ދާދި ފަހުން އިންޑިއާ އިން ލިބުނު ބޮޑު ހަބަރަކީ އެ ގައުމަށް ނިސްބަތްވާ މީހަކު ދުނިޔޭގެ އެންމެ ދުވަސްވީ މީހާއަށް ވުމެވެ.
އިންޑިއާގެ ކޮލްކަޓާ އިން ފުރައިގެން އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރުކުރަމުން ދިޔަ ސްވާމީ ސިވަނަންދާގެ ފްލައިޓު ލަންޑަނަށް ދިއުމުގެ ކުރިން ވަނީ އަބޫ ދާބީގައި މަޑުކޮށްފައެވެ. އެ އެއާޕޯޓުގެ މުވައްޒަފުން ސްވާމީގެ ޕާސްޕޯޓު ބެލުމަށްފަހު ތިބީ އާޝޯހު ވެފައެވެ. އެއީ ސްވާމީގެ ޕާސްޕޯޓުގައި އޭނާގެ އުފަން އަހަރެއްގެ ގޮތުގައި 1896 ޖަހާފައި އިނުމުންނެވެ.
މިހާރު ދުނިޔޭގައި 1800ގައި އުފަންވެފައިވާ މީހަކު ނެތްކަމަށް މީގެ ކުރިން ބެލެވުނު ނަމަވެސް، ސްވާމީގެ ޕާސްޕޯޓުގައި އެހެން އިނުމުން ކަމާބެހޭ ފަރާތްތަކުން އަންނަނީ އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަން ޔަގީން ކުރެވިއްޖެނަމަ ސްވާމީ ވެގެންދާނީ ފަހުގެ ތާރީހެއްގައި ދުނިޔޭގައި އެންމެ ގިނަ ދުވަސް ވަންދެން އުޅުނު މީހާގެ އިތުރުން، 1800ގައި އުފަންވި މީހުންގެ ތެރެއިން މިހާރު ދިރިހުރި ހަމައެކަނި މީހާ އަށެވެ.
ސްވާމީ ބުނާގޮތުން އޭނާ ވަރަށް ކުޑައިރު މައިންބަފައިން ބަލިވުމާއި އެކު އުޅެމުން އައީ ފައްޅިތަކުގައެވެ. އަދި އޭނާ ދުވަހަކުވެސް ކުޅި އެއްޗެއް ނުކާ ކަމަށާއި، މީހަކާއި ކައިވެނި ނުކުރާއިރު ޖިންސީ އެއްވެސް އަމަލެއްވެސް ހިންގާފައި ނުވާނޭ ކަމަށް ސްވާމީ ބުނެއެވެ.
މިދިޔަ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ސްވާމީގެ 123ވަނަ އުފަންދުވަސް ފާހަގަކޮށްފައި ވާއިރު، ގިނީސް އިންވެސް އަންނަނީ އެމީހުންގެ ރެކޯޑު ފޮތުން ސްވާމީ އަށް ޖާގަ އެއް ދިނުމަށްޓަކައި އޭނާގެ އުމުރު ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
ބައެއް މީހުން ސްވާމީ އަށް ބަލާފައި އޭނާ އަށް 123 އަހަރު ކަން ގަބޫލުކުރަން ދެކޮޅު ހެދިނަމަވެސް، އިންޑިއާގެ ގިނަ ބަޔަކު މިކަން ގަބޫލު ކުރެއެވެ. އަދި އޭނާ މިހާރު ވަރަށް ބޮޑަށް މަޝްހޫރު ވެފައި ވާއިރު، އެތައް ބަޔަކު އޭނާގެ ގެ ކައިރިއަށް އުމުރު ދިގު ކުރުމުގެ ސިއްރުތައް ހޯދުމަށްޓަކައި ދާކަންވެސް ފާހަގަކޮށްލެވެއެވެ.
ތިއީ އިދާރީ އޮޅުމަކަށްވުން އެކަށީގެންވޭ!
18 ވނަ ގަރުނު އިނގޭތޯ
ޑެފިނިޓްލީ އަ މިސްޓޭކް
ތީ އިންޑިޔާ އެއްނު. ދޮގުހަދައިގެންވެސް މަޝްހޫރު ވާން އުޅޭ ބައެއް. ދެން އަދި މޮޅު ކަމަ ކީ އޭނައަށް ދެން ބަޔަ ކު އަޅުކަން ވެސް ކުރާނެ.
އެވަރު ކަމެއް ވެދާނެ 1900އެއް ނޫން 1800
ތީނަގެ ތި ފޯޓޯއިން ބަލަަ ބެލުމައް ހީިވަނީ ތީ ަގެ އުމުރު ޢުޅޭނީ 52 އަހަރު ވަރު. ތީނަގެ އަސްލު އުފަންދުވަސް ވާނީ 8.8.1968
ތީނަ މަށައްތުރެ 4 އަހަރު ހަނގުވާނެ.