މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އާއި މަޝްހޫރު މޮޑެލް ގިގީ ހަދީދްގެ ދެ އަހަރުވީ ލޯބީގެ ގުޅުން މި ވަނީ ނިމުމަކަށް އައިސްފައެވެ. މި ދެ މީހުންގެ ގުޅުން އެކީ ކަހަލަ ގޮތަކަށް މި ނިންމާލީ ސީދާ ކީއްވެކަމެއް މީޑިޔާތަކަށް ހާމަކަޮށްފައެއް ނުވެއެވެ. ނަމަވެސް ޓްވިޓާ މެދުވެރިކޮށް އޭނާ ވަނީ އެ ގުޅުމާއި ގުޅޭ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އެންމެ ފަހުން މި ދެ މީހުންނާއި ގުޅޭގޮތުން އަޑުއިވިގެން ދިޔަ ވާހަކައަކީ ޒޭން އޭނާގެ އިންސްޓަގްރާމް އިން ގިގީގެ ވަސްވެސް ފިލުލާލާފައިވާކަމެވެ.

މީގެ ކުރިން މި ދެތަރިންގެ އެކުގައި ނަގާފައި ހުރި ރީތި ފޮޓޯތަކެއް އިންސްޓަގްރާމަށް ލައެވެ. ނަމަވެސް މިހާރު އޭނާގެ މުޅި އިންސްޓަގްރާމްގައި ހުރި ހުރިހާ ފޮޓޯޓަކެއް އެކީ އެކައްޗެހެން ވަނީ ފޮހެލާފައެވެ.

އޭނާ އިންސްޓަގާރްމްގައި ހުރި ހުރިހާ ފޮޓޯތަކެއް ފޮހެލީ ހިތައް އުނދަގޫވެގެންކަމަށް ބެލެވެއެވެ. އެ ފޮޓޯތައް އޭނާ ފޮހެލާފައި ވަނީ އިއްޔެއެވެ. 27.7 މިލިއަނެއްހާ ފޮލޯވާސް ހިމެނޭ ޒޭންގެ އެކައުންޓުގައި އެއްވެސް ފޮޓޯއެއް މިހާރު ނެތް އިރު އަލުން އަނެއްކާ އޭނާ ފޮޓޯތަކެއް ލާނެކަމުގެ އިޝާރާތެއްވެސްކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޚަބަރު ލިޔާ އިރު މީހުންގެ ނަންތައް ރަގަޅަށް ލިޔުނިއްޔާ ވަރަށް ރަނގަޅުވާނެ.

  2. ޖީޖީ ހަޑީޑް

    އަޅޭ. މަގޭ ނަމެއް ވެސް ނޭންގުނު 🙁