ކައިލީ ޖެނާ އޭނާ އެންމެ ފަހުން ގަތް އަގުބޮޑު ކާރުގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާ ކުރުމަށްފަހު އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމުން އޭނާ ކުރި ކާރުގެ ޕޯސްޓު ޑިލިޓް ކޮށްލައިފިއެވެ.

އުމުރުން 22 އަހަރުގެ ބިލިއަނަރަކީ އަގުބޮޑެތި ކާރުތައް ގެންގުޅުމަށް ލޯބި ކުރާ މީހެއް ކަމުގައި ވާއިރު، މީގެ ކުރިން އޭނާ ވަނީ ބައެއް ކާރުތައް އެހެން ކާރުތަކަށް ވުރެން ގިނައިން ދުއްވޭތީ އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށްވެސް ބުނެފައެވެ.

ކާރު ގަނެފައި ވަނީ 3 މިލިއަން ޑޮލަރަށް

ކައިލީ އެންމެ ފަހުން ގަނެފައި ވަނީ 3 މިލިއަން ޑޮލަރު (46 މިލިއަން 4 ލައްކަ 25000 ދިވެހި ރުފިޔާ) ހަރަދު ކުރުމަށް ފަހުގައި ބުގާޓީ ޗިރޮން އެކެވެ. އަދި އޭނާ އެ ކާރު އިންސްޓަގްރާމްގައި ދައްކާލުމުން އާއްމުން ވަނީ ކައިލީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

"ބޭނުންވާ ވަރަށް ވުރެން ގިނައިން ކާރު ގަންނަނީ ކީއްވެ ކަމެއް ނުވިސްނޭ. އަހަންނަށް އިނގޭ ތީ ކައިލީގެ ފައިސާކަން އެކަމު ދުނިޔޭގަ އެބަތިބި ކާން ނުލިބިގެން އުޅޭ އެތައް މިލިއަން ބަޔަކު. ތިއިން ކާރެއް ނުގަނެ އެ ފައިސާ އެ މީހުންނަށް ހަރަދު ކުރިނަމަ ކުޑަ އަވަށަކަށް އަހަރެއް ވަންދެން ކާންވެސް ދެވުނީސް" ކައިލީގެ ފޭނެއް ނުރުހުން ފާޅު ކުރުމުގެ ގޮތުން ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވެއެވެ.

ކައިލީ އޭނާގެ ބައެއް ކާރު ތަކާއި އެކު

"ކައިލީ އެބަޖެހޭ ކެމްޕޭނެއް ފަށަން ކިޔަވަން ފައިސާ ނުލިބިފަ ކުދިންނަށް އެހީތެރިވާން. ތިހެން އުޅެގެން މުޖުތަމައު އަށް އެއްވެސް ފައިދާ އެއް އެބަ ކުރޭތަ؟ އިތުރު މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.

މީގެ އިތުރުންވެސް އެތައް ބަޔަކު ނުރުހުންވެ ޝުއޫރު ފާޅު ކުރުމުން ކައިލީ ވަނީ އޭނާ ހިއްސާ ކުރި ކާރުގެ ވީޑިއޯ ޑިލިޓް ކޮށްފާލައެވެ. މިއާއި އެކު ގިނަ ބަޔަކު ބުނަމުން އަންނަނީ އެއީ ރަނގަޅު ނިޝާނެއް ކަމަށާއި ކައިލީ އިސްލާހު ވާނެ ކަމަށް ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިޮފަލިނަރަ

    ރަގަޅު .. ކޮމެންޓެއް

  2. ކަކަކަކ

    ކައިޒިން އެންމެ ފަހުން ގަނެގެން އުޅެނީ 17 ފޫޓް ގެ ބޮށްކުރަ އެށް. އޭނަ ވެސްނުލާ އޭތި އިންތާ އަކަށް،،.