ކެންސަރަށް ފަރުވާ ހޯދި ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ ފިލްމީ މަސައްކަތްތަކަށް ނުކުތުމަށް ތައްޔާރުކަމަށް އޭނާ ބުނެފިއެވެ.

ސޮނާލީ ބުނީ ގިނަ ފަރުވާތަކެއް ކުރުމަށްފަހު ކެންސަރު ބަލިން އެއްކޮށް ސަލާމަތްވެފައިވާ ކަމަށެވެ. ބޭރުގެ މީޑީއާއަކަށް ދިން އިންޓަވިއުއެއްގައި ސޮނާލީ ބުނީ ފިލްމީ މަސައްކަތްތައްކުރުމަށް މިހާރު އަންނަނީ ތައްޔާރު ވަމުން ކަމަށެވެ.

ސޮނާލީ ބުނެފައިވަނީ މިހާރު ފިލްމީ ދާއިރާގެ ކޮންމެ ޕްރޮޖެކްޓެއްވެސް "މައްސަލައެއް ނެއް" ކަމަށެވެ. އަދި ދެން ފައިސާއަކައް ނުބަލާ ކޮންމެ ފިލްމަކާ އެއްކޮއް ކުރިއައް ދާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެނބުރި އަލުން މި ދާއިރާއިން މަސައްކަތް ކުރަން ވަރއް ބޭނުންވާ ކަމައްވެސް ސޮނާލީ ބުނެފައި ވެއެވެ.

ސޮނާލީ ބުނެފައިވަނީ ކުޅޭ ހިއްވާ ސްކްރީޕްޓެއް ލިބިއްޖެ ނަމަ ވަގުތުން އެއްބަސްވާން ތައްޔާރަށް ހުރި ކަމަށެވެ. ސޮނާލީ ބުނާގޮތުގައި ދާއިރާގައި ދުރުގައި ހުރުމަށްފަހު މިހާރު އޭނާ ހުރީ އަނެއްކާވެސް މަސައްކަތްތައް ފެށުމަށް ކެތްމަދުވެފައި ކަމަށެވެ. އަދި މިކަމުން ފޭނުންނަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެތީ ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސޮނާލީ ބުނެފައިވަނީ އޭނާ އޭރުވެސް ޓީވީ ޝޯތަކުގައި ބައިވެރިވީ ވަރައް ބޭނުން ވެގެން ކަމަށާއި، ކުރީގައި އުޅުނު ޝޯތަކުން ޖާގަ ބޭނުންވާ ކަމަށެވެ. އަދި ވީ ވަރަކުން ޝޯތަކަށްވެސް ވަގުތު ހުސްކުރާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބޮލީވުޑަށް ތައާރަފްވީ 1994 ވަނަ އަހަރު ކުޅުނު ފިލްމު "އާގް" އިންނެވެ. ސޮނާލީ އަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑް ފަތަހަކުރި ބަތަލާއެކެވެ.