ގޭމްގެ އަވާގައި އެތައް ބަޔަކު ޖެހިއްޖެއެވެ. އެއާއި ނުލާ އެވެރިންނަށް ނޫޅެވޭ ހިސާބަށް ކަންކަން ހިނގައްޖެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައެވެ. އެއްބަޔަކު ގޭމްތަކުގެ އަވާގައި ޖެހި މަރުވަނީއެވެ. އަނެއް ބަޔަކު އުފަލާއި، މަޖާ އަދި ލޯބި ވެސް ހާސިލްކުރަނީ ގޭމް ކުޅެގެންނެވެ. މިހާރު ގޭމްގެ ޒަރިއްޔާއިން ދިމާވެ އެކުގައި ދުވަސްތައް ހޭދަކޮށް، އެންމެ ފަހުން ޒަވާޖީ ހަޔާތެއް ފަށައިގަނެގެން އުޅޭ ދިވެހިން ވެސް މަދެއް ނޫނެވެ.

މިއީވެސް ގޭމް ތެރެއިން ދިމާވެގެން ދެމީހެއްގެ ހިތުތެރޭގައި ލޯބި އުފެދި ކައިވެންޏާ ހިސާބަށް ދިޔަ ގޮތުގެ ވާހަކައެވެ. އައްޑު އަތޮޅަށް ނިސްބަތްވާ ދިވެހި އަންހެނަކާއި ލ. އަތޮޅު ފިރިހެނަކާއި ދެމެދު އުފެދުނު މި ގުޅުން ޒަވާޖީ ހަޔާތާއި ހަމައަށް ދިޔަ ގޮތުގެ ވާހަކަ އެމީހުން ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް ސަބަބުތަކަށްޓަކައި އެފަރާތްތަކުގެ އަސްލު ނަން މި ވާހަކައިގައި ހިމަނާފައެއް ނުވާނެއެވެ.

އައިލީން (އަސްލު ނަމެއް ނޫން) އާއި އިފާޝް (އަސްލު ނަމެއް ނޫން) ދެ މީހުން ދިމާވީ އައިލީން ޕަބްޖީ ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ދެ މީހުންނަކީވެސް ފޯރީގައި ޕަބްޖީ ކުޅޭ ދެ މީހުންކަމުން، އެކަކު އަނެކަކު، ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި، އެތައް ފަހަރަކުދެ މީހުންނަށް އަނގަތަޅަން ޖެހުނެވެ.

އަދި ޕަބްޖީ ކުޅޭއިރު، މި ދެ މީހުން ދައްކާ ވާހަކަ ހުހެއް ނުވެއެވެ. ދިރިއުޅުމުގެ އެކި ވާހަކަތަކާއި، ކައިރީގައި ކަންކަންވަމުންދާ ގޮތްވެސް ދެ މީހުން ވެސް ކިޔައިދެމުން ދެއެވެ. އިތުރު މީހުންނާއެކު، މި ގޭމް ކުޅެމުން އަންނައިރު، މި ދެ މީހުންގެ އަނގައެއް މަޑެއް ނޫނެވެ.

މިގޮތަށް ދިމާވެ، އެންމެ ފަހުން ދެ މީހުން ވަކިންވެސް މެޗްތަކަށް އަރާ، ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދިއްޖެއެވެ. އަދި ފޯން ނަމްބަރު ހޯދައިގެން ގުޅަން ފެށިއެވެ. ދެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުމަށް ހަ މަސް ވީ ފަހުން، އިފާޝް އައްޑޫ ސިޓީއަށް ދިޔައީ ޗުއްޓީއަކަށެވެ. އައިލީން އާއި ބައްދަލުކުރަންށޭ ވެސް ބުނެވިދާނެއެވެ. މި ދަތުރުވެގެން ދިޔައީ، ދެ މީހުންގެ ހަޔާތުގެ އާ ސަފްހާއެއް ހުޅުވާލެވުނު ދަތުރަކަށެވެ.

އައިލީންގެ އާއިލާއިން އިފާޝް ބަލައިގަތީ އުފަލުންނެވެ. އިފާޝް އެނބުރި ރަށަށް އައީ، އައިލީންގެ އިތުރުން، މުޅި އާއިލާގެ ރުހުމާއި، ލޯބި ހޯދައިގެންނެވެ. ކައިވެނި ކުރާނެ ތަނަކާއި، ތާރީހުވެސް ކަނޑައަޅާފައެވެ. ހަރަދު ބަރަދާއި، ހަނީމޫނަށް ދާނެ ތަނަކާއި، ދިރިއުޅޭނެ ތަންވެސް ކަނޑައެޅުމަށްފަހު، ހުރިހާ ކަމަކަށް ރުުހި ގަބޫލުވެގެންނެވެ.

އޭގެ ފަހުންވެސް ދެ މީހުން ޕަބްޖީ ކުޅުމުގައި ކޮންމެ ދުވަހަކު ވަގުތު ހޭދަކުރެއެވެ. ގްރޫޕްތަކާއި އެކުގައި އާއި ވަކިންވެސް ކުޅެ ހަދައެވެ.

"ދެ މީހުންގެ ތެރޭ ބައެއް ފަހަރު މައްސަލަވެސް ޖެހޭ ޕަބްޖީ ކުޅޭއިރު" ހެމުން ހެމުން އައިލީން ބުންޏެވެ. ނަމަވެސް ދެމާހުންގެ ގުޅުމަށް ބުރޫއަރާފަދަ ކަމެއް ނުވާކަމަށް އޭނާބުންޏެވެ.

ދެ މީހުންގެ ގުޅުމަށް އަހަރެއް ވީ ދުވަހަކީ، ދެ މީހުުންގެ ކައިވެނީގެ ގޮށް ޖަހާލެވުނު ދުވަހެވެ. އެރޭވެސް ދެ މީހުން ކައިވެނީގެ ހަފްލާގައި ތިބެގެން ޕަބްޖީ ކުޅުނެވެ. ދެ މީހުންވެސް ދިން ނަސޭހަތެއް އެބަ އޮތެވެ.

ދެ މީހުން ދެ މީހުންނަށް ތެދުވެރިވެ ވަފާތެރިވާށެވެ. ކޮންމެ ކަމެއްގައިވެސް ދެ މީހުން ދެ މީހުންނަށް އެހީވެ ލޯބިން އުޅުމަށެވެ. އަބަދުވެސް ލޯތްބާއި އަޅާލުން، އަދި ވަގުތު ދޭށެވެ. އޭރުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވެ، އެކަކު އަނެކަކަށް އިތުބާރުވެސް ކުރާނެއެވެ. އެއީ މި ދެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުމުގައިވެސް އެންމެ އިސްކަމެއް ދިން ކަންކަމެވެ. ދެ މީހުން ބޭނުންވަނީ ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް، މުޅި އުމުރު އެކީގައި ހޭދަ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަސަންޑި

    އެމް.އެންޑީ.އެފް އަށް ދެކުދިން ވައްދާފަ ބަhައްޓާ

    49
    3
  2. ޢާސީ

    މީޗަކި ޕަބްޖީން ދިމާވެގެނެއްނޫން ދިވެހިޒުވާން ގިނަކުދިން އުޅެންބޭނުންވާ ވައްތަރު މަސައްކަތެއް ނުކޮށް ގޭމުކުޅެފަ ހުސްވަގުތު ނިދާފަ ކޮންމެވެސްމީ ހަކުއަތުން ލާރިއެއްހޯދައިގެން ކޮފީއައް އަރައި ހަތަރުދަމު އެތާތެރޭ ތާސްކުޅެ ސަކަރާތް ޖަހަން ތިބުން..ކީކޭތޯ

    107
    6
  3. ނަސީމު

    ދެން ދެމީހުން ނިދަން އަރާވެސް ޕަބުޖީ ކުޅެލަކުޅެލާތިބޭ. އަހަރުނަނަށް ކިއެއްތަ.

    107
    2
  4. ހާނީ

    ހޯ އަހަރުން ނަށް ކީއް..?

    62
    1
  5. ހަހަހަ

    ހަހަހަ ޕަބްޖީ ކުޅޭ ދެމީހުން އަހަރުންނަށް ދޭން އޮންނާނީ ކޮން ނަސޭހަތެއްތަ

    82
    3
  6. ދިވާނާ

    ދެބޮޓުން ދޯ

    49
    1
  7. ބަފާބެ

    ކިތަށްރޭ ފަތިސް ނަމާދު ކުރިބާ....

    78
    3
  8. ބޮކަރު އާދަމް

    ބޯހަލާކު
    ކުރާނެ ކަންތައް ހުސްވީތަ

    28
    1
  9. ޒައިޝާ

    ޕަބްޖީ ގާރލް ދޯ

    27
  10. ރާފުޅި

    ޑުރަނޭކިޔާ

  11. އޭނާ

    އަޅުގަނޑަކީ ސަރުކާރުގެ އޮފީހެއްގައި ޒިންމާދާރު މަގާމެއްގައި މަސައްކަތް ކުރާ މީހެއް، އަދި އަޅުގަނޑުގެ ފިރިމީހާ އަކީ ޝިފްޓް ޑިއުޓީ އަދާކުރާ ދިވެހި ފުލުހެއް، އަޅުގަނޑު ވެސް އަދި އަޅުގަނޑުގެ ފިރިމީހާ ވެސް ނަމާދަށް ފަރުވާތެރިކަން ބަހައްޓާ ނަމާދު ވަގުތުން ކުރަން. އަޅުގަނޑުމެން ވެސް ޕްބްޖީ ނުކުޅޭ ދުވަހެއް ވަރަށް މަދު ވާނެ. އެއްކޮށް އެއްގޭމަކަށް އިތުރު ދެ ރައްޓެހިންނާއި އެކު އާންމުކޮށް އަރަނީ.. އެހެން ވީމަ ގޭމް ކުޅެނީ މަސައްކަތެއް ނުކުރާ ޒިންމާއެއް ނުއުފުލާ މީހުންނޭ ބުނެވިދާނެބާ؟؟ ދިވެހިންގެ ވިސްނުން ތަންކޮޅެ ޕޮޒިޓިވް ވާން ޖެހޭ އެބަ ކޮންމެ ކަމެއްގަ ވެސް ނެގެޓިވް ވިސްނުނުން ގެން ގުޅުމުގެ ބަދަލުގައި

    14
    7
  12. ތިއޭ އެއްކަލަ

    މަގޮލާ ތި ޕަބްޖީ އެއް ކުޅެކުޅެ މިހާރު އުމުރު ހުސް މިވަނީ . ދުވަހަކުވެސް އަންހެނަކާ ދިމައެއް ނުވޭ. ހުސް ފިރިހެނުންނާ ދިމާވަނީ. ކީއްތަ ވާނީ ޕޮލޭންޑް ހިސާބެއްގެ ކުއްޖަކާ ވިޔަސް ދިމާވެއްޖެއްޔާ

    • ބޮޓު

      ????މަވެސް ތިހާލުގަ