ބޮލީވުޑްގެ ބަތަލް ސަލްމާން ޚާންއަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އެ ތަރިއަކަށްޓަކައި މަރުވާންވެސް ތައްޔާރަށް މީހުން އެބަތިއްބެވެ.

ސަލްމާން ޚާންއާ ގުޅޭ މައުލޫމާތުތައް ހޯދައި މީހުންތައްވެސް މަދެއް ނޫނެވެ. އެ މައުލޫމާތުތައް އެއްކޮށް އެ ވާހަކަދައްކާވެސް އުޅެއެވެ. ނަމަވެސް ބައެއް މީހުންނަށް ސަލްމާން ޚާންއާ ގުޅޭ މާބޮޑު މައުލޫމާތެއް ނޭނގެއެވެ. އޭނާއާ ގުޅޭ ވާހަކަތައް ހޯދަން ނޫޅެނީ ކަމަށްވެސް ވެދާނެއެވެ.

މިއީ މީގެ ކުރިން ސަލްމާންއާ ގުޅޭގޮތުން ބައެއް މީހުންނަށް ނޭނގޭ ވާހަކައެވެ. ސަލްމާންގެ އަސްލު ނަމެވެ. އޭނާއަށް އެ ކިޔާ ނަން އާއްމުންނަށް ނޭނގެނީ އޭނާ މަޝްހޫރުވިއިރުން ފެށިގެންވެސް ސަލްމާން ޚާންގެ ނަމުން މުހާތަބު ކުރާތީއެވެ.

ސަލްމާންގެ އަސްލު ނަމަކީ އަބްދުލް ރަޝީދު ސާލިމް ސަލްމާން ޚާންއެވެ. އޭނާ ވަނީ އޭނާގެ ނަމުގައި އިންނަ އަބްދުލް ސާލިމް ނަން ކަނޑާފައެވެ. އަދި މިހާރު އޭނާ މަޝްހޫރުވެފައި ވަނީ އެނަމުންނެވެ.

އުމުރުން 52 އަހަރުގެ ސަލްމާންއަކީ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު ތަރިއެކެވެ. އޭނާގެ ފިލްމަތަކަކީ އަބަދުވެސް ދިވެހިންނަށް އެންމެ ކަމުދާ ފިލްމްތަކެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސާޅިމް

    އެހެންވީމާ މިހާރު އޭނާގެ ނަމަކަށް ވާންވާނީ
    ރަޝީދު ސަލްމާން ޚާން ...ދޯ

  2. ހުމުދު

    ދެން ރަސީދު ކޮބާ

    • ދޮންކަލޯ

      މީރާ މީހުންނަށް އެގޭނީ. މަ އިންނާނެ އެސް އެމް އެސް ކޮއްފަ. ޚަބަރެއް ނުވޭ އަދި.

    • ހދ

      ރަޝީދު އެބަ އުޅޭ

  3. ވަާނުވާ

    ފުރިހަމަނަން!

  4. ވަާނުވާ

    ފުރިހަމަނަން!!!

  5. Anonymous

    އެެއީ ކާކު ދެން؟

  6. ާއަދުރޭ

    ސިާލިމް އެއްނޫން އެސް އޭ އެލް އައި އެމް ލިޔެފަ އިނަސް އެމީހުން ކިޔަނީ ސަލީމް ފުރިހަމަ ނަމަކަށް ބޭނުންކުރާ ނަމުގަ ޢަބްދުއްރަޝީދު އެއީ ކާފަ ގެ ނަން ސަލީމް އެއީ ބައްޕަގެ ނަން ސަލްމާނު އެއީ ހަމަ ނަމަކީ

    • ދޮންބެ

      މިމީހުންނަކަށް ނޭގޭ ވިކިޕީޑިއާ ހެހެ

  7. ބޭބެ

    ޢަބުދުލް ރަޝީދު ކިޔަަމީހެއް ނުހުންނާނެ "އައްރަޝީދު" އެއީ ﷲ ގެ އިސްމުފުޅެއް އެޢިސްމުފުޅުން މީހަކަށް ނަން ކިޔަަނަމަ "ޢަބުދުއްރަޝީދު" މިހެން ﷲ އިސްމުފުޅުތައް ހިތަށްެއެރިގޮތަކަށްލިއެ ކިޔާގެންނުވަަނެ އެއީ ގޯހެއް