އަނބިމީހާއަށް ވަށްކޮށް ރޮށި ދަމަން ނޭނގޭތީ ފިރިމީހާ އޭނާ ވަރިކޮށްފިއެވެ.
އިންޑިޔާގެ އުއްތަ ޕްރަދޭޝްގައި މި އަންހެން މީހާ ވަރިކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އިންޑިޔާގެ ނޫސްތަކުން މިކަމާއި ހަވާލާދީ ބުނެފައިވަނީ، މި ދެ މީހުން ކައިވެނިކޮށްގެން އުޅޭތާ 2 އަހަރާއި 3 މަސް ވީއިރުވެސް އަދިވެސް ވަށްކޮށް ރޮށި ދަމަން ދަސްނުވާ ކަމަށެވެ. އެހެންވެ އޭނާ މި އަންހެން މީހާ ވަރުކުރީ އެވެ.
"ކައިވެނީގެ ކުރިން ބުނީ ކައްކަން އެނގޭ ކަމަށް. އެކަމަކު ހެޔޮވަރަށް ލޮނު ލާންވެސް އެނގުނީ ކައިވެންޏަށް އަހަރު ވީ ފަހުން. މިހާރު ކައިވެންޏަށް 2 އަހަރު ވިއިރު، އަދިވެސް ވަށްކޮށް ރޮށި ދަމާކަށް ނޭނގޭ. ހީވަނީ އިނޑިޔާގެ ޗާޓު ހެން". އެ ފިރިހެން މިހާ ޓައިމްސް އޮފް އިންޑިޔާއަށް މަޢުލުމާތު ދެމުން ބުނެފައިވެއެވެ.
މި ފަހަކަށް އައިސް އިންޑިޔާގައި މިފަދަ ކުދި ކުދި މައްސަލަތަކާއި ގުޅިގން ވަރިކުރާ ނިސްބަތް މިވަނީ އިތުރު ވެފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅިގައި، ފިރިމީހާ ނިދީގައި ގުގުރި ދަމާތީވެސް އަންހެނަކު ވަނީ ވަރިވާން އެދިފައެވެ.
ޢަހަންނަށް އިގޭ ވައްކޮން ރޮށިދަމަށްވެސް ގުގުރިދަމަށްވެސް
އެހެން ސިފައެއްގައި ރޮށި އޮތިއްޔާ އެހެން ރަހައެއްލަނީތަ؟
ދޯ
ދެން ރޮށި ވަށްވި ތަ