މެކްސިކޯގެ ލާސް މާގަރީޓާސްގެ މަގުތަކުގެ ހާލަތު ދަށްވުމާއެކު އެ މަގުތައް މަރާމާތު ނުކޮށް އޮތުމުން އެ ސިޓީގެ މޭޔަރަށް ރައްޔިތުން ކުޅި ދައްކާލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ސިޓީގެ މޭޔަރު، ޖޯޖު ލޫއިސް އެސްކެންޑަން ހާނެންޑޭޒް އޭނާގެ އޮފީހުގައި އިންދާ ގަދަކަމުން ބޭރަށް ނެރެގެން ވަނީ ޕިކަޕެއްގެ ފަހަތުގައި ވަލަކުން އައްސައިގެން މަގުމަތީގައި ދަމާފައި ގެންގޮސްފައެވެ. މި އަމަލު ހިންގާފައިވަނީ އޭނާއަށް މަގާމު ހަވާލުކުރުމުގެ ކުރިން އޭނާ ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި އޭނާގެ އޮފީސް ކައިރީގައި މުޒާހަރާކުރުމަށްފަހުގައެވެ.

މޭޔަރު ޕިކަޕުގައި އެއްސުމަށް ފަހު އޭނާ މުޅި ސިޓީ ތެރޭގައި ދަމާ ކޫއްތާފައި ވަނީ އެ ސިޓީގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާ ފެށުމުން ހިނގި ހަމަނުޖެހުންތަކުގައި 20 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައެވެ. އަދި އިތުރު 20 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާގައި މޭޔަރަށް މާބޮޑު އަނިޔާއެއް ވެފައި ނުވި ނަމަވެސް އޭނާ ވަނީ އެމައްސަލަ ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރުމަށް އަންގާފައެވެ.

މޭޔަރު ސިޓީތެރޭގައި ދަމާ މަންޒަރާއި މީހުން ހަމަނުޖެހުން ހިންގާ މަންޒަރުގެ ވީޑިއޯ ތިރީގައި އެވަނީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބާކޮލި

    ރާއްޖޭގަވެސް މިހެން ހަދަންވީ. ކުރަން ހަވާލު ވާ މަސައްކަތް ނުވަންޏާ ހަމަ ރަނގަޅު. ކޮން ހިއުމަން ރައިޓްސްއެއް. އޭނަ އެކަމާ ހަވާލު ނުވެ ގޭގަ އޮތްނަމަ މިހެންވާކަށް ނުޖެހުނީސް. ފުރަތަމަ އެމައްސަލަ ބަލާ. އޭގެ ފަހުން އައި ކަންކަން އޭގެ ފަހުން ބެލޭނީ. ތަރުތީބުން ދިޔުމުން ކުށްވެރިވާނީ މޭޔަރު

    17
    2
  2. XD

    😆😆😆😆

  3. ޢަލީ

    ފުވައްމުލަކު ގެ މޭޔަރަކަށް ހުންނަނީވެސް މިހެން ހަދަން ވެފައި ހުރި ކަންނެތް މީހެއް. ރަށުގެ އެއްވެސް ކަމަކާ އަޅާ ނުލާ ބޮޑު މުސާރަ ނަގައިގެން ގޭގައި އޮންނަނީ. މަގުތަކުގެ ޙާލަތު އެހާ ދެރަ އަދި ޙައްލެއް ލިބުމުގެ ކޮޅުމަތިވެސް ނުފެނޭ. މީހަކަށް އެކަމުގައި ޖަވާބެއްވެސް ނުދޭ.