މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީގެ ކުރިއަށް އޮތް ލަވައިގެ ޓީޒާ ދައްކާލައިފި އެވެ. މި ލަވައިގެ ޓީޒާ އިންސްޓަގްރާމް ގައި ވަނީ އާންމު ކޮށްފައެވެ.

"ޕިޔާރް ދޯ، ޕިލާރު ލޯ" އަކީ 1986 ވަނަ އަހަރު ނެރުނު ފިލްމު "ސާގަރް" ގައި ހިމެނޭ ލަވައެކެވެ. ރޭކާ ފެނިގެންދާ އެލަވަ އަކީ އޭރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލަވަ އެކެވެ. އެލަވައިގެ ރިމޭކެއް މިއަހަރު ނެރުމަށް ނިންމާފައިވާ "މަރްޖާންވާން" ގައި ހިމަނާފައި ވާއިރު އެލަވައިން ފެނިގެންދަނީ ނޯރާއެވެ. މިހާރު ގިނަބަޔަކު ވަނީ އެލަވަ ބަލާލުމަށް ކެއްމަދުވެފައެވެ.

މިލަވައިގެ އެންމެ ފަހުގެ މަސައްކަތުގެ %99 ވަނީ ނިމިފައިކަމައް މައުލޫމާތު ލިބެއެވެ. ވަރަށް އަވަހަށް ލަވަ ރިލީސް ކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންސްޓާގައިވާ ކުޑަ ވިޑިއޯ ކޮޅުންވެސް ނޯރާގެ ހުނަރުފެނިގެންދެއެވެ. ނޯރާގެ ހަރަކާތް ތަކަކީ ގިނަބައެއްގެ ލަވައިގެ ފުރިހަމަކަން ދައްކުވައިދޭ އެއްކަންތައް ކަން ގިނަބަޔަކު ގަބޫލުކުރެއެވެ.

މިލަވަ އަކީ ލޯބީގެ ފިލްމެއްގެ ލަވައެކެވެ. މި ލަވަ އަކީ އެ ފިލްމުގެ ކަވާރ ލަވަކަންވެސް ފާހަގަ ކޮށްލެވެއެވެ. މި ފިލްމުގެވެސް ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މިމަހު 2 ގައި ރިލީސް ކުރަން ނިންމާފައިވާ ފިލްމު މިހާރުވަނީ އެކި އެކި ސަބަބުތަކާހުރެ ލަސްކުރެވިފައެވެ. މި ފިލްމު އަޅުވަން ހަމަ ޖެހިފައިވަނީ ނޮވެންބާރ 8 ގައއެވެ. "މަރްޖާވާން " ފިލްމް ގެ ޑައިރެކްޓާރ އަކީ މިލަޕް ޒަވެރި އެވެ.

އަމިއްލައަށް ކޮރިއޮގްރާފް ކުރަމުން އަންނަ ނޯރާއަކީ ލަވަ ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކުރަމުން އަންނަ ފަންނާނެކެވެ. ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ "ދިލްބަރް" އިންނެވެ. އަދި ދާދި ފަހުން އޭނާ ކުޅުނު "ސާކީ ސާކީ" ލަވައަށް ވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.