާން ވެއްޖެއެއްނޮއް. މަސްތުވާތަކެއްޗައް ވުރެ މިކަން ބޮޑުވެއްޖެ އެއްނޮއް. .

    109
    10
    • Anonymous

      އަސްލު ވާހަކަ އެއްތަ؟ އަސްލަކަށް ވެއްޖިއްޔާ ސިހުރު ހަދާ މީހާ އަށް އެ ނަން އެގުނަސް ރަގަޅު ވާނެތަ؟ އަޅުގަނޑަށް ނޭގޭތީ އަހާލީ.

      53
  9. ދފފ

    ސިފައިންގެ އިސް މަގާމެއް ނޯންނާނެ. ކިޔާދީ ފަޅައަރުވާލާ.

    115
    1
  10. ވާހަކަ

    ހަޤީޤީ ވާހަކަ..ތިފަދަ އާއިލާއެއް މާލޭން އުތުރު ރަށެއްގަވެސް ދިރިއުޅޭ..ބައްޕަޔާ ދަރިން ދުރުނުކުރެވިގެން މީހަކު ނުވަތަ ބަޔަކު މޮޔަވަނީ.. އާއިލީ ވިޔަފާރިއެއް ބަގުރޫޓް ކޮށްނުލެވިގެން އެ ކުރާމީހަކު ނުވަތަ ބަޔަކުކުރަނީ.. ހެޔޮނުވާނެދޯ ބަޔަކަށް އެވަރުކުރާކަށް..ﷲ ހުރިހާ ކަމެއް މޮޅައް ދެނެވޮޑިގެންވޭ.. މާތްﷲ އަށް ބިރުވެތިވެ ތައުބާވޭ..ބަޔަކަށް ދެރައެއްދީފަ ވަކި މޮޅަކު ނޫޅުވޭނެ..ޤިޔާމަތްދުވަސް މަތިންވެސް ހަދާން ނުވާބައެއްދޯ މި ސިހުރު ކުޅީގަ މިއުޅެނީ.. ކީކޭދޯ ބުނާނީ!!

    95
  11. ސޮބާ

    ތި މަށްސަލަ ވީހާވެސް އަވަހަކަށް ކަމާބެހޭފަރާތްތަކުން ބަލާ ތަހްގީގްކުރުމަށް ގޮވާލަނަް. ކުށެއްނެއް އެތަށް ބަަޔަކަށް އެދަނީ ގެއްލުންވަމުން. ރާއްޖޭގެ ހާޖިރީ ސިޔާސަތު ދަނީ ދުވަހަކުން ދުވަހަކަށް ވެއްޓެމުން. ޕޮލިހުން އުލެނީ ކޮންމެސް އެހެންކަމަކާ.

    72
    1
  12. އޯގާ

    ފަރުޟު 5ސް ނަމާދު ބަރާބަރަށް އަދާކުރަމުން ނޫހު ސޫރަތް މަދުވެގެން ދުވާލަކު 1 ފަހަރު ކިޔަވާ. ފުރަތަމަ 3 ދުވަހު މާނައަށް ބަލައިގެން. ސިހުރު ހެދިމީހަކަށް އަނބުރާ ގޮސް ޖެހިދަނެ އންޝާ ﷲ. ތަޖުރިބާ ކޮށްފަ މިނަންގަތީ.

    98
    2
  13. އައްޑެ

    ފަރުޟު ފަސްނަމާދަށް ރައްކާތެރިވޭ، ހެނދުނާއި ހަވީރުގެ ޡިކުރު ކިޔާ، ގުރުއާން ކިޔެވުން ގިނަކުރޭ. ﷲތަޢާލާ އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލޭވަރުގެ ބުރަކަމެއް ނުޖައްސަވާނެ.

    99
  14. ހެޔޮއެދޭ

    ޢަމަލުތަށް އިސްލާހު ކުރޭ ޡިކުރުކުރުން(ﷲ ތަޢާލާ މަތިން ހަނދުމަކުރުން) ގިނަކުރޭ، ﷲއަށް ވަކީލުކޮށް ގިނަގިނައިން ތައުބާ ވޭ.

    74
  15. ވާނުވާ

    ވާނުވާއެއް ނޭނގުނު މިއަކުން

    24
    36
  16. ރިޟާ

    ތިޔަފަދަ މީހެއްގެ ނަން ހާމަނުކުރަންވީ ސަބަބެއްތެތް ނަމާ ގުޅޭނެ ނަންބަރާ އެޑްރެސް ހުރިހާ މީހުންނަށް ބަހަންވީ،

    74
  17. އެ ކުއްޖާ

    އަ\ހަންނަކަށް އެއްގޮތަކަށްވެސް ނެޭގެ ކިިީއްވެ ކަމެއް ބައެއްފަހަރު ތަފާތު ކަންތައް ފެންނަނީ ﷲ ދެނެވޮޑިގެންވާނީ ދަންނަ މީހަކުވެސް ފެނިދާނެ އަލިކޮޅެއް ނޫނީ ޖަނަވަަާރެއްފަދަ އެއް ޗެއްވެސް ފެނިދާނެ ދެންކުއްލިއަކަށް ގެއްލިދާނެ ހަގިީގަތެއް ނޫންކަން އެގޭއިރަށް އަވަހަށް ގުރްއާން ކިޔަވަން ފަށްޓަނީ އޭރުން ހިތްހަމަޖެހި ބިރުވެރިކަން ފިލައި ގެންދޭ . ބައްޔެއް ކަމަށްވިޔަސް ޖިންނިއެއްކަމަށްވިޔަސް ސަލާމަތް ކޮށް ޝިފާ ދެއްވަނީ ﷲ އަހަރެން އަބަދުވެސް ﷲ އަށް ވަކީލު ކުރަން އެއީ އެންމެ ހެޔޮ ބަލަދުވެރިޔާ މީހެއްގެ ސަބަބުން ދިމަަަާވާ ކަމަކަށްވިޔަސް ޖިންނި އެއްކަމަށްވިޔަސް އެއެއްޗެއް ﷲ ހިއްޕަވައި އުގޫބާތް ދެއްވުމަށް ދަންނަވަން ޙަސްބިޔައްﷲ

    40
  18. ހުސޭނުބޭ

    ކޮއްކޯ ކޮންމެ ދުވަހަކު ގޭގައި ބަޤަރާ ސޫރަތް ކިޔަވާ! ހަމަ ކޮންމެ ދުވަހަކު ކިޔަވާތި! އިރާދަކުރެއްވިއްޔާ ތި ނުލަފާ ބޮޑުދައިތަ ހަދާފައިވާ އެއްވެސް ސިހުރެއްގެ އަސަރެއް ނުކުރާނެ!

    51
  19. މަހުދީ

    ސިހުރުހަދާމީހުންނަށް އޮންނަނީ އެންމެ ހުކުމެއް. ގަތުލު ކުރުން. ސިހުރުހަދާމީހުންނަކީ ނަރަކައިގެ އެންމެ އަދީގައި ތާއަބަދަށް ދެމިތިބޭ ބައެއް.

    42
    2
  20. ދެކޮޅު ބަލަން ޖެހޭ

    އެއްޗެއް ބުނުމުގެ ކުރިން ކަމުގެ ދެކޮޅު ބަލަން ޖެހެ އެވެ. ބައެއް ފަހަރު ޙަސަދަވެރި ކަމުގެ ސަބަބުން ކުށްހީ ކުރެވެ އެވެ. އަދި ފާހިޝް ކަންކަމަށް އާދަވެފައި ތިބުމުގެ ސަބަބުން ޖެހޭ ކަންކަން، އެހެން މީހުންގެ ބޮލަށްޖަހާ ފަހަރު މަދެއް ނޫނެވެ. މިލިޔުމުގައި ވަނީ، އެއްފަރާތުގެ ވާހަކައެވެ.

    13
    29
  21. ާއާނދޮގެ

    ޢަނެއް ފަރާތުގެ ބަސްލިބޭނެބާ؟؟؟ އެއީދޮގު ވާހަކައެއް ކަމުގަ ވާނަމަ އަނެއް ފަރާތުގެ ބަސްވެސް ލިބޭނެ ﷲ އީ ވޮގެންވާ ރަސްކަލާންގެ

    21
    2
  22. ފާތުން

    އެއްފަރާތުގެ ވާހަކަ އަޑުއަހާފަ އެއީ ތެދުކަންދޭހަވާގޮތަށް ގެނެސް ދިނުމުން ކަމަކުނުދޭ ދެފާރާތުގެ އަޑުވެސް އަހާލުން އިންސާފުވެރި ވެވޭނީ.

    8
    9
  23. ރައްޔިތުމީހާ.

    ސިހުރުހަދާމީހާގެ ހައްދަކީ މަރު

    23
    1
  24. ޒީ

    ރުޤްޔާ އަޅުގަނޑުވެސް ކުރިން ވަރަށް ރަގަޅު!
    ސިފާވަނީ ﷲގެ ބަސްފުޅުގަ ލައްވަވާފަ އެއީ ކީރިތި ޤުރުޢާން.

    17
  25. ahmed

    ސަދަގާތް ދިނުން ވަރަށް މުހިއްމު

    12
  26. ނަހުލާ

    ސިހުރަކީ ކުށަކަށްވާއިރު ކީއްވެ ޕޮލިހަށް ރިޕޯޓު ނުކުރަނީ؟ އަމިއްލަ މަންމައަށް އެހެން މީހަކު ގޮތްގޮތް ހަދާލާއިރު ކީއްވެ އަޅާނުލާ ތިހުންނަނީ.

    20
    1
  27. ޙަސަންއ

    ޜީތި ވާހަކަ އެއް

    6
    1
  28. ރައްޔިތުން

    ތިޔަކަމުން އަރައިގަނެވިދާނެ

  29. ޙަނު

    ޙުސް ފުލޯކު

    3
    7
  30. ޢަފީ

    ކިތައް އާއިލާ މިވަބާގަ ހަލާކު ވެގެންދަނީ،ﷲއަޅަމެން ސިޙުރުގެ ވަބާއިން ސަަލާމަތް ކުރައްވާފާންދޭވެ.

    10
    1
  31. ޜިސާޗަރ

    އިސްމަގާމު ތަކުގަ އުޅޭގިނަމީހުންގެ ދިރިއުޅުން މިކަހަލަ ގޮތަކަށް ހުންނާ ނީ.
    މާބޮޑު ތައުލީމެއްނެތި އިސްމަގާމްތައް ލިބުމާ . އަދި ދީނާ ދުރުވުމުގެ ނަތީޖާ ކަމަށް ލަފާކުރެވނީ... މީހަކާ އިނދެ ވަރި ނުކުރާމީހަކު . މަދުވާނެ އެމީހުންގެ . ތެރޭގަ.... މިކަމަށް . ރިސާޗެއް . ހަދަން ފެނޭ

    3
    1
  32. ޙާމިދު

    ދަމު ނަމާދު ކޮށް މެދުނުކެނޑި ދުޢާކުރޭ. އަދި ގިނަގިނައިން އިސްތިޣުފާރު ކުރޭ. ޙަމައެއާއެކު ބަޤަރާސޫރަތް ކޮންމެ ރެޔަކު ގޭގަ ކިޔަވާ. ހުރިހާ ކަމަކަށްވެސް ﷲ ފުދޭ. ދުނިޔެއަކީ މީ އިމްތިހާނެއް. ސުވަރުގެ ވަދެވެނީ މަންމަގެ ފައިތިލަ ދަށުން. ވީމާ މަންމަ ސަލާމަތް ކުރަން ތިބާ ހައްގު ގޮތުގަ ޖިހާދު ކުރޭ.

    3
    1
  33. މުނިޔާ

    ސިހުރެއް ނުޖެހޭނެ. ބޯގަޅި ވާހަކަ

    1
    1
  34. އައްޔައައްޔަ

    މުސްލިމެއް ފަހުން ގޮތެއް ހުހެއްނުވާނެ ޓުރަސްޓް ﷲ

  35. މޖ

    ސިހުރު ހަދާމީހާގެ ގަޔައް ބަގަރާ ކިޔަވާފަ މޫދު ލޮނުޖަހާބަލަ

  36. މޯޱު

    ސިހުރު ހަދާ މީހާ ގަޔަށް ބަގަރާ ކިޔަވާފަ މޫދު ލޮނުއެއްޗެއް ޖަހާބަލަ