މި އަންހެން މިހާގެ ކުށަކަށްވީ ކުރީގެ އަނބިމީހާއަށް ވުމެވެ. މި އަންހެން މީހާގެ ކުރީގެ ފިރިމީހާ އާއި، އާއިލާ މީހުން އޭނާ ރޭޕްކުރީއެވެ. އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި މި ހާދިސާ ހިނގިއިރު، އޭނާއަށް ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންވެސް އަނިޔާ ދީފައި ވެއެވެ. މި ހުުރިހާ ކަމެއް ހިނގާ ދިޔައީ އެ އަންހެން މީހާގެ ދެ އަހަރުގެ ދަރިފުޅުގެ ކުރިމަތީގައެވެ.

އިންޑިއާ ފުލުހުން މިއަދު ބުނިގޮތުގައި، އުމުރުން 28 އަހަރުގެ ކި އަންހެން މީހާއަށް ވަނީ އެސިޑްވެސް ބޯން ދީފައެެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކުރީގެ ފިރިމީހާއާއެކު ފަސް މީހަކު ވެގެން މި އަންހެން މީހާ ރޭޕްކުރުމަށްފަހު މި އަންހެން މީހާ މަގުމައްޗަށް ދޫކޮށްލާފައި އެ މީހުން ދިޔައީއެވެ. މި މީހުން އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މި އަންހެން މީހާ ބުނިގޮތުގައި، އޭނާ ރޭޕްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ދަރިފުޅާއެކު ފަހާ ތަނަށް ދިޔަ މަގުމަތީގައެވެ. އޭނާ ބުނީ، ކުރީގެ ފިރިމީހާ އާއި އޭނާގެ އާއިލާގެ މީހުން، އޭނާއާއި ދަރިފުޅު ޖަހައިގެނެގެން ގެންދިޔައީ ކާރެއްގައި ކަމަށެވެ.

އެ މީހުން ގެންގޮސް އަންހެން މީހާގެ ގައިގާ ތަޅާ އޭނާ ރޭޕް ކުރީ ކަމަށް މި އަންހެން މީހާ ބުންޏެވެ.

،މި އަންހެން މީހާ ބުނިގޮތުގައި، އޭނާ ރޭޕްކުރުމަށްފަހު ގައިގާ އަލިފާން ޖެއްސީ ސިގިރެޓެއް ބޭނުންކޮށްގެންނެވެ. އަދި އޭގެ ފަހުން އޭނާއަށް އެސިޑް ބޯން ދިނީއެވެ. އެސިޑް ބޯން ދިނުމުން، އޭނާގެ ހެއަށް ގޮތްވިއިރު، ދެ މައިން އެކުގައި މަގުމައްޗަށް އެއްލާލާަފައި އެމީހުން ވަނީ ފިލާފައެވެ.

މި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ. ފުލުހުން ބުނީ ތަހުގީގަށް އެނގުނު ގޮތުގައި، މި އަންހެން މީހާ ރޭޕް ކުރުމުގައި ބައިވެރިވި މީހާ އާއި، އެ އަންހެން މީހާ އުޅުނީ މީގެ އަށް އަހަރު ކުރިން ކައިވެނިކޮށްގެންނެވެ. އަދި އެ ދެ މީހުންގެ ދެ ކުދިންވެސް ތިބެއެވެ.

އަދި އޭގެ ފަހުން މީގެ އެއް އަހަރު ކުރިން އެ އަންހެން މީހާ އެ ފިރިހެން މީހާ ދޫކޮށްލުމަށްފަހު އެހެން މީހަކާއި،ކައިވެނި ކުރީއެވެ. އަދި މައްސަލަ ޖެހުނީ އޭގެ ފަހުން ކަމަށް ވެއެވެ.

މި މައްސަލާގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެެވެ.

މިއީ މިހާރު އިންޑިއާގައި ކަން ހިނގަމުން އަންނަ ގޮތެވެ. އިންޑިއާއަކީ އަންހެނުންނާއި، ކުޑަ ކުދިންނަށް ރައްކާތެރި ގައުމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެެއެވެ.