މިއީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ފައްޅިއެއް ތެރެއިން ސަލާމަތްވި އުމުރުން 43 އަހަރުގެ ކްރިސްޓީނާ ބެބިންގެ އަސަރުގަދަ ވާހަކައެވެ.
އުމުރުން އެންމެ 11 އަހަރުން ފެށިގެން ކްރިސްޓީނާ އެ ފައްޅި ތެރޭ ޖިންސީ ފުރައްސާރައިގެ ޝިކާރަ އަކަށް ވެފައި ވަނީ އޭނާގެ މަންމަ އެ ފައްޅި އާއި ގުޅުމުންނެވެ. އެ ފައްޅިން ބޭނުންވާނީ އަޅާލާނެ ބައެއް ނެތް މީހުން އެތަނަށް ވައްދާށެވެ. އޭރުން އެ މީހުން ގެންގުޅެން ފަސޭހަ ވާނެތީއެވެ.
"ޓީންސް އޮފް ކްރައިސްޓް" ގެ ނަމުގައި އުފެއްދި އެ ފައްޅީގައި އެތައް ބައިވަރު ކުދިންނަކާއި އަންހެނުންތަކެއް އުޅޭއިރު، ގަވާއިދުން އެ މީހުންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ވެއެވެ. އެތަން ހިންގާ މީހުން އެތަނަށް ވަންނަ މީހުންނަށް ކާންދީ، ނިދާނޭ ތަން ހަމަޖެއްސި ނަމަވެސް ހަގީގަތުގައި އެފަދަ ތަންތަނަކީ ޖިންސީ ބޭނުންތަކުގައި އުފައްދައިގެން އުޅޭ ތަންތަން ކަމަށް ކްރިސްޓީނާ ބުނެފައި ވެއެވެ.
އެތަނުގައި އުޅޭ ބޮޑެތި އަންހެނުން ކުޑަކުދިން ބަލައި ހަދަން ޖެހޭއިރު، އެއްވެސް މީހަކާއި އެކު ހީ، ސަމާސާކޮށް ސަކަރާތްޖެހުން އޮންނާނީ މަނާ ކޮށްފައެވެ. އަދި ރުއިމަކީވެސް ބޮޑު ކުށެއްގެ ގޮތުގައި ބެލެވޭއިރު، މީހަކު ރޮއެފިނަމަ އެކަމަށްވެސް އަދަބު ދެއެވެ. މި ހުރިހާ ކަމެއްވެސް ކުރަނީ އެމީހުންގެ ކަލާނގެ ނަން މަތީގައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެއެވެ.
ކްރިސްޓީނާގެ މުޅި އުމުރުހެން އެތަނުގައި ހޭދަކޮށްފައި ވާއިރު، އޭނާ އެތަނުން ސަލާމަތްވީ ވަރަށް އުނދަގުލާއި އެކު އެ ފައްޅިން ބޭރުގައި އުޅޭ ފިރިހެނަކާއި ދިމާވުމުންނެވެ. އެ ފިރިހެން މީހާ އެއީ ކިހިނެތް ވާ ކަމެއްކަން ކްރިސްޓީނާ އަށް ވަނީ ވިސްނުވައި ދީފައެވެ. އެންމެފަހުން ކްރިސްޓީނާ ބަނޑުބޮޑުވުމުން އޭނާ ބޭނުންވީ އެތަނުން ފިލާށެވެ. އެއީ އޭނާގެ ދަރިފުޅު ޖިންސީ ޝިކާރައިގައި ޖެހެން ބޭނުން ނުވާތީއެވެ.
ލޯބިވެރިޔާގެ އެހީގައި ކްރިސްޓީނާ އެތަނުން ފިލާފައި ވާއިރު އޭނާ ބުނަނީ އަސްލު ދުނިޔޭގައި އުޅޭ މީހުން މާ ރަނގަޅު ކަމަށާއި، ފައްޅީގައި ތިބޭ މީހުން ބުނާގޮތުން ނަމަ ފައްޅިން ބޭރުގައި އުޅޭ މީހުން އެއީ ދީނާއި ދުރު، އަދި ތާހިރު ބައެއް ނޫން ކަމަށެވެ.
ކެލިފޯނިއާގައި ހުންނަ މި ފައްޅީގެ އެތައް މައްސަލަ އެއް ކޯޓުގައިވެސް މީގެ ކުރިން ޖައްސާފައި ވާއިރު، 2004 ވަނަ އަހަރު އެ މީހުން ވަނީ ފައްޅީގެ ނަން "ފެމިލީ އިންޓަނޭޝަނަލް" އަށް ބަދަލު ކޮށްފައެވެ. އަދި އޭގެ ކުރިން އެތަނުގެ ނަން އޮތީ "ގޯޑް އޮފް ޗިލްޑްރެން" ގެ ނަމުގައިކަން ފާހަގަކޮށްލެވެއެވެ. ދީނުގެ ނަމުގައި މިފަދަ ކަންކަން ކުރާ އެތައް ފައްޅިއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނައިރު، އާއްމުކޮށް މިކަން ހިނގަނީ ކްރިސްޓިއަން ދީނުގައެވެ.
އެވަރެއް ނެތިގެން ސަކިންދާމެން ދަމާކަނޑާދޭ މީހުންގެ އަނދިރި ފަރާތް.
ނަސީދު އަދިވެސް ބުނާނެ ދޮންމީހުން އުޅޭ ގޮތަށް އުޅެގެންނޭ ސަލާމަތްވެވޭނީ. އެކަމަކު ދޮން މީހުންނަށްވެސް އެއުޅެނީ ދޮން މީހުން އުޅޭ ގޮތަށް އުޅެގެން ސަލާމަތް ނުވެވިގެން.
ތިއީ އާ ކަމެއް. ނޫން. ތިކަހަލަ ކިތަންމެ ކުރިސްޓިއަން ވާހަކަ ތައް އަޑު އަހަން.
ކުރިސްޓިއަން ދީނުގައި ކުރަން އޮންނަ ކަމެއްތަ ރޭޕްކުރުމަކީ؟
އަހަރެން ގަބޫލުކުރާގޮތުގައި ހަރުކަށިފިކުރު މިކިޔަނީ އޮޅުވާލަން.އެއީ މިނިވަންފިކުރު ނުކިޔަންވެގެން ބޭނުންކުރާ ސްލޯގަން އެއް.