އިނގިރޭސި ވިލާތުގެ އަންހެނަކު އަސް ދުއްވަނިކޮށް ހިނގައިދިޔަ އެކްސިޑެންޓެއްގައި ދަތްދޮޅި ވެއްޓިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައެވެ. ޚަބަރުތައް ބުނާ ގޮތުގައި އަނިޔާވެފައިވަނީ 15 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެގޮތުން އޭނާގެ ދަތް ދޮޅި ނެއްޓުނީ އަސް ދުއްވަނިކޮށް ކޮންޓްރޯލުން ނެއްޓިގެން ގޮސް ގޭޓަކަށް އަރައިގެން ކަމަށްވެއެވެ.

އެ ހާދިސާގައި އަންހެން ކުއްޖާގެ ދަތްދޮޅި ވެއްޓިފައި އޮތް އިރު، ދަތްތަކާއެކު ކޮލުގެ ކަށިގަނޑުވެސް ބިންގައިގެން ގޮސްފައިވެއެވެ. އަދި ދަތްދޮޅު ވެއްޓިގެން ގޮސް އެލިފައި އޮތީ ހަންކޮޅެއްގެ ސަބަބުން ކަމަށާއި އެނޫން ނަމަ ދަތްދޮޅި އެއްކޮށް މުނާ ވަކިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އެކުއްޖާގެ ވަނީ މިމަސްތެރޭ ސާޖަރީއެއްކޮށްފައެވެ. އެ ސަރޖަރީގައި އޭނާގެ މޫނު ރީތިކުރުމަށް ދަގަނޑު ލައްވައި 160 ތަނަކުން ފަހައި އޭނާގެ މޫނުމަތި ވަނީ އެއްކޮށް ރީތިކޮށްފައެވެ.