ބޮލީވުޑްގެ ތަރި ކަންގަނާ ރިނައުތްއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ފެތުރެއެވެ. އޭނާ ފިލްމީ ހަޔާތް 2006 ވަނަ އަހަރު ފެށިއިރު، އޭނާ އެއިރުން ފެށިގެންވެސް މަޝްހޫރެވެ. އޭނާއަކީ އެއިރު އެންމެ އަގުބޮޑު އެއް ތަރިވެސް މެއެވެ.

މިހާރު ދައްކަން މި އުޅެނީ ކަންގަނާގެ ބޮލީވުޑްގެ ހަޔާތުގެ ވާހަކައެއް ނޫނެވެ. ކަންގަނާ އިންޑިއާގެ ރިޒޯޓް ޓައުނެއްކަމަށްވާ މަނާލީއިން ގަތް އަގުބޮޑު ގޭގެ ވާހަކައެވެ. އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެ ގެ ގަނަފައި ވަނީ 30 ކްރޯޑަށެވެ.

އޭނާގެ އެގެއަކީ އަށް ކޮޓަރި ހިމެނޭ ގެއެކެވެ. ކޮންމެ ކޮޓަރިއެެއްގައި ބޭރަށް ނުކުމެވޭނެހެން ބެލްކަންޏެއް ހުރެއެވެ. އޭގެ އިތުރުން، ކޮންޒާވޭޓޮރީއަކާއި، ޖިމެއް އަދި ޔޯގާ ކުރުމަށް ހާއްސަ ކޮޓަރިއެއްވެސް ހުރެއެވެ.

ޑީއެންއޭގެ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެގެ ގެނެފައި ވަނީ 10 ކްރޯޑަށެވެ. އިތުރު ފައިސާތައް ހޭދަކޮށްފައި ވަނީ ގެ އިތުރަަށް ފުރިހަމަ ކުރުމަށެވެ.

އެ ގެ ޑިޒައިންކޮށްފައި ވަނީ ޝަބްނަމް ގުޕްތާއެވެ. އެ ގެ ހަދަމުންދިޔައިރު، ކަންގަނާ ވަރަށް ގިނަ ފަހަރު މާނާލީއަށް ދަތުރުކުރިކަމަށް ރިޕޯޓްތައް ބުނެއެވެ. ކަންގަނާގެ އަގުބޮޑު ގޭގެ ފޮޓޯތައް އޭނާ އިންސްޓަގްރާމްއަށް ލިއެވެ.

މިދިޔަ އަހަރު ތެރޭގައި މުމްބާއިގައި ހުންނަ ކަންގަނާގެ ފަސް ކޮޓަރީގެ ގެ ވެސް ވަނީ ރީފާބިޝްކޮށްފައެވެ.