މިހާރަކަށް އައިސް ރާއްޖޭގެ ޒުވާނުންގެ މެދުގައިވެސް ޝީޝާ ބުއިން މިވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ. ގަވާއިދުން މިކަން ކުރާ މީހުން އަހަރެމެންގެ ތެރޭގައި ގިނަވަމުން އަންނައިރު، މިކަން ކުރާ އަންހެން ކުދިންގެ އަދަދުވެސް މިދަނީ އާދަޔާ ޙިލާފަށް އިތުރުވަމުންނެނެވެ.

ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ސިނގިރޭޓު ނުބޮއެ ޝީޝާ ބުއިމުން "އޯކޭ" ވާނެއެވެ. ނަމަވެސް އެ މީހުންނަށް ނޭނގޭ ކަމަކީ ޝީޝާ އަކީވެސް ދުންފަތުގެ މާއްދާތައް އެކުލެވޭ އެއްޗެއް ކަމާއި، އެއްގަޑިއިރު ވަންދެން ޝީޝާ ބޯ މީހަކާއި 40 ސިނގިރޭޓު ނުވަތަ ދެ ފޮށި ސިނގިރޭޓު ބޯ މީހަކާއި ތަފާތެއް ނުހުންނަ ކަމެވެ.

ސިނގިރޭޓުގައި ހުންނަ ގިނަ މާއްދާތައް ޝީޝާގައިވެސް ހިމެނޭއިރު، އޭގެން ތަފާތުވާ ހަމައެކަނި ކަމަކީ އެކިއެކި ފްލޭވާތައް އަޅާފައި ހުރުމެވެ. މިހެންވުމުން ބައެއް މީހުންނަށް އެއީ ރަނގަޅު އެއްޗެއް ކަމަށް ހީކުރެވެއެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ޝީޝާ އަކީ ސިނގިރޭޓައް ވުރެން ބޮޑަށް ގެއްލުންހުރި އެއްޗެއް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން، ދެން ފަހަރަކުން މީހަކު ތިމާ ހައްލުވައިލުމަށް " އަހަރެން ބޮނީ ޝީޝާ އެއްނު. ސިނގިރޭޓެއް ނުބޮމެއްނު. އެއީ ޝީޝާ އިން ކަމެއް ނުވާތީ" މިފަދަ އެއްޗެއް އަޑު އިވުނަސް އެއަށް ނުހެއްލޭށެވެ. އެއީ އެފަދަ މީހުން އެ ހޯދަނީ އެމީހުންނާއި އެކު ޝީޝާ ބޯލާނެ ބައިވެރިއެކެވެ.

މާލޭގެ ކެފޭ ތަކުންވެސް ޝީޝާ ބޯ އަންހެން ކުދިންގެ އަދަދު ވަރަށް ގިނަ ވެފައި ވާއިރު، އެ މީހުން ވިސްނާލަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. އެއީ ޝީޝާގެ ސަބަބުން ދަރިން ވިހާއިރު އާދަޔާ ހިލާފަށް ލުއި ވުމާއި، ނޭވާލާ ނިޒާމުގެ ބައިވަރު މައްސަލަތައް ޖެހުމުގެ އިތުރުންވެސް ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.

މިއީ ކިތަންމެ "ކޫލް" ކަމެއް ކަމަށް ދެކި ޒުވާނުން މިކަން ކުރަމުން އައި ނަމަވެސް ތިމާގެ ހަށިގަނޑާއި މުސްތަގުބަލާއި މެދު ވިސްނައި މިފަދަ ބޭކާރު ކަންކަން ކުރުން ހުއްޓާލާށެވެ. ތިމާގެ ރަހުމަތްތެރިއަކު މިކަން ކުރޭ ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވާށެވެ. އެއީ ރަހުމަތްތެރި އެއްގެ ގޮތުން ތިމާގެ ބޮލުގައި އެޅިފައިވާ ޒިންމާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑާދާ

    އެހެންތަ

    7
    2
  2. އަހުމަދު

    ޝީޝާ ގަ ނުހުންނާނެ ސިގިރޭޓު ގަ ހުންނަ ހުރިހާ ކެމިކަލްއެ ރަންގަލްހަށް ރިސާޗް ހަދާ ބަލަ ހިތުހުރިއެއްޗެއް ނުލިޔެ. ކޮންމެ ސިގިރޭޓް އަކީ 0.3% ނިކޮޓިން އެކަމު ޝީޝާ ގަ ހުންނަނީ ކޮނމެ 250ގރަމ ގަ 0.05% އަނެއްކާ ޓާ އެކުލެވޭ މާއްދާ ނުހުރޭ. ޝީޝާ އިންވެސް ގެލްލުނލިބޭ ދުންފައްވީމަ. ލިޔުން ރަނގަޅު ކޮށްލަންފެނޭ

    13
    9
    • ސައިފުﷲ އަހްމަދު

      އާއްމުކޮށް ސިނގިރޭޓެއްގަ ދަމާނީ 20 ޕަފު. ޝީޝާ އެއްގައި 1 ގަޑިއިރުގެ ޝެޝަނެއް ވިއްޔާ ދަމާނެ އާއްމުކޮށް 200 ޕަފު.
      ސިނގިރޭޓުގައި އާއްމުގޮތެއްގައި ޓާ ހުންނަ ވަރަށް ވުރެން 30ގުނަ ޝީޝާގައި ޓާ ހުންނަ މިންވަރު އިތުރުވާނެ.
      ސިނގިރޭޓުގައި ހުންނަ ވިހަ މާއްދާ އެއް ކަމުގައިވާ ކާބޮންމޮނޮކްސައިޑް ސިނގިރޭޓަށް ވުރެން 15ގުނަ ޝީޝާގައި އިތުރުވާނެ.
      އަދި އެކި ސިނގިރޭޓުގައި ހިމެނޭ ނިކޮޓިން އާއި ޓާގެ މިންވަރުވެސް ދަށްވާނެ އިނގޭތޯ. ރާއްޖޭގައި އާއްމުކޮށް ބޮއި އުޅޭ ކެމަލްގައި ހުންނަނީ ޓާގެ 8 ޕަސަންޓް ނިކޮޓިންގެ 0.8 ޕަސަންޓް.
      ކޮންމެ ގޮތަކުން ބެލިޔަސް ޝީޝާ އިން ކުރާ ގެއްލުން މާބޮޑުވާނެ. މިއީ ސިއްހީ މާހިރުން ދެބަސްވާ ކަމެއް ނޫން.

      16
      1
    • ތީތި

      ހަމަ އެވަރުން ބޯންޖެހޭތަ އަޖައިބެއް.... މިހާރު މިއަލަށް ބޮޑެތުވާ މަދު ޒުވާނުން ފިޔަވައި ގިނަ ޒުވާނުންނަކީ އެއްވެސް އުޅުމެއްނެތް ބައެއްކަން ފާހަގަކުރަން....