ޕެރިސްގެ ހޮޓަލަކުން ސިގިރެޓެއް ބޯން ބޭރަށް ނުކުތް ޖަޕާނުގެ މީހެއްގެ އަތުކުރީ އޮތް 840،000 ޑޮލަރުގެ އަގުބޮޑު ގަޑި ޖަހައިގެނެގެން ގެންގޮސްފިއެވެ.

އޭނާގެ ގަޑި ޖަހައިގަނެގެން ގެންދިޔަ މައްސަލަ މިހާރު ފުލުހުން ދަނީ ބަލަމުންނެެވެ. އޭނާގެ އަތުން އެ ގަޑީ ޖަހައިގެން ގެންގޮސްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާ ބުނީ، އޭނާގެ އަތުން ގަޑި ޖަހައިގެން ގެންދިޔަ މީހާ ފުރަތަމަ އޭނާގެ އަތުގައި ހިފީ ކަމަށާއި، އަދި އެ ގަޑި ޖަހައިގަނެެގެން އޭނާ ވަގުތުން ދުއްވައިގަތީ ކަމަށެވެ.

އެ ގަޑިއަކީ އަގުބޮޑު ރިޗާޑް މިލޭ ބްރޭންޑްގެ ލަގްޒަރީ ގަޑިއެކެވެ.

އެ ގަޑި ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެ ގަޑި ޖަހައިގަނެގެން ގެންދިޔަ މީހާގެ ފޯނު އޭނާއަށް ދެވުނީ ބިން މައްޗަށް ވައްޓާލާފައެވެ. އެފ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެ ގަޑި ވަގަށް ނެގި މީހާ ހޯދިދާނެ ކަަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގައި އަގުބޮޑު އެއްޗެހި ޖަހައިގަނެގެން ދާ މައްސަލަތަކާިއ، ވަގަށް ގެންދާ މައްސަލަ ވަނީ ވަރަށް ބޮޑު ވެފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަގުބޮޑު ރިޗާޑް މިލޭގެ ހަތަރު ގަޑި ވަނީ ޕެރިސް ގައި ވަނީ ވަގަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު