ކައިލީ ޖެނާ އާއި ވަކިވާން ޖެހުނީ ކައިލީ މާގިނައިން ދަރިން ހޯދަން ބޭނުންވާތީ ކަމަށް ޓްރެވިސް ސްކޮޓް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފިއެވެ.

ކައިލީ އާއި ސްކޮޓްގެ ގުޅުމަށް ނިމުން އައިސްފައިވާ ކަމަށް އޮގަސްޓް މަހުން ފެށިގެން މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ. ނަމަވެސް ކައިލީ އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ކައިލީ އާއި ސްކޮޓް ވަކިވިއިރު އެމީހުންނަށް ވަނީ އެއް ކުއްޖަކު ލިބިފައެވެ. އެއީ މިހާރު އުމުރުން އެއްއަހަރުގެ ސްޓޯމީ އެވެ.

ސްކޮޓް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކައިލީ ދޫކޮށްލަން ޖެހުނީ މާގިނަ ދަރިން ހޯދަން ކައިލީ ބޭނުންވާތީ ކަމަށާއި ނަމަވެސް އަދި ގިނަ ދަރިންތަކެއް ހޯދުމުގެ ވިސްނުން އޭނާގެ ކިބައިގައި ނެތުމުން ކަމަށެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ކައިލީ އާއި ސްކޮޓް އަދިވެސް އެއްކޮށް ގުޅުން ނިމުމަކަށް ނުގެނެއެވެ. ނަމަވެސް ދެމީހުން ވަނީ "ބްރޭކެއް" ނަގާފައި ކަމަށް މީޑިއާތަކަށް މައުލޫމާތު ދިން ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ކައިލީ އާއި ސްކޮޓް ވަކިވެފައިވާ ކަމުގެ ޚަބަރު މީޑިއާތަކަށް ތިލަވެފައި ވަނިކޮށް މިހާރު ވަނީ އިތުރު ޚަބަރެއް ވެސް ދައުރުވާން ފަށާފައެވެ. އެއީ ކައިލީ އެނާގެ ކުރީގެ ލޯބިވެރިޔާ ޓައިގާ އާއި ބައްދަލު ކުރި ޚަބަރެވެ. ނަމަވެސް ކައިލީ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ކައިލީ އަކީ ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިއަނަރެވެ. އޭނާގެ ކޮސްމެޓިކްސް ބްރޭންޑަކީ މިހާރު ދުނިޔޭގެ އެންމެ މަގުބޫލް އެއް ކޮސްމެޓިކްސް ބްރޭންޑެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަގޫރޯޅި

    ރިޒުގު ތަނަވަސް ވެފަ ތިބިމީހުން އެކަމުން އިބުރަތް ލިބި އެރިޒުގު ރަނގަޅު ގޮތުގާ ހޭދަކުރާށެވެ. ގިނަ ދަރިން ހޯދާ އެކުދިން ހެޔޮގޮތުގަ ތަރުބިއްޔަތުކޮއްފި މައިންބަފައިންނައް އެކަމުގެ ހެޔޮ ޖަޒާ އާހިރަތުގަވެސް ލިބޭނެ.

    21
    1