ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި، ކާޖަލް ގެރިމަސް ކެއުމުން، އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން އޭނާއަށް އިންޒާރުދީ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ދާދިފަހުން ކާޖަލްގެ ޓްވިޓާ މެދުވެރިކޮށް، އޭނާ ކާން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުކޮށްފައިވާއިރު، އެ ވީޑިއޯއިން އޭނާ ގެރިމަސް ކާން ހުންނަ މަންޒަރު ފެންނަ ކަމަށް ބުނެ ހިންދޫން ނުރުހުން ފާޅުކުރަމުންދަނީ އެއީ އެމީހުންގެ ދީނުގައި މަތިވެރި މަޤާމެއް ދެވިފައިވާ ޖަނަވާރެއް ކަމަށް ބުނެއެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ކާޖަލް ޢާންމުކޮށްފައިވާ ވީޑިއޯ މިހާރު ޓްވިޓާ އިން ނަގާފައިވާއިރު، އޭނާ އެކަމާއި ގުޅިގެން ބުނެފައިވަނީ މިހާރު ފެތުރެމުންދާ ވާހަކަތަކުގައި ހަޤީޤަތެއް ނެތްކަމަށެވެ. އަދި އޭނާ ކާން ހުރި ވަގުތުގައި ނަގާފައިވާ އެ ވީޑިއޯއިން އެއީ ގެރިމަސް ކަމުގައި ބުނާ އަޑު އިވުނު ނަމަވެސް އެއީ އޮޅުމެއް ކަމަށާއި، ކެއީ މީގޮނު (ބަފަލޯ) މަސް ކަމަށެވެ.

ކާޖަލް ބުނީ، މީގޮނު މަހަކީ ކެއުމާއި ވިއްކުން ހުއްދަ މަހެއް ކަމަށާއި، އޭނާ އެ މަސް ކެއުމުން އެއީ ގެރިމަސް ނޫންކަން އެނގުނުކަމަށެވެ. އަދި ގެރިމަސް ކައިގެން ހިންދޫ ދީނަށް ފުރައްސާރަކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށް ކާޖަލް ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ މި ވާހަކަތައް ހާމަކުރަނީ، އޭނާ އެފަދަ ކަމެއް ނުކުރާކަން އެންމެނަށް އަންގައިދިނުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

ކާޖަލް ގެރިމަސް ކެއިކަމަށް ބުނެ ނުރުހުންވެފައި ތިބި ހިންދޫން ބުނަމުންދަނީ، އޭނާ އެފަދަ ވީޑިއޯއެއް ޢާންމު ކުރީ އެބައިމީހުންގެ ދީނަށް މަލާމާތްކުރުމުގެ ގޮތުން ކަމަށެވެ. އަދި ކާޖަލް ކުރި ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ހައްދު ފަހަނައަޅާފައިވާ ހިންދޫން، ފާއިތުވެދިޔަ ދުވަސްތަކުގައި ގެރީގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު، މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ގޮތުން ގެރި ކަތިލުންވެސް މަނާކުރިއެވެ. އަދި ގެރި ކަތިލާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެފަރާތްތަކުން ދީފައި ވެއެވެ.

އެ ޕާޓީގެ ފަރާތުން، އިންޑިއާގައި ގެރި ކަތިލުމާއި ގެރިމަސް ކެއުން މަނާކުރުމަށް ބާރުއަޅަމުންދާއިރު، މަހާރަޝްތްރާ ސްޓޭޓުގައި އޮންނަ އެޤައުމުގެ ވެރިކަންކުރާ މުމްބާއީން ވަނީ ގެރިމަސް ކެއުމާއި ވިއްކުން މަނާކޮށްފައެވެ. މީގެ އިތުރުން ގެރި ޙިމާޔަތްކުރުމަށް ކަމަށް ބުނެ ގެރިތަކަށް އައީޑީ ދިނުމުގެ މަސައްކަތްވެސް ކުރުމަށް އެފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ބައެއް ދީންތަކުގެ މީހުން ޤަބޫލުކުރާ ގޮތުގައި، ގެރިއަކީ އެބައި މީހުންގެ މައިންބަފައިންނެވެ. އަދި އަނެއްބަޔަކު ގެރި ޒީނަތްތެރިކޮށް ރީތި ފޭރާމާއި އަގުބޮޑު ގަހަނާ އެޅުވުމަށްފަހު އެއަށް އަޅުކަންކުރާއިރު، ނަސީބު ގަދަވާ ކަމެއް ކަމަށް ކަމަށް ބުނެ އެބައިމީހުން ގެރީގެ ނަޖިހުން ފެންވަރައި އެތަކެތި ކައިބޮއެވެސް ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖިންނި

    ކާޖަލެއްކަމަކު އެމީހުންގެ '' މޮމް '' ކައިގެން ނުވާނެތާ !

  2. ކަމްސް

    ކާޖަލް ގެރިމަސް ކެއުމުން ހިންދޫން ރުޅިގަދަވެއްޖެ ނަމަވެސް އެކަމާއި އަޅާލާން ނުޖެހޭނެއޭ. މަމެން ނަށް ކާޖޮލް ފެނުމުން މަމެން ގެ އެކްސް ބިޓެއްގެ ބިއުޓިފުލް ޑޭޒް ތައް ހަނދާންވެއޭ ވެން އިޓް ކަމްސް ޓު ޔޫ ޑޯންޓް ބީ އެފްރެއިޑް އޮފް ދެމް ވެން އިޓް ކަމްސް ޓު ޔޫ ވޮންޓް ޔޫ ސްޓޭންޑް ފޯރ ދަ ރައިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް. ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ނޯ ކްރައިމް ވޮންޓް ޔޫ ފީލް ފްރޮމް ދަ ހާރޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ޑާންސް ޑާންސް ޑާންސް...

  3. ހުސޭނުބޭ

    އެހެންވިއްޔާ ހިނދޫންވެގެން ކާޖަލް ކާލަ!

  4. ނަމަ އުސްމާނު

    ކާޖަލްއަށްވެސް އެވީ އުމަރުގެފާނަށް ވީގޮތަށް. އުމަރުގެފާނު އެކަލޭގެފާނު ޖާހިލިއްޔަ ޒަމާނުގައި ކަންކުރާގޮތް ބާޔާންކޮށްފައިވަނީ މިފަދައިންނެވެ. ތިމަންކަލޭގެފާނުމެން ދުވާލުގަޑީގައި އަޅުކަންކުރުމަށްޓަކައި ކަދުރުކޮޅަކުން އިލާހެއް ހަދައި އެއަށް އަޅުކަންކުރަމެވެ. ދެން ރޭގަނޑު ބަނޑުހައިވީމާ އެކަލާންގެ ކާލަމެވެ..... ކާޖޮލަށްވެސް މިވީ މިފަދަ ގޮތެއްހެން ހީވެއެވެ. ބަނޑުހައިވެފާ ހުންނަގަޑީގައި ތަށިމަށްޗަށް ކަލާންގެ އެރިޔަސް އެ އޮންނާނެ ކާލެވިފައެވެ.

  5. މީ

    ތިކުރީ ވ.ބޮޑު ކުށެއް.މިބުއްދާސްތައް ކާޖަލްްގެ ފަހަތުން ނުވެސްފިލާނެ ދެން.ހީވާނީ މޮޔަގެރިއެއް އަވަލައިގެން އުޅޭހެން.އެވެރިން ގެންގުޅޭ ގެރިތައް ކާންނުދީ ބަނޑަށް މަރުުވިޔަސް އެއީ މައްސަލައެއް ނޫން.އެކަމަކު މުސްލިމަކު ގެރިޔަކާ ވައިއެޅިލިޔަސް ނިމުނީ...ދެންފެންނާނީ އެމީހެއްގެ ފުރާނަނެތް މަސްގަނޑު.