ނޯޓް: މިއީ ދެކުނުގެ އަތޮޅުގެ ރަށެއްގައި ދިމާވި ހާދިސާއެކެވެ. މި ހާދިސާގެ ރަށް ހާމަކުރަން ބޭނުން ނުވީ، އެ ވާހަކަަ ހިއްސާކުރި މީހާގެ އެދުމުގެ މަތިންނެވެ.

އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. އެއީ ހުކުރު ދުވަހެކެވެ. ސްކޫލްގައި އެކުގައި ކިޔަވަން އުޅުނު ރަހުމަތްތެރިންނާއެކު، ދަތުރު ދިޔައީ ރަށް ކައިރީގައި އޮންނަ ފަޅު ރަަށަކަށެވެ. ހުކުރު ގަޑިއަށް ރަށަށް އާދެވޭނެ ކަަމަށް އެންމެން ދިޔައީ ދަތުރަށް ވަރަށް ތައްޔާރުވެގެންނެވެ. ދަތުރުގައި މަޖާ ނެގުމާއި ފޯރި އޮތެވެ.

އެރަށަށް ގޮސް ސަކަރާތުގައި އެތައް ވަގުތެއް ހޭދަކޮށް، ހުކުރު ގަޑިއަށް އެނބުރި ރަށަށް އައުމަށް، ޑިންގީގައި ދަތުރު ފެށިއެވެ.

އެ ދުވަހު، އަލި ދީދީ (އަސްލު ނަމެއް ނޫޫން)ވެސް މޫދަށް ދިޔައީ އޭނާގެ ރަހުމަތްތެރިއަކާއެކުގައެވެ. އޭނާ މޫދުގައި އޮއްވައި، އޭނާއާ މާ ދުރުނޫން ހިސާބުން ބަޔަކު ކަނޑުވެގެން އުޅޭ މަންޒަރު އޭނާއަށް ފެނުނެވެ. އޭނާ އެކަމަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ.

"އޭނާ ބުނީ، އެ މީހުން ކަނޑުވެދާނެ ނޫން ހޭ ތިމަންނައަށް ކޮން ކަމެއް ހޭ" އެ ވާހަކަ ހިއްސާ ކުރި މީހާ ބުންޏެވެ.

އޭނާއަށް އެހެން ބުނެވުނީތީ މިއަދު އޭނާ ހިތާމަ ކުރެއެވެ. އެ ހާދިސާގައި ކަނޑުވީ އޭނާގެ ހުރި ހަމައެކަނި ދެ އަންހެން ދަރިންނެވެ. އެކަން އޭނާއަށް އެނގުނީ މާ ފަހުންނެވެ.

އެ ވާހަކަ އިނގޭ މީހަކު މައުލޫމާތު ދިންގޮތުގައި، އެ ޑިންގީ ކަނޑުވީ، ދަތުރުދިޔަ ގުރޫޕް އެނބުރި ރަށަށް އައުމުގެ ތެރޭގައެވެ. އޭނާ ބުނިގޮތުގައި، މީގެ ތެރެއިން އެކަކު މަރުވީ، ކަނޑުވި އޭނާގެ ކޮއްކޮ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

ދެ މީހުން ކަނޑުވި، މި ހާދިސާގެ ވާހަކަ އަލި ދީދީއަށް އެނގުނީ އޭނާ މޫދުން އައިސް، ފެންވަރަން ހުއްޓާ މީހަކު އައިސް އޭނާގެ ދެ ދަރިން ކަނޑުވެގެން އުޅެޔޭ ބުނުމުންނެވެ.

ކަނޑުވި މީހުންގެ ތެރެއިން އެކަކުގެ ކައިވެނީގެ ކަންކަން އޮތީ ކުރިއަށެވެ. އޭނާ ކައިވެނި ކުރަން އޮތީ އެ ހާދިސާ ހިނގާދިޔަ ރޭ ކަމަށް ވެއެވެ. އެހެން ނަމަވެސް އެ ނަސީބު ނުލިބި މި ފަނާވަނިވި ދުނިޔެއާ އޭނާ ވެސް ވަކިވާން ޖެހުނީއެވެ.

ކަނޑުވި ދެ މީހުންގެ ހަށިގަނޑު ހޯދިއެވެ.

އެކަމުގެ ޒިންމާ އަލި ދީދީ ނެގިއެވެ. އަލި ދީދީ އެ ދުވަހު، އެއްޗެހި ކިއުމެއް ނެތި އެ މީހުން ސަލާމަތްކުރަން ދެވުނު، އޭނާގެ ދަރިންވެސް އެ ދުވަހު ސަލާމަތް ކުރެވުނީސް ކަމަށް ގިނަ ބަޔަކު ބުންޏެވެ. ނަމަވެސް ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެތާއެވެ.

އެ ހާދިސާއަށްފަހު އަލި ދީދީއަށް އަންހެން ދަރިއަކު ނުލިބެއެވެ. މަރުވީ އޭނާގެ ހުރި ހަމައެކަނި ދެ އަންހެން ކުދިންނެވެ. ފަހުން އޭނާއަށް ލިބުނީވެސް ފިރިހެން ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ބޯކިބާ

  މިނޫހުގަ މިކަހަލަ ވާހަކަ ލިޔާއިރު އަބަދުވެސް މިއޮންނަނީ "މިއީ ދެކުނުގެ އަތޮޅުގެ ރަށެއްގައި ދިމާވި ހާދިސާއެކޭ". ދުވަހަކުވެސް މާލޭމީހަކަށް ދިމާވި ހާދިސާއެކޭ ނޯވޭ. މާލޭ މީހުނަށް ހާދިސާ ދިމާނުވަނީތަ. ނިކަން ހާޖަރާގޭ ލުތުފީއާއި ނޫނީ އަދީބުއާއި އިންޓަވިއުއެއް ކޮށްލަބަލަ، ލައްކަ ހާދިސާ ކިޔައިދޭނެހެން ހީވަނީ. މިދެން ހަމަ އައިޑިއާއެއް މިދިނީ.

  202
  32
  • ދޮންދީދީ

   ޑަކއޓަރުންނެކޭ އެއްގޮތަށް، ނުބައި ނުލަފާ މީހުންވެސް އެންމެ ގިނައީ ދެކުނުގަ ޚާއްސަކޮށް.
   މިއީޙަޤީޤަތް..
   ޜާއްޖޭގެކުށުގެ ރެކޯޑުތއް އެއޮތީ ފެންނަން...

   17
   4
 2. އާމިން

  ތީ ހި ނގި ކަމެއް. ތެދު ވާހަކައެއް

  73
  7
 3. ތާޖު

  އެއީ ތެދުވާހަކައެއް. ދެކުނުގެ ނަންމާއްޝްހޫރު ރަށެއް. ޢެރަށެއްގަ އަހަރެންވެސް އުޅެރަށް. މީގެ ތިރީހައްކަ އަހެހަރުކުރިން ރިޔާނެގި ބޮކުރައެއްގައި ހިގިކަމެއް. ކަނޑުއުޅީގެ ފުޅާމިނަކީވެސް 100 ވަރަކަށް ފޫޓް. އެއީ ހަމަ އިބުރަތްތެރިވާހަކައެއް.

  81
  3
 4. ބަހަނާ

  ދެންކޮބާތަ ތިޔަ މައްޝޫރު ނޫން ރަށެއް ހައްތަހާވެސް މަޝްހޫރު ރަށްރަށް
  މަޝްހޫރުވިޔަސް ނުވިޔަސް ރަށުގެ ނަން ހާމަކުރާކަށް އެނގޭމީހަކަށް ނުކެރޭނެ

  38
  6
 5. ކޮރަލް

  ކުރު އިބުރަތް ތެރި ވާހަކަ އެކެވެ. މިހާރު ނޫސްކިޔުން ހުއްޓާލާފަ ވަގުތުން ނޫސް ކިޔަން ވީ އެވެ.

  37
  11
 6. ހަބީބު

  މީގެ ވިހިއަހަރު ކުރީގައި ދެކުނުގައި ޑިންގީ ގެންގުޅުނުބާ

  33
  6
  • ހުސޭނުބޭ

   އާން! ގެންގުޅުނު!

   20
   1
  • ސުވަދީވް

   މީގެ 50 އަހަރު ކުރިން ދެކުނުގައި ޕާސްޕޯޓް ހެދޭ، އަމިއްލަ ބޭންކް ހުރި، ފޮޓޯ ނެގޭ، ބޮޑެތި 40 ރިޔާ ނެގި އޮޑިފަހަރު، ސައިކަލާއި ކާރު ގެންގުޅުނު.. މާލެ މާލެއަކަށް ހެދީ ދެކުނު ލޫޓުވައިގެން..

   67
   13
  • އިބިލީސް

   ކަލެޔަށް އިހަކަށް ދުވަހު ވިހި އަހަރު ފުރުނީމަ ހިތުން ދުނިޔޭގެ ދެކޮޅު ފެނިއްޖެ ހެން ހާދަ ހީވާކަހަލަ އެވެ

   23
   2
 7. އީސާ

  އަބަދުވެސް ދެކުނު އަތޮޅުގެ ވާހަކަ އެހެން އަތޮޅެއްގާ ކަމެއްނުހިގަނީތޯ

  29
  8
  • ބިގަރު

   ގޯސްކަމެއްކުރި ވާހަކަ، ނޫނީ ފަންޑިތައިގެ ވާހަކައެއްވިއްޔާ ދެކުނު މީހެއްގެ ވާހަކަ އޮންނާނީ. އެކަމަކު މިދިޔަ 5 އަހަރުވެސް އުޅުނީ މާލޭގަ ފަންޑިތަ ވަޅުލައިގެން މޮނިއުމެންޓުތައް ތަޅައިގެން ފެންފޯއްރުއް އުފުރައިގެންނޭ ކިޔަނީ.

   24
   6
  • އުތުރު

   އުތުރު އެއީ އޮންނަ ތަނެއް ނޫނޭ. ދެކުނެއްނު ތަނަކީ. ބަޔަކީ. ހުރިހާ ކަމެއް ދެކުނަށް. ވޯޓް ހޯދަންވީމަ އުތުރަށް

   26
   7
 8. މުޙައްމަދު ތަކުރުރުފާނު

  ދެކުނުގައި އިންސާނިއްޔަތާ ހިލާފު ކަން ކަން ހިނގާފައި ހުންނަލެއް ގިނަވީމަ ގިނަ ވާހަކަވެސް އޮތްނާނީ ދެކުނޭކިޔާަފައި.... އުތުރު ކިޔަން އުޅެގެން ކިޔޭނީ ހިތްހެޔޮކަމާ އޯގާތެރިކަމާއި ގައުމުގައި އުފެދުން ފަހުލަވާނުންގެ ވާހަކަ (ކުޅުދުއްފުށި ޝަހީދު ހުސައިން ފަދަ، އުތީމު ތިންބެއިން ފަދަ، ދުވާފަރު ދަންޑަހެލުފަދަ) ފާހަކަ ތަކުން ދިވެހިތާރީޙް މުއްސަނދިވެފައި ވަނީ،

  40
  5
  • ބުޅާ

   ޕޯޗުގީޒުން ރާއްޖެ ތަރައްގީކުރަން އުޅެނިކޮށް އުތުރުމީހުން އެމީހުން މެރީ. މިހާރު ތިބެނީ ރަށްދޫކޮށްފަގޮސް ލިބޭހާއެއްޗެއް މާލޭމީހުނަށްދީގެން ކުއްޔަށް. ދެން ކުލިއަތުލާފަ މާލޭމީހުން ބުނަނީ ކަލޭމެންތީ ބަތަލުންނޭ.

   8
   18
 9. ލަމް

  އެއީތެދެކޭ ބޮއްކުރާ ޑިންގި ދުއްވާނެ. ހެހެހެ
  ކުރީގަވެސް ރިޔާނަގާ ބައްތެލިވެސް ދޯކުދިން.
  އަހުންވެސްމިތިބީ ތިބުނި ބައްތެލިޔާ ބޮއްކުރާ ޑިންގި ވެސް ދުއްވާފަ ގދ. ގައްދޫ އަސްލުނަމެއްނޫން (ބޮއްކޮލިބޭޔާ ) އެކުގަ ހެހެ.
  އެކަމުމީގަމިއޮތީ ހަވަރު ތިނަދޫ ހެން ހީވަނީ.

  18
  • ލަމް އަސްލަމް

   ކަލޯ ތީ ކުދުހުތާގެ އަސްލަމު އުތަ!

 10. އިބޫ

  މީ ވަރައް ގާތް ރައްޓެއްސެއްގެ ބައްޕަ ގެ ވާހަކަ. އެމީހާގެ އެއް އަންހެން ދަރި ދުނިޔޭގަ އެބަހުރި.އެކަމަކު މީތެދު ވަހަކަޔެއް. މީ އިބްރަތްތެރި ވާހަކައެއް.

  11
  1
 11. ީމުސްތަރެެ

  ????

 12. ޑެކުނު ބޮޑޭ

  ދައްކަންވީ އުތުރާ ދެކުނުގެ ވާހަކައެއްނޫން ރާއްޖެ ވާހަކަ.

 13. ޒީ

  އެބުނާހެން މިހާރު މިއޮތީ ރަންނަމާރި އަރާފަ ދެން މަގުރިބު ކަރައިން އަބުލްބަރަކާތެއް ގެނެސްގެންވެސް މިރަންނަމާރި
  ތޯލާފުޅިޔައްލާގެންވެސް މިޤައުމު މިއުޅޭ ދީނަށް ފުރަށް ސާރަކުރާމީހުން މައިތިރި ކުރެވޭ ވާހަކަ ގެނެސްބަލަ!

  22
 14. ފަރޭ

  ދެކުނުގެ ރައްތަކުގައި ހިނގާފައި ހުރި ކަންތައްތަކުގެ ވާހަކަ ޖެހުނުހާ މީހެއް ކައިރީ ކިޔަމުން ދުވާތީ ދެކުނުގެ ރައްތަކުގެ ވާހަކަ ލިޔަނީ

 15. ވާނުވާ

  އެނަމާ ބޯޓު ހާދިސާއަކީ ވެސް ދެކުނުގެ އަތޮޅެއް ކަމުގައިވާ ހުވަދޫގައި ހިނގި އަސަރުން ފުރިގެން ވީ ލާއިންސާނީ ކަންތަކެއް ހިނގި ހާދިސާއެއް

  1
  1