މިއަދު މާލެގެ މަގުމަތީގައި ހުރި ސައިކަލެއްގައި އަޅުވާފައިވާ ހެލްމެޓެއް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.

އާއްމު ވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އޭޑިކޭ ހޮސްޕިޓަލު ކައިރީ ހުރި ސައިކަލެއްގައި އަޅުވާފައިވާ ހެލްމެޓެއް ނެގުމަށްޓަކައި ޒުވާން ފިރިހެނަކު އެ ސައިކަލު މަތީގައި އިށީނދެލައިގެން އިންނަ މަންޒަރު ފެނެއެވެ. އަދި ވަރަށް ރަނގަޅަށް ދެކޮޅު ބެލުމަށް ފަހު މީހަކު ނުބަލާކަން ޔަގީންވުމާއި އެކު އޭނާ ވަނީ އެ ހެލެމެޓު ވަގަށް ނަގައިގެން އެ ސަރަހައްދުން ފިލާފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެވަގުތު އެމީހާ އަތުގައި ކޮތަޅެއްވެސް އޮތެވެ. ވަގަށް ނަގާފައިވާ ހެލްމެޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތެއްގެ ހެލްމެޓެކެވެ.

އޭނާ ބުނާގޮތުން އޭޑީކޭއަށް ޑޮކްޓަރަށް ދެއްކުމަށް ފަހުގައި ސައިކަލަށް އަރަން ބެލިއިރު ހެލްމެޓް ވަނީ ވަގަށް ނަގާފައެވެ.

"ދެންމެ އަޅުގަނޑު އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ވަދެފަ ނިކުތްއިރު ހެލްމެޓެއް ނެތް. ނަމްބަރު ޖެހޭތީވެ އަވަހަށް ދިޔައީ ހެލްމެޓު ނުނަގާ. ހުޅުމާލެ އަށް ނުދެވިފަ މިހުރީ، ކުރިމަތީ އިން ސީސީޓީވީ ފުޓޭޖް އިން މި ފެނިވަޑައިގަންނަވަނީ. އެއްވެސް މީހަކަށް އިނގޭތަ މިއީ ކާކުކަން؟ ހެލްމެޓެއް ނުލިބެނެއް ނޫން. އެކަމު މިއީ ތަންކޮޅެއް ބޮޑުވަރު" މި ވީޑިއޯ މީސް މީޑިއާގައި ހިއްސާ ކުރި އަންހެން މީހާ ބުނެފައި ވެއެވެ.

 

ވީޑިއޯ އިން އެ ފެންނަ މީހާ އެނގޭނަމަ އެއީ ކާކުކަން އަވަހަށް ބުނެދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޏނ

    ﷲ ގެއަޒާބަށް ބިރުވެތިވޭ! ތިއައްވުރެ މާފުރިހަމަޢަށް ބައްލަވާ ވޮޑިގެންވޭ!

    98
    1
  2. ޔާމިން

    ރ.ނަޝީދު

    25
    25
  3. ހިހި

    ހުޅުމާލެ ނުދެވިފައޯ. އެކަމަކު ފަހުން މިކިޔަނީ ހެލްމެޓެއް ނުލިބިގެންނެއްނޫނޯ

    16
    57
    • ވަހީދު

      މުޅި ޚަބަރުން ވެސް ކަލެއަށް އަޅައިގަތީ އެވާހަކަދޯ؟

      48
      5
  4. ސާރިދޯހޮޅި

    ހެލްމެޓް ވަގު

    56
    3
  5. ސެާ ކުރަންވީ

    ޢަސްލު ވަރަށް ރަނސަޅު ކަމެއް ތިކުރީ މި ވީޑިޢޯ ޝެއާކުރުން. މިކަހަލަ މީހުން ހަމަ ބޭޒާރު ކުރަންވީ

    90
    3
  6. ބުޅާ

    ހެލްމެޓު ވަގު... ބޮޑު ވަގު...

    48
    4
  7. ހުސޭނުބޭ

    ހެލްމެޓު ވަގު ބޭޒާރުވީ.. ހެ ހެ ހެ.. ޕަކާސް.. ގަައިމު އެސޮރު ދަންނަ މީހުންވެސް އެވީޑިއޯ ބަލާނެތާ... މުޅި ހާންދާނަށް ވެސް ލަދު.....

    60
    3
  8. ހޭންޑްސަމް ބުރުމާ

    ޖުމްހޫރީ ޕާޓީ މީހަކާ ވައްތަރީ. މިއީ ރައްޔިތުންގެ ބައިތުލް މާލު ދަވާލައިގެން އުޅޭ މީހާ.

    20
    13
  9. ބިލް

    ސްޓްޕިޓް ???

    14
    1
  10. ޙަނޫން

    ތީ ކާކުކަން އިނގޭ

    16
    3
    • ގާރލް 7

      ދެން ބުނަންވީނުން... ޕަބްލިކަށް ހާމަކުރަން ބޭނުން ނުނިއްޔާ ފުލުހަށް ނޫނީ ހެލްމެޓްގެ ވެރިފަރާތަށް މައުލޫމަތު ހާމަކުރޭ... ނޫނީ އިތުރު ސިފައެއްގައި ތިބާއަށްވެސް ތިޔަ ވައްކަމުގައި ތިޔަ ބައިވެރިވެވުނީ...

      31
      1
  11. މީން

    ތީ ވަރަ އް ދެެރަކަމެ އް. ކޮންމެމީހެ އްގެ މުދަލަކީވެސް އެމީހަކަށް އަގުހުރި އެއ އްޗެ އް .ހެލްމެޓް އެހެން އަޅުވާފަނުގޮސް ހިފަ އިގެންދިޔަނަމަ....

    15
    8
    • އަޙްމަދު

      ދެން ކަލޭ ސަ އިކަލު ގެންދަންވީނު. ބަހަ އްޓާފަ
      ދިޔައ އިމަ.

  12. ީިހެ

    ޢަހަންނާ އަހަރެންގެ2 ކޮައްކޮ ޔާ
    އެތަނުން އެކެއްގެ ފިރިމީހާޔާ މާލެގޮސް ހަމަސޯސަން މަގުން ސިންދިތާޔަށް ވަދެފަ އެތާކައިރީ ހުންނަ އަގޯރާޔަށް ވަދެފަ ނުކުން އިރު ހެލްމެޓް ވަގަންނަގާފަ އޮތީ އަދިއެއީ އޭނަގެ10 އަހަރުގެ ދަރިފުޅުގެ ހެލްމެޓް ޢޭތިފަސޭހަވެގެން އަޅައިގެން ދިޔައީމަ ގެއްލުނީ.. ޢެދުވަހު ދެންއަންނަން
    ޖެހުނީ ތިމާގެމީހޭއްކައިރިއަށް ގޮސް ހެލްމއޓް ހޯދައިގެން އޭނަބުނީ އަބަދުވެސް ދަނީސައިކުގަ އަޅުވާފައެ ދުވަހަހުވެސް ނުނަގައޭ އެކަމަކު އެދުވަހު ނަގައިފި .. ޙެލްމެޓް ވަގު..

    10
    1
  13. ޟަފް

    މަޖީދީމަގުގަ ދެކޮޅައް ބޫސްބޫސް ލާފަ ވަރައް ހިގާ ސޮރެެެެއް ތީ.. މަ ގާތުވެސް ބުނި ބޭސް ސިޓީ އަކަށް ބޭސް ނަގަން 200ރ ދީބަލާ ށޭ ..ހަމަ ވަގެެއް

    14
    • ޔައު

      ފަގީރު ސޮރެއް ދޯ

      3
      7
  14. ިިިިިިިިިިޮޮލޮކޮ

    ތިޔައީ ނ.ފޮށްދޫ އަައްލާމު