މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ “ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް” ގައި ތަޤްރީރު ކުރެއްވުމަށް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ، މާރިޔާ އަހުމަދު ދީދީ، "އުދުހޭ" ފޮޓޯތަކެއް އެކަމަނާ އާންމުކުރައްވައިފިއެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހާއި ގުޅިގެން، އުމުރުފުޅުން 57 އަހަރުގެ މާރިޔާ ކުރެއްވި ޓްވީޓެއްގައި މި ފޮޓޯތައް އާންމު ކުރައްވަމުން ވިދާޅުވީ، އުދުއްސައިގަތުމުގައި އެއްވެސް އަންހެނެއްގެ އުމުރު ހުރަހަކަށް ނުވާނެ ކަމަށެވެ. މި ޓްވީޓުގައި އެކަމަނާ ވަނީ ދުވަހުގެ ތަހުނިޔާ އެންމެހައި އަންހެނުންނަށް އަރިސްކުރައްވާފައެވެ.

“ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް” ގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދަޢުވަތަށް މާރިޔާ ޔޫއޭއީއަށް ވަޑައިގަތީ ނިމިދިޔަ ހަފްތާގައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެކަމަނާ ޔޫއޭއީގެ ބައެއް އިސް ފަރާތްތަކާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާކަން ހާމަކުރައްވާފައި ވާއިރު، އެޤައުމުގެ ބައެއް ފަތުރުވެރި މަންޒިލްތަކަށް ވަޑައިގެން އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑީއާގައި ވަނީ އާންމު ކުރައްވާފައެވެ.

https://www.instagram.com/p/B3dn2iwg9jb/?utm_source=ig_embed&utm_campaign=dlfix

މާރިޔާ ޔޫއޭއީއަށް ވަޑައިގެންނެވީ އެކަމަނާގެ ދަރިކަލުންނާއެކު އެވެ. އެކަމަނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަތުރަށް ދައުލަތުން އެއްވެސް ފައިސާއެއް ހޭދަކޮށްފައި ނުވާކަމަށާއި، އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި "އާއިލާ މެމްބަރަކަށްވެސް" ދައުލަތުން ޚަރަދު ކޮށްފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނެތީމޭ

    ތަމެން ތިޔާއީ އުދުހެނީތޭ ތަމެން ތިޔާއީ އުދުހޭ ކަމަށްވަނީ ނަމަ މަމެން ލިވިންގް ރޫމްގެ ސޯފާ ގައި އިށީނދެގެން ތިބެ ވެސް އުދުހެނީއޭ ބުނެވިދާނެއޭ ...

    47
    2
  2. ކިނބޫ

    މަށަށް ފެންނަނީ އުދުހޭ ތަނެއްނޫން. ވެއްޓޭތަން.

    96
    3
  3. ރައްޔިތު އާދަނު

    މާރިޔާމެން ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އުދުހެމުންދާއިރު އަހަރެމެން މިތިބީ މިގައުމުގެ އަސްދަނޑިތެރޭ ތާށިވެ އަތާއިއަނގަޔާ ދިމާނުވާ ހާލަތުގަ. އަނބިދަރިންނަށް ތިންއިރު ބަނޑުފުރެެންދެން ރަނގަޅަށް ކެވޭނެގޮތެއް ނެތިފަ.

    84
    2
  4. ބޮއިކަޓް ޢަލީ

    ދައުލަތުގެ ހަރަދުގައި އިތުރު ދުވަހެއް ޗުއްޓީގައި ދޯ؟؟!

    87
    2
  5. އިބަރ

    ކޭވަރު އެންގޭނީ ބިތުފަންގި ވެއްޓޭ ދުވަހަކުން.. އެދުވަސް ވަރަށް އަވަހަށް ފެންނާނެހެން ހީވަނީ

    99
    4
  6. އަހްމަދު

    ދައުލަތުން ޚަރަދު ނުކުރެއޭ ބުންޏަސް މިހާރު އަހަރެން ތިވާހަކަތައް ގަބޫލެއްނުކުރާނަށް.

    101
    3
  7. ޖަޒީރާ

    ޢުދުހެން ވަކިއުމުރެއްނެއް ނަމަވެސް ރައްޔިތުންގެ ހަޒާނާއިން އުދުހެން ގަވާއިދެއްއޮވޭ ބަޖެޓް ފާސްކުރާތަނުން ވަނީހުސް ކާންވެސް ނެއްވަކިއުމުރެއް ހުސްކޮއްލަވީލިބޭފުރުސަތުގަ.

    69
    1
  8. ާއަހުމަދު

    މެގަމޯޑިވުސް ހެދީވެސް ސަރުކާރުން ހަރަދު ކޮއްގެން ނޫން އާއިލާ ގޮވައިގެން ޗުއްޓީއަށް ދާން ހަަރަދުުކުރަން ޖެހޭތަ

    53
  9. ކކކކ

    މާމަގަނޑު އުޅޭ ފާޑެއް

    64
    4
  10. ެުއުދުހޭ މާރީ

    އުދުހެންވީ ދައުލަތުގެ ހަޒާނާ ހިތަކަށް ލިބުނީމަ.. މިހުރިހާ ދުވަހު ޑުބާއި އޮތްކަމެ މާރިޔާއަށް ނޭގުނީތަ ކުރިން ތިގޮތަށް ދަރިންގޮވައިގެންގޮސް އުދުހެން.. މިހާރު އުދުހެވެނީ ޖީބަށް އެގުމެނެތި ފްރީކޮށް އުދުހެވެންއޮތީމަ.. އަހަރެމެން ރައްޔުތުންގެ ބައިތުލްމާލު ހުސްވީ މިއެއްމެން މިގޮތަށް އުދުހޭތީ..

    37
  11. ޝަރީފް

    ތިއެެއް އެނގޭނީ ފަހުން

    33
  12. ކްލޯސްޑް

    ދީނުގެ ނަމުގައި ހަމަނުޖެހުން ހިންގަން ފުރުސަތެއް ނުދެވޭނެ

    24
    3
  13. ޑރ. ރާމީ މ. ޥައިނުޖެހޭގެއާގެ

    ތިރީގައިވާ ކކކކ އަށް. 7 ގުދު އޮތް މީހާ އެންމެ ގުދެއްވެސް ނެތް މީހާ އަށް އިނގިލި ދިއްކުރުމަކީ މާ ރަނގަޅު ކަމެއްހެނެއް ހީއެއް ނުވޭ. އުމުރަކީ ގުދުރަތުގެ ނިޔާ. ކަސްރަތު ކުރުމާއި ފިޓް މީހުން ކުރާކަންތައް 57 އަހަރުން މަތީ މީހަކަށް ކުރެވޭނީ ވަރަށް ބޮޑަށް ބުރަމަސައްކަތުން ކަސްރަތު ކޮށްފައިހުރީމާ. 57 އަހަރުގެ ފިޓް އަންހެނަކު މުސްކުޅިއެއް ގޮތަށް ލޮލަށް ފެންނަ ކަމަށް ވަނީނަމަ ނަންބަރު އައިނެއް އަޅަން ފެނޭ.

    7
    22
  14. މުބީނު މާރނީ

    ޑޮކްޓަރ ރާމީ އެވިދާޅުވީ ތެދުފުޅެއް. މުހައްމަދު ޖަމީލް ވިދާޅުވެފައިވަނީ، "ހިތް މުސްކުޅި ނުވާނަމަ މުސްކުޅިއެއް ނުވާނެ" ކަމުގައެވެ.

    9
    11
  15. ށުމަން

    މާރިއާ ގެ ޕާރޓީ އަށް ވޯޓް ވިިއްކީ ދިވެހި ރައްޔިތުން. މިއަދު މަރިޔާ ފެތި އަސް ކަލޭމެން ދެން ތިބޭ ނުކައި ބަނޑަށް. ކަލޭ މެން ބޭނުން ވި ގޮތް މީ. ދައުލަތުގެ މާލު ތަޅާ ބުރުއްސަނީ މީ. ތުއްތު ކުދިން އެބަތިބި މި މާލޭ ހޮސްޕިޓަލް ތަކުގަ ރާއްޖޭން ބޭރަށް ފަރުވާ އަށް ޑރ ލަފާދީފަ އެކަމު އާއިލާ ގަ ތަނަވަސް ކަން ނެތި ނުފުރިފަ..

  16. ޜެޑު

    މެގަމޯލްޑިވްސް އިން ސަރުކާރައް ދައްކަންޖެހޭ ފައިސާ ކޮބާ