އިންޑިއާގެ މަޝްހޫރު ބޮލީވުޑް ލަވަކިޔުންތެރިޔާ އަޝާ ބޮސްލޭ އަށް ޑޮކްޓަރޭޓް ކަމުގެ ދަރަޖަ ލިބިއްޖެއެވެ. އާޓްސްގެ ދާއިރާއިން ޑޮކްޓަރޭޓް ކަން އަޝާއަށް ދީފައިވަނީ ސެލްފަޑް ޔުނިވާސިޓީ އިންނެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓާގެ ޔުނިވާސިޓީ އެއް ކަމަށްވާ ސެލްފަޑް ޔުނިވާސިޓީ އިން އަޝާ އަށް އޭނާގެ އުމުރުން 86 އަހަރުވެފައިވާ އިރު ޑޮކްޓަރޭޓް ކަން ދީފައިވަނީ އޭނާ ލަވަކިޔުމުގެ ދާއިރާ އަށް ކޮށްދީފައިވާ އަގުހުރި ޙިދުމަތްތަކަށާއި، އަދި އެކި ޖީލުތަކުގެ ޒުވާނުން ލަވައާއި އާޓްސްގެ ދާއިރާ އަށް ނެރުމަށް އޭނާ ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

1933 ވަނަ އަހަރު އިންޑިއާގެ ކުޑަ އަވަށެއް ކަމަށްވާ ގޯއަރ އަށް އުފަންވި އަޝާ ވަނީ 70 ވަރަކަށް އަހަރުވަންދެން ލަވަކިޔުމުގެ ދާއިރާއަށް ޙިދުމަތް ކޮށްފައެވެ. އަޝާ ބޮޑަށް މަޝްޙޫރު ވެގެން ގޮސްފައިވަނީ އޭނާގެ ހިތްގައިމު އަޑުން ލަވަކިޔައި، ބޮލީވުޑްގެ އެތައް އުފެއްދުމެއްގައި އެތައް އަހަރެއް ވަންދެން މެދުނުކެނޑި އޭނާގެ ހިއްސާ އެކުލެވިފައި ވާތީއެވެ. އަޝާ ވަނީ ތަފާތު 20 ބަހުރުވައަކުން ލަވަ ކިޔައި، 22000 އަށްވުރެ ގިނަ ލަވަ ރިކޯޑްކޮށް، ދުނިޔޭގެ ރިކޯޑު ފޮތުންވެސް ޖާގަހޯދާފައެވެ.

އިންޑިއާގެ މުމްބާއީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އަޝާ އަށް ޑޮކްޓަރޭޓް ކަމުގެ މަގާމު އެރުވީ ސެލްފަޑް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޖޯ ޕާވްސް އެވެ. "އަޝާ މިއުޒިކީ ދާއިރާއަށް ކޮށްދިން ޙިދުމަތްތައް ވަރަށް އަގުބޮޑު، އޭނާގެ މިއުޒިކީ މަސައްކަތްތަކުން އޭނާ ވަނީ ކުރިމަގުގެ އާޓިސްޓުންނަށް މަގުކޮށައިދިނުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފަ. އަހަރެމެން ވަރަށް އުފާވޭ އަޝާގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރަން ލިބުނީތީ. އޭނާގެ މިއުޒިކްގެ ނުފޫޒު ވެގެންގޮސްފައިވަނީ އިނގިރޭސި އާ ޖީލަށްވެސް ނަމޫނާ އަކަށް." އަޝާއާއި އެވޯޑު ޙަވާލުކުރުމަށްފަހު ވާހަކަ ދައްކަމުން ޕާވްސް ބުންޏެވެ.

އިނގިރޭސިވިލާތަށް އުފަންވި އޭޝިއާ ބައްރުގެ ވަރަށް ގިނަ ޒުވާނުންތަކެއްވެސް ވަނީ އަޝާގެ މިއުޒިކް ކެރިއާ އިން ހިތްވަރު ލިބިގެން ބޮލީވުޑްގެ ލަވަތައް ކިޔަން ފަށާފައެވެ. އަޝާގެ މަޤުބޫލުކަން ބޮޑުވި ވަރުން 1997 ވަނަ އަހަރު އިނގިރޭސި-އިންޑިއާ މަޝްހޫރު ރޮކް ބޭންޑު، 'ކޯނާޝޮޕް' އިން ވަނީ އަޝާ އަށް ޚާއްސަކޮށްގެން 'އަ ބްރިމް ފުލް އޮފް އަޝާ' ގެ ނަމުގައި ލަވައެއްވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުބީނު

    ފިލިވަހީދު ވެސް އުޅެނީ ތީގެ އެއްޗެއް ގަނެގެން.

    1
    4
  2. ހަސަންބެ

    ބޮސްލޭ އޭ....އެކާކު އޭނަޔަށް ކިޔަނީ އެހެން...އައިޝާ ބައި ނުކިޔާ!!

  3. ދީމް

    ވ ފޫހި މީހާގަނޑެއް މީ... ހުވާ މިބުނީ