އަންހެނަކު ބިރުން ފިއްކަނޑައިގެން ދިޔައީ، އޭނާގެ ގޭގެ ފާހަނަ ތެރެއިން ބޮޑު ދެ ހަރުފަ ފެނިގެންނެވެ. އޮސްޓްރޭލިއާގެ ސިޓީއަކަށް ނިސްބަތްވާ ނިކޯލް އެއްރޭ ބުނީ، މިދިޔަ ހުކުރު ދުވަހު އޭނާ މަސައްކަތުގައި އުޅުމަށްފަހު ގެއަށް އައިސް ފާހަނައަށް ވަނުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ތަށި ތެރޭގައި އޮތް "ކަޅު އެތި" ފެނިގެން ކަމަށެވެ.

ނިކޯލް ބުނީ، އެއީ ހަރުފައެއް ކަން އޭނާއަށް އެނގުނު ކަމަށާއި، ވަގުތުން، ކަރިރިންސްގެ ސްނޭކް ރިމޫވަލްސްއަށް ގުޅާ އެ މައުލޫމާތު ހިއްސާ ކުރި ކަަމަށެވެ. އަދި އެތަނުގެ މީހުން އައިސް އެ ހަރުފަ ގެންގޮސްފިއެވެ.

އޭނާ ބުނީ، ދެވަނަ ހަރުފަ ފާހަނަ ތެރެއިން ފެނުނީ އޭގެ އަނެއް ދުވަހު ކަމަށެެވެ. އެ ފާހަނަ ތެރެއިން ފެނިގެން އެކަން އަނެއްކާވެސް ގެ ސްނޭކް ރިމޫވަލްސް އަށް ގެނައި ކަަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އެ ހަރުފަ ފާހަނައިން ނުކުންނަނީ ފާހަނަތަށިން ކަމަށެވެ. އެހެންކަމުން ފާހަނަތަށި ބޭނުން ކުރާ ފަރާތްތަކުން ފާހަނަ ތަށީ މަތީ އިށީންނުމުގެ ކުރިން ރަނގަޅަށް ބެލުމަށްފަހު ނޫނީ ނުއިށީންނުމަށް އޭނާ ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ފާހަނަ ތެރެއިން ހަރުފަ ފެނިގެން ރިޕޯޓްކޮށްފައި ވެއެވެ. އާއްމުކޮށް ފާހަަނަ ތެރެއިން ހަރުފަ ފެންނަނީ ތަށި ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިފު!

    މީކޮން ރަށެއްގައި ހިނގައިގެން އުޅޭކަމެއްތަ!

    8
    1
  2. ޢަޒްލާ

    ކ މާލެ މުލއާގެ ފާޚާނަ ތެރޭގައި އޮތް ހަރުފައެއް

    4
    1
  3. ބާ؟

    ހޮނޑައިދޫގަ ހިނގައިގެން އުޅޭ ކަމެކޯ.

  4. ހުސޭނުބޭ

    ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހަރުފަ ގިނަ! އެތަނުގައި ހިނގި ކަމެއް!