ރަޝިޔާގެ ޔަކުޓިއާ ސަރަހައްދަކީ ދުނިޔޭގެ އެންމެ ފިނިގަދަ ރަށް އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އޮންނަ އޮއިމްޔަކޮން ނަމަކަށްކިޔާ ރަށަކީ 1933 ވަނަ އަހަރުގައި ދުނިޔޭގެ އެންމެ ފިނިގަދަ ރަށްކަމުގައި ކަނޑައެޅިގެންދިޔަ ރަށެވެ.

500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެ ރަށަކީ އާކްޓިކް ސާކަލް ނަމަކަށްކިޔާ ސަރަހައްދެއްގެ ތެރޭގައި އޮންނަ ރަށެކެވެ. 1933 ވަނަ އަހަރު ދުނިޔޭގެ އެންމެ ފިނިގަދަ ރަށުގެ ގޮތުގައި އެ ރަށް ކަނޑައެޅިގެންދިޔައީ އެ ރަށުގެ ފިނިހޫނުމިން މައިނަސް 90 ޑިގްރީ ސެލްސިއަސްއަށް ވެއްޓިގެން ދިޔުމާއިއެކުގައެވެ.

އެ ރަށަކީ އާންމުކޮށް ފިނިމޫސުމުގައި މައިނަސް 58 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ވެއްޓޭ ރަށެކެވެ. އަދި އެ ރަށުގައި ދުވަހުގެ 21 ގަޑިއިރު ހޭދަކުރަނީ ކަނު އަދިރީގައެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އާންމުންނަކީ ފިނި މޫސުމަށްޓަކައި ކާރުތަކުގެ ހީޓަރުތައް ރިމޯޓުން އޮން ކުރުމަށްފަހު ކާރަށް އަރަން އާދަކޮށްފައިވާ ބައެކެވެ. އެހެންނަމަވެސް އޮއިމްޔަކޮންގެ ރައްޔިތުންނަކީ އެމީހުންގެ ކާރުތަކުގެ ބެޓަރީތަކަށް ފިނިވުމުގެ ސަބަބުން މައްސަލައެއް ކުރިމަތިވެދާނެތީ ކާރުތައް ވީހާވެސް ނުނިއްވައި ވޭތޯ ބަލާ ބައެކެވެ.

އޭގެ ފަހުންވެސް 2013 ވަނަ އަހަރު އެ ރަށުގެ ދިނިހޫނުމިން ވަނީ މައިނަސް 98 ޑިގްރީއަށް ވެއްޓިފައެވެ. އެހެންނަމަވެސް އެއީ އެރަށުގެ އާންމުންނަށް ވަރަށް އާންމު ކަމެކެވެ. އެ ފިނީގައިވެސް އެރަށުގެ މަސް މާރުކޭޓުތައް ހުޅުވާފައި ހުރިއިރު އެރަށުގެ ރައްޔިތުން ބައިސްކަލް ދުއްވަން ދިޔުމުގެ އިތުރުން މޫދަށް އެރެންވެސް ދާކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢައިޝާ

  މައިނަސްގަ ފިނިމިން ހުރިއޔާ މޫދު ހުންނާނީ ގަނޑުވެފަނުން ކިހިނެއް އެރޭނީ؟

  • ޖިންނި

   މައިނަސްގަ ފެން ހުރިޔާ އެ ހުނާނީ ދިޔާ ކޮށް. ފެނަކީ ޒީރޯގަ ގަނޑުވުމަށްފު އިތުރަށް ޓެންޕަރޭޗަރ ދަށްވުމުން ދިޔާވާ އެއްޗެއް. މާތްރަސްކަލާންގެ ފެނަނަށްވަނީ ޙައްސަ ސިފަތަކެއް ދެއްވާފައެ. . ގަނޑުވެފައި އޮންނަ މޫދުގެ އަޑީގައި ހުންނަ ފެން ދިޔާކޮށްހުރުމުން މަސްތައްމަރުވެ އުޅެވޭ. މާތް ﷲ ގެ ކުޅަދުންވަންތަކަން.

 2. ނުރަބޯ

  އޮއިމްޔަކޮން ގައި މުސްލިމުންވެސް އުޅޭ މިސްކިތްވެސް ހުރޭ އެމިސްކިތްތަކަށް މުސްލިމުންގޮސް ނަމާދުކޮށްއުޅޭ. އެރަށުގެ ރައްޔިތުން އުޅެނީ ކަނުއަނދިރިއަކުވެސް ނޫން. ކާރުވެސް ގަރާޖަށްނުލައި ބޭރުގައި ބާއްވަންޏާ ސްޓާޓްކޮށްފައި ބާއްވަނީ. މަގު ތައްވެސް ހަދާ ޓްރެފިކްލައިޓް ތައްވެސް ހަރުކޮށްފަ ހުންނަނީ. ނެޓުން ބަލާލާ. އެހެންނަމަވެސް ލިޔުމުގައިވާހެން އެ ރަށަކީ މުޅިދުނިޔެއިންވެސް މީހުން ދިރިއުޅޭ އެންމެ ފިނިގަދަ ރަށް......!!!